ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުރިއަށްގެންދިޔަ ވީޑިއޯ މުބާރާތް އެޑްވެންޗާ އޮފް މޯލްޑިވްސް ގެ އެއްވަނަ މުހައްމަދު ފަޒީލް ހޯދައިފި އެވެ.

 

އެއްވަނައަށް ދިޔަ އަހުމަދު ފަޒީލަށް އިނާމުގެ ގޮތުގައި ލިބިފައިވަނީ އެއްލައްކަ ރުފިޔާ ލިބިފައިވެއެވެ. ދެވަނައަށް ދިޔަ އަލީ މަމްދޫހަށް 20،000ރ. ލިބުނުއިރު ދެވަނަ ހޯދި އަނެއް ބައިވެރިއަކީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ޕައުލް ޖޮޒެކީ އެވެ.

 

މި މުބާރާތުގެ ވަނަތައް ހޯދި ބައިވެރިނަށް ހަނދާނީ ލިޔުމާއި އިނާމު ހަވާލުކުރުމަށް ޗަމްޕާ ސެންޓަރަލް ހޮޓެލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އިނާމުތައް ހަވާލު ކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީ.އާރު.ސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ.

 

މި މުބާރާތު ކުރިއަށް ގެންގޮސްފައިވަނީ މުބާރާތަށް ހުށަހެޅި ވީޑިއޯތަކަށް ފޭސްބުކް މެދުވެރިކޮށް ލައިކް ހޯދާ ގޮތަށެވެ. މިދިޔަ އަހަރުގެ މުބާރާތަށް 27 ވީޑިއޯއެއް ވަނީ ހުށަހަޅާފަ އެވެ. މި އަހަރުގެ މުބާރާތަށް ރާއްޖޭގެ އިތުރުން ޗައިނާ އާއި އިންޑިއާ އަދި އިނގިރޭސިވިލާތުގެ އިތުރުން ސުވިޑަން އޮސްޓްރޭލިޔާ އަދި ދެކުނު އެފްރިއާ އާއި ހަންގޭވީ އަދި ދެކުނު އެފްރިކާ މީހުން ވަނީ ވީޑިއޯތައް ބައިވެރިކޮށްފަ އެވެ. މި މުބާރާތަށް ހުށަހަޅެނީ ރާއްޖޭގައި އެމީހުން ނަގާފައިވާ ވީޑިއޯ ތަކެވެ. މި ވީޑިއޯތައް ދެ ހަފުތާ ތެރޭގައި ދެލައްކަ ފަހަރު ބަލައި 23،000 އަށްވުރެ ގިނަ ރިއެކްޝަން ލިބިފައިވާއިރު، 3،000 ޝެއާ ކޮށްފައިވެ އެވެ.

 

އެޑްވެންޗާ އޮފް މޯލްޑިވްސް މުބާރާތަށް ހުށަހެޅި ވީޑިއޯ ތަކަށް ޖަޖުކޮށްފައިވަނީ ފަސް މެންބަރުން ހިމެނޭ ހާއްސަ ޕެނަލްއަކުންނެވެ. މިއީ މިގޮތަށް ކުރިއަށް ގެންދިޔަ ދެވަނަ މުބާރާތެވެ. މި މުބާރާތުގެ އެންމެ ރަނގަޅު 10 ވީޑިއޯ ވިޒިޓްމޯލްޑިވްސްގެ ރަސްމީ ޔޫޓިއުބަށް ޕަބްލިޝް ކުރާނެ އެވެ.

 

”ދިވެހި އާހިތަ“ ވީޑިއޯ މުބާރާތަކީ 2017 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް ކެންޕެއިން ކަމަށްވާ ”ސްޓޯރީސް އޮފް މޯލްޑިވްސް“ގެ ބައެކެވެ.

 

އެޑްވެންޗަރޒް އޮފް މޯލްޑިވްސް ވީޑިއޯ މުބާރާތުގެ ޒަރިއްޔާއިން އަމިއްލަ ފަރާތްތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ރަށްތަކުގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ކުރު ވީޑިއޯ ތައްޔާރުކޮށް، ހުށަހެޅޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.