އިސްލާމް ދީނާއި މާތްވެގެންވާ ރަސޫލާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަ ކުރުމަކީ ދީނުގެ އަދުއްވުން އަބަދުވެސް ހިންގަމުން އަންނަ ޖަރީމާއެކެވެ. ކޮކާ ކޯލާގެ ނަމުން ފެށިގެން، ބައެއް ކުންފުނިތަކުން އުފައްދާ ތަށީގެ ފުލުގަޔާއި ބޫޓު ކިބައިގެ ދަށުގައި މާތް ﷲ ގެ ނަންފުޅު ލިޔެގެން ބޭނުންކުރަމުން ގެންދަނީ މާތްﷲ ގެ މަތިވެރި ނަންފުޅަށް އިހާނެތިކޮށް ހިތުމުގެ ބޭނުމުގައެވެ.
ކޮކާ ކޯލާގެ ނަން، އިނގިރޭސިބަހުން ލިޔެފައިވާ ލިޔުންކޮޅަށް ލޯގަނޑަކުން ބަލައިލުމުން ފެންނާނީ “ލާ މުޙައްމަދު، ލާ މައްކާ” (މުޙައްމަދު އެއް ނުވޭ، މައްކާއެއް ނުވޭ)، މިހެން ލިޔެފައިވާތަނެވެ. މިވެސް ޤަސްދުގައި، އެނގިތިބެ ކޮށްފައިވާ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ. ހަމަ ގައިމުވެސް މިވަރުގެ ކަމެއް އިއްތިފާޤަކުން ވުމަކީ ސިކުނޑިއަށް ޤަބޫލުކުރަން ދަތި ކަމެކެވެ.
ނައިކޭ ބްރޭންޑްގެ ބޫޓުގެ ދަށުގައި ޖަހާފައިވާ ލޭބަލްގައިވެސް ވަނީ އެފަދަ އޮޅުވައިލުމެއްގެ ތެރެއިން ޖަރީމާއެއް ހިންގާފައެވެ. މިކަން ހުއްޓުވުމަށް ޕާކިސްތާނުގެ އުމުރުން އެންމެ 19 އަހަރުގެ ސާއިޤާ ނޫރީން ވަނީ ‘ޗޭންޖް ޑޮޓް އޯގް’ ގައި ކެމްޕޭނެއްވެސް ފަށާފައެވެ.
މިއަދު އަނެއްކާވެސް މިފަދަ އެހެން ކަމެއް މިވަނީ ފެންމަތިވެފައެވެ. ‘އަންޑާ އާރމާ’ ކުންފުނިން އުފައްދާ ޖޮގިން ބޫޓެއްގެ ދަށުގައިވެސް މާތްﷲ ގެ ނަންފުޅު ބޭނުންކޮށްފައި ވާކަމަށްބުނެ، ‘ބޮއިކޮޓް ސެލެކްޝަން 2018’ ގެ ނަމުގައި ހިންގާ ފޭސްބްކް ޕޭޖަކުން މިވަނީ ވީޑިއޯ އެއް އާއްމުކޮށްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 18 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”
- 18 އޭޕްރިލް 2025ޚަބަރުހުވާކޮށްފަ ބުނަން، މަށަށް ހީވަނީ މި މުބާރާތް ކާމިޔާބުކުރާނީ ދިވެހިރާއްޖެއިން – އަނޫ މަލިކް
- 15 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ގެ ތިންވަނަ ހުށައެޅުން މާދަމާ ހަވީރު