އެމް.އެމް.ޕީ.އާރު.ސީން އިންތިޒާމުކޮށްގެން ރާއްޖެ ޕްރޮމޯޓުކުރުމަށް ކުރިޔަށްގެންދާ އެޑްވެންޗަރޒް އޮފް މޯލްޑިވްސް، “ދިވެހި އާހިތަ” ވީޑިއޯ މުބާރާތުގެ ނަން ބަދަލުކުރުމަށް ނިންމައިފިއެވެ.
އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ކުރީ އަހަރާއި އަޅާބަލާއިރު މިއަހަރު އެމް.އެމް.ޕީ.އާރް.ސީގެ އެޑްވެންޗަރ އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތަށް ލިބުނު ތަރުޙީބު ވަރަށް ކުޑަކަމަށެވެ. އެހެންކަމުން ޒުވާނުންގެ މެދުގައި މިކަމަށް އޮތް ޝައުޤުވެރިކަން ބޮޑުކޮށް ރާއްޖޭގައި މިކަން ކުރިއެރުވުމަށްޓަކައި މި މުބާރާތުގެ ނަން ބަދަލުކުރުމުގެ ވިސްނުން އެމްއެމްޕީއާރުސީން ގެންގުޅޭކަމަށް ތޮއްޔިބު ވިދާޅުވިއެވެ.
“އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މީގެ ތިންވަނަ އެޑިޝަން ވެސް ކުރިއަށްގެންދާނަން. އެހެންނަމަވެސް ޓައިޓަލްއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަންޖެހިދާނެ. އެއީ މިފަހަރު ބައިވެރިވި ކުދިން މަދު އެހެން އަހަރުތަކާއި ބަލާއިރު. އެހެންނަމަވެސް ވަރަށް ގިނަ ޒުވާނުންގެ ކިބައިގައި މި ޓެލެންޓު އެބަހުރި. އެކުދިންނާއި ހަމައަށް މި މުބާރާތުގެ އިތުރު މަޢުލުމާތު ފޯރުވައި މި މުބާރާތް އިތުރަށް ފުޅާކުރުމުގެ ވިސްނުން އެމްއެމްޕީއާރްސީއިން އެބަ ގެންގުޅޭ. ރާއްޖޭގެ ރީތިކަން ބޭރު ދުނިޔޭގައި ދެއްކޭ ފެންވަރުގެ އެއްޗިހި ބަލާފައި އަޅުގަނޑުމެން ހުޅުވާލާނީ.” ރާއްޖޭގެ ޕަބްލިކް ސާވިސް މީޑިއާއަށް ތޮއްޔިބު ވިދާޅުވިއެވެ.
“ދިވެހި އާހިތަ” ވީޑިއޯ މުބާރާތަކީ 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ކެންޕެއިން ކަމަށްވާ “ސްޓޯރީސް އޮފް މޯލްޑިވްސް”ގެ ބައެކެވެ.
އެޑްވެންޗަރޒް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތުގެ ޒަރިއްޔާއިން އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ރަށްތަކުގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކުރު ވީޑިއޯ ތައްޔާރުކޮށް، ހުށަހެޅޭނެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!