“މަށަށް އެނގިއްޖެ” މަގުމަތީގެ ރައްކާތެރިކަމުގެ ކެމްޕޭނުގައި ނަހޫ ޖައްސާ އުކުޅުތައް މާބޮޑަށްވެސް ސަޅިވެއްޖެ އެވެ. އެލީޑް އިންޝުއަރެންސްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަމަޖައްސާފައިވާ ނަހޫ އަކީ ޓްރެފިކަށް މީހުން އަހުލުވެރިކުރުވުމަށް ހަރަކާތްތެރިވަމުން އަންނަ ޚާއްޞަ އޭޖެންޓެކެވެ.

އެލައިޑް އިންޝުއަރެންސް ގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް ތައާރަފް ކުރެވުނު އާޓިފިޝަލް އިންޓެލިޖެންސް “އިންޝުއަރެންސް އެޖެންޓެއް”ގެ ގޮތުން ހަރަކާތްތެރިވަމުން އަންނަ ނަހޫ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދީގެން އުޅެނީ ހުޅުމާލޭ ލިންކް ރޯޑާއި ސިނަމާލެ ބުރިޖުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ކެމްޕޭން ކުރުމުގައެވެ.

މޫސާ ވަސީމްގެ ބަދަލުގައި މިފަހަރު ނަހޫ އުޅެނީ ފުލުހުންނާއި އެކުގައެވެ. ފެންވަރުގެ ކާރެއްގައެވެ. އުމުރުން ކިތަންމެ ހަގަސް، ދައްކަނީ ވަރަށް ބޮޑެތި ވާހަކަ ތަކެކެވެ. ދެމުން ގެންދަނީ އެހާމެ އިބްރަތްތެރި މެސެޖްތަކެކެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެލީޑުން ގުޅިގެން ފަށާފައިވާ މި ކެމްޕޭނުގައި ދައްކަމުން ގެންދާ އިޝްތިހާރު ތަކަކީ އެއިން ރަނގަޅު ޢިބްރަތެއް ލިބޭގޮޮތަށް، ކޮންމެވެސްވަރެއްގެ ސަކަ ކަމެއް އެކުލެވޭ މޮޅު އިޝްތިހާރު ތަކެކެވެ.

އެޖެންޓް ގެ މޮޅުކަން މިއިން ހަމަ ކޮންމެ އިޝްތިހާރަކުން ފެންނައިރު، މިއީ އަޅުގަނޑުމެން ހަމަ ކޮންމެ މީހަކުވެސް މި އިޝްތިހާރުތައް ވީހައިވެސް ގިނަބަޔަކަށް ދައްކަން ޖެހޭ އިޝްތިހާރު ތަކެއްކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

އޭޖެންޓް ނަހޫ އެ ދައްކާ ވާހަކަތައް އަޑުއަހަންވީ ހަމައެކަނި މާލޭ ސަރަހައްދުގެ މީހުން އެކަންޏެއް ނޫނެވެ. މިއީ ރާއްޖޭޭގެ ހުރިހައި ހިސާބެއްގައިވެސް އުޅަނދުފަހަރު ދުއްވުމުގައި ސަމާލުކަން ދޭން ޖެހޭ ކަންކަމެވެ.

 

ނަހޫ އަކީ މޯލްޑިވިއަން އައިޑަލް ގެ ތެރެއިން ދެއްކި އެލައިޑް އިޝްތިހާރުތަކުން ކުއްލިއަކަށް ބެލުންތެރިންގެ ހިތްތައް އަތުލާފައިވާ ހުނަރުވެރި ފަންނާނެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.