ޖަޕާނު ސަފީރާއި މިނިސްޓަރ ޔުމްނާ ބައްދަލުކުރައްވައިފި
ރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، މިސް ކައިކޯ ޔަނާއިއާ މިނިސްޓަރު ޔުމްނާ މައުމޫން މިމަހުގެ 21 ވަނަ ދުވަހު ބައްދަލުކުރައްވައިފިއެވެ.
ރާއްޖެއަށް ޖަޕާނުން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު، މިސް ކައިކޯ ޔަނާއިއާ މިނިސްޓަރު ޔުމްނާ މައުމޫން ބައްދަލުކުރައްވައި، ތަރިކައާއި ސަގާފަތާއި ފަންނުވެރިކަން ކުރިއެރުވުމުގައި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި@yumna_maumoon pic.twitter.com/u5RCQYJHwN
— Ministry of Arts, Culture and Heritage (@MACH_MV) January 21, 2019
މި ބައްދަލުކުރެއްވުމުގައި ތަރިކައާއި ސަގާފަތާއި ފަންނުވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖެ އާއި ޖަޕާނާއި ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފައިވާކަމަށް މިނިސްޓްރީ އޮފްއާޓްސް ކަލްޗާ އެންޑް ހެރިޓޭޖުން މަޢުލޫމާތު ދެއްވައެވެ.
ތާނަ ބުރެއިލް ތައްޔާރުކުރައްވަމުން ގެންދަވާ މުދައްރިސް އަލްޤާރީ އަޙުމަދު ރަޝީދާއި މިނިސްޓަރ ޔުމްނާ ބައްދަލުކުރައްވައިފި
ލޯފަން ކުދީންނަށް ދިވެހިބަހުގެ ފޮތްތައް ތާނަ ބުރެއިލް ބޭނުންކޮށްގެން ކިޔޭނޭ މަގު ފަހި ކޮށްދެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ މުދައްރިސް އަލްޤާރީ އަޙުމަދު ރަޝީދާއި މިނިސްޓަރ ޔުމްނާ މައުމޫނު މިމަހުގެ 21 ވަނަ ދުވަހު ބައްދަލު ކުރައްވައިިފިއެވެ.
ލޯފަން ކުދީންނަށް ދިވެހިބަހުގެ ފޮތްތައް ތާނަ ބުރެއިލް ބޭނުންކޮށްގެން ކިޔޭނޭ މަގު ފަހި ކޮށްދެއްވުމަށް ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަވާ މުދައްރިސް އަލްޤާރީ އަޙުމަދު ރަޝީދާއި މިނިސްޓަރ ޔުމްނާ މައުމޫނު ބައްދަލު ކުރައްވައިިފ.@yumna_maumoon @DhivehiEkedamee pic.twitter.com/BFSYFNRRjA
— Ministry of Arts, Culture and Heritage (@MACH_MV) January 21, 2019
މިނިސްޓްރީ އޮފްއާޓްސް ކަލްޗާ އެންޑް ހެރިޓޭޖުގައި އޮތް މި ބައްދަލުވުމައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީވެސް ބައިވެރިވެލެއްވިއެވެ.
މިއުޒިކް އިންޑަސްޓްރީގެ ފަންނާނުންނަށް ބާއްވާ ފޯރަމް މިރޭ
މިއުޒިކުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް ބާއްވާ ފޯރަމްގެ ދައުވަތު@yumna_maumoon pic.twitter.com/oYNM5C6XVo
— Ministry of Arts, Culture and Heritage (@MACH_MV) January 21, 2019
މިނިސްޓްރީ އޮފްއާޓްސް ކަލްޗާ އެންޑް ހެރިޓޭޖުގެ ދަށުން ހިންގަމުން ގެންދާ ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމުކޮށްގެން ސަގާފީ އަދި ޒަމާނީ މިއުޒިކީ ދާއިރާގައިހަރަކާތްތެރިވާ ފަންނާނުންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމް މިރޭ 20:45ގައި ޔޫތު ސެންޓަރުގެ ސެމިނަރ ރޫމްގައި އޮންނާނެ އެވެ.
ދިވެހިބަހުގެ އެކެޑަމީން ހިންގަވާ ޅެން ހަދަން ދަސްކޮށްދޭ ކޯސް
މިނިސްޓްރީ އޮފްއާޓްސް ކަލްޗާ އެންޑް ހެރިޓޭޖުގެ ދަށުން ހިންގަމުން ގެންދާ ދިވެހިބަހުގެ އެކެޑަމީން ދިވެހިރާއްޖޭގެ 30ވަނަ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ރ. އިނގުރައިދޫގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ސުކޫލު ކުދިންނަށް ޅެން ހަދަން ދަސްކޮށްދޭ ކިލާހެއް ފެށުނީ މިމަހުގެ 20 ގައެވެ.
ދިވެހިރާއްޖޭގެ 30ވަނަ ޅެންވެރީންގެ ދުވަހުގެ މުނާސަބަތުގައި ރ. އިނގުރައިދޫގައި ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ޅެން ހަދަން ދަސްކޮށްދޭ ކިލާސް ފެށިއްޖެ@MACH_MV @yumna_maumoon pic.twitter.com/HIcHW94V7d
— Dhivehibahuge Ekedamee (@DhivehiEkedamee) January 20, 2019
މީގެ އިތުރުން ރ. އިނގުރައިދޫގައި ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް ޅެން ހަދަން ދަސްކޮށްދޭ ކިލާސް ފެށިއްޖެ
ޅެންވެރިންގެ ދުވަހު މުޙައްމަދު އަމީންގެ ނަންފުޅު ފާހަގަކުރުން މުހިންމު
30ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރަމުން ދާ އިރު، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅު ފާހަގަކުރުން މުހިންމު ކަމުގައި ދެކެމެވެ. އެ މަނިކުފާނަކީ މި ދާއިރާގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމަށް ވެސް ބޮޑު ޚިދުމަތްތަކެއް ކުރެއްވި ބޭކަލެކެވެ. pic.twitter.com/uomAnt3xQu
— Shidhatha Shareef (@shidhatha) January 15, 2019
ތިރީސް ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކުރަމުން ދާ އިރު، ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅު ފާހަގަކުރުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ މިމަހުގެ 15 ވަނަ ދުވަހު ކުއްރެވި ޓްވީޓެއްގައެވެ. ޝިދާތާ ގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ އެ މަނިކުފާނަކީ މި ދާއިރާގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމަށް ވެސް ބޮޑު ޚިދުމަތްތަކެއް ކުރެއްވި ބޭކަލެއެއް ކަމަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!