އެކްޓަރ ޢަލީ ސީޒަންގެ ފިލްމު ކުންފުނި އެސް ޕްރޮޑަކްޝަނާއި ބައިސްކޯފް ގުޅިގެން އުފައްދާ ކުރު ފިލްމު “ސޯލް” ގެ ފުރަތަމަ ޓީޒާ ޓްރެއިލާއެއް މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ނެރުއްވައިދެއްވައިފިއެވެ.
“ސޯލް”ގެ ޓީޒާ ޓްރެއިލާ ނެރުން އޮތީ މިއަދު މެންދުރުފަހު ޓޫރިޒަމް މިނިސްޓްރީގައި ފިލްމުގެ ޑައިރެކްޓަރ އަދި އެއް ޕްރޮޑިއުސަރ އަލީ ސީޒަން އާއި ބައްދަލުކުރެއްވުމަށްފަހުގައެވެ. “ސޯލް”ގެ ފުރަތަމަ ދައްކައިލުން ނެރެދެއްވުުމަށް މިނިސްޓަރ އަލީވަހީދުގެ ފޯނަށް ފުރަތަމަ ފަހަރަށް “ބައިސްކޯފް” އެޕް އެޅުއްވުމަށްފަހު، ޓީޒާ ރިލީޒްކޮށް ދެއްވީވެސް މިނިސްޓަރގެ ފޯނުންނެވެ.
ވިހި ވަރަކަށް މިނެޓްގެ ކުރުފިލްމު “ސޯލް”ގެ ފުރަތަމަ ދައްކައިލުން ނެރެދެއްވުމަށްފަހު މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސީޒަން އަދި ބައިސްކޯފްގެ ފިލްމު “ސޯލް” އާއި ދިވެހި ފަންނާނުން އުފައްދާ އުފެއްދުންތައް ޕްރޮމޯޓް ކޮށްދެއްވުމަށް މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމަށެވެ.
“ސޯލް” އަކީ ރާއްޖެއަށް އަންނަ ދެ ފަތުރުވެރިން ރާއްޖޭގައި ހަނީ މޫން ހޭދަކުރުން ފެނިގެންދާ ފިލްމަކަށްވީހިނދު މި ފިލްމުން ރާއްޖޭގެ ރީތި މަންޒަރުތައް ފެނިގެންދާނެ ކަމަށް އަލީ ސީޒަން ވަނީ ބުނެފައެވެ. އެގޮތުން މި މަހުގެ 25 ގައި ނެރުނު އެ ފިލްމުގެ ޕޯސްޓަރުންވެސް ރާއްޖޭގެ ރީތި މޫދާއި ގޮނޑުދޮށް ފެންނަން ހުރިކަން ފާހަގަކޮށްލެވެއެވެ.

މިއަދު ޓޫރިޒްމް މިނިސްޓްރީގައި “ސޯލް” ގެ ޓީޒާ ރިލީޒްކޮށްދެއްވުމުގެ ކުރިން
އަންނަ މާޗު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭ ބައިސްކޯފް އެޕް މެދުވެރިކޮށް ”ސޯލް“ ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.
ފިލްމުގެ ކާސްޓުންނަކީ ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) އާއި ލަންކާގެ ދެތަރިންނެވެ. އެގޮތުން ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވާނެ އެވެ. ނިޕްނީ ވިލްސަން އަކީ ’ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް’ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ.
މައިގަނޑު ގޮތެއްގައި އިނގިރޭސި ބަހުން ވާހަކަދައްކާ މި ފިލްމުގެ ގިނަ މަންޒަރުތައް ނެގީ އއ. މަތިވެރީގައެވެ. މީގެ އިތުރުން ކ. ތުލުސްދޫގައި ވެސް ފިލްމުގެ މަންޒަރެއް ވަނީ ނަގާފައެވެ. އިނގިރޭސި ބަހުގެ އިތުރުން ދިވެހި ޑައިލޮގް ތަކާއި ސިންގަޅަ ޑައިލޮގްތައް ވެސް ފިލްމުގައި ހުންނާނެ ކަމަށް ސީޒަން ބުންޏެވެ.

ސޯލްގެ ޓީޒާ ނެރެދެއްވުމަށްފަހު މިނިސްޓަރ އަލީ ވަހީދު ޓީޒާ ބައްލަވަނީ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 13 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމަކީ ހަމަ އަބަދަށްވެސް މީހުންނަށް ކަމުދާނެ ފިލްމެއް – މޫމިން
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓިކެޓް ބުކްކޮށްލަން ތައްޔާރުތަ؟
- 12 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ އަސަރުގަދަ ލަވަތައް ލަވަފޮށިން!
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި