’އައި ފިލްމްސް‘ގެ ފުރަތަމަ ފިލްމު ”ބަވަތި”ގެ ދެ ޕޯސްޓަރެއް މީސްމީޑިއާ އަށް ރިލީޒްކޮށް ”ބަވަތި”ރިލީޒްކުރާނެ ތާރީޚް އާއްމުކޮށްފި އެވެ. ”ބަވަތި”ރިލީޒް ކުރަން ނިންމާފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.
މުޅިން އަލަށް ފީޗާ ފިލްމު ޑައިރެކްޝަނަށް ނުކުންނަ އިލްޔާސް ވަހީދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ދެ ޓީޒާއެއް ވެސް މިހާރު ވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.
ފިލްމު ”ބަވަތި”ގެ ތަރިންނަކީ ވިދަމުން އަންނަ ޒުވާން އުންމީދީ ބަތަލާ ނުޒުހަތު (ނުޒޫ) ޝުއައިބާއި ފީޗާ ފިލްމަކުން އަލަށް ތައާރަފުކުރާ އަހުމަދު އިފްނާޒް ފިރާގެވެ. އިފްނާޒަކީ ކުރިން ދި ޓީވީގެ ޕްރެޒެންޓަރެއްގެ ގޮތުން ފެނިގެންގޮސްފައިވާ ޓީވީ ހޯސްޓެކެވެ. މީގެ އިތުރުން އިޖުތިމާއީ މައްސަލަތަކަށް ބިނާކޮށް ވީޓީވީން ގެނެސްދިން ކުރު ބައެއް ޑްރާމާތަކުގައި އެކްޓަރެއްގެ ގޮތުން އިފްނާޒް ހަރަކާތްތެރިވެފައިވެއެވެ.
އާސިމް އަލީ އާއި އަހުމަދު ވަހީދުގެ ’އައި ފިލްމްސް‘ އިން އުފައްދާ ”ބަވަތި”ގެ ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވަނީ ހުނަރުވެރި ފަރާތްތަކެކެވެ. އެގޮތުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ މިހާރު ބައިސްކޯފްގައި ގެނެސްދެމުންދާ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް ’ކަރުހަކުރު‘ އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ ’އޯކޭޒް އިންކް“ އެވެ.
ފިލްމު ”ބަވަތި”ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ ފިލްމު ’ގޮށްރާޅު’ގެ ވެސް މިއުޒިކް ހަދާފައިވާ މިސްޓީ އެވެ.
ފިލްމު ”ބަވަތި”ގައި މަންމައެއްގެ ރޯލުން ފެނިގެންދާނީ އާ ފަންނާނެކެވެ. ނުޒޫ ފިޔަވައި މި ފިލްމުން މުޅިންވެސް ފެންނާނީ ފިލްމީ ދާއިރާއަށް އާ ތަރިންކަމަށް ޑައިރެކްޓަރ އިލްޔާސް ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!