ކޮކާކޯލާ އަކީ “ހެލޯ” މިލަފުޒު ނަގާފައި ދެން ދުނިޔޭގެ އެންމެ ގިނަ މީހުން ދަންނަ ލަފުޒެވެ. ބައެއް ގައުމު ތަކުގައި ސާފު ބޯފެން ފޮދެއް ހޯދުމަށްވުރެ ކޯކް ފުޅިއެއް ހޯދާލުން ފަސޭހައެވެ.
ވަރަށްގިނަ ދިރާސާތަކުން ކޯކްގައި އެސިޑް ހިމެނޭވަރު ގިނަކަމުން އެއީ އިންސާނުން އާންމުކޮށް ބޯން ކަމުދާ ބުއިމެއްތޯ ސުވާލު އުފައްދައެވެ. މިބުއިމުގެ ޕީއެޗް މިންވަރު ބެޓެރީ އެސިޑަށްވުރެ އެއްދަރަޖަ މައްޗެވެ.
ކޮންމެ ދުވަހަކު ސޮޑާ ބޯ 2،400 މީހުން ބޭނުންކޮށްގެން “ނެޝަނަލް ހާޓް، ލަންގް އެންޑް ބްލަޑް އިންސްޓިޓިއުޓުން” ދިރާސާއެއް ކުރިއެވެ. މިމީހުންގެތެރެއިން މެޓަބޮލިކް ސިންޑްރޯމްގެ އެއްވެސް އަސަރެއް ދިރާސާކުރުމުގެ ކުރިން ނެތް، 1،600 މީހުންނަށް ކޮންމެ ދުވަހަކު ސޮޑާ ދީގެން ނުކުތް ނަތީޖާ ތިރީގައި މިވަނީއެވެ.
– ހަކުރުބަލީގެ ހިރާސް %25 މީހުންނަށް އިތުރުވިއެވެ.
– އުނަގަނޑު ފަލަވުމުގެ ހިރާސް %30 މީހުންނަށް އިތުރުވިއެވެ.
– ވަރަށްބޮޑަށް ފަލަވުމުގެ ހިރާސް %31 މީހުންނަށް އިތުރުވިއެވެ.
– ރަނގަޅު ކޮލެސްޓްރޯލް ދަށްވުމުގެ ހިރާސް %32 މީހުންނަށް އިތުރުވިއެވެ.
– ލޭމައްޗަށް ދިޔުމުގެ ހިރާސް ވެސް އިތުރުވިއެވެ.
ދުވާލަކު އެއްފުޅި ސޮޑާ ބޯ މީހުންނާއި އެއްގޮތަކަށްވެސް ސޮޑާ ނުބޯ މީހުންގެ މެދުގައި ހެދި އެހެން ދިރާސާ އަކުން ސޮޑާ ބޯ މީހުންނަށް ސްޓްރޯކް ޖެހުމާއި ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު %48 އިތުރުކަމަށް ދެއްކިއެވެ.
ކޯކުން ހިފިދާނެ 10 ގެވެހި ބޭނުން:
ކޯކަކީ އިންސާނުންގެ ސިއްހަތަށް ކިތަންމެ ގެއްލުންހުރި އެއްޗެއް ކަމުގައި ވިޔަސް ގެވެހި ކަންވާރު ސާފުކުރަން އެއީ ވަރަށް ބޭނުންތެރި އެއްޗެކެވެ. މިބުނަނީ މިކަން ފަސޭހައިން ވިސްނައިގަނެވޭނެ ގޮތެކެވެ. ޕީއެޗް މިންގަނޑުން 0ން 7އަށް އެއީ އެސިޑްގެ މިންވަރުތަކެވެ. 7ން 14އަށް އެއީ އެލްކަލައިންގެ މިންވަރުތަކެވެ. މި މިންގަނޑުން ފެނަކީ ޕީއެޗް 7 އެވެ. ބެޓެރީ އެސިޑަކީ ޕީއެޗް 1 އެވެ. އެސިޑް ހުންނަ މިންވަރު ދެނެގަތުމަށްޓަކައި ހެދި ޓެސްޓް ތަކުން ދައްކަނީ ކޯކްގެ މިންވަރަކީ 2.5 ޕީއެޗް ކަމަށެވެ.
ގެވެހި ކަންވާރު ސާފުކުރަން އާންމުކޮށް ގެންގުޅޭ ކެމިކަލް ތަކެކޭ އެއްފަދައިން ކޯކަކީވެސް މިބޭނުމުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.
ތިރީގައި މިވަނީ ގެވެހި ކަންވާރު ސާފުކުރަން ކޯކުން ހިފިދާނެ 10 ބޭނުމެކެވެ. މިކަމުންވެސް ކޯކަކީ އިންސާނުން ބޯން ބޭނުންކުރުން ރަނގަޅުނޫން އެއްޗެއްކަން ސާބިތުވެއެވެ.
1- އިންޖީނު ސާފުކުރަން – ކޯކް ބޭނުންކޮށްގެން މިކަން ކުރާތާ އެތައް އަހަރެއް ވެއްޖެއެވެ.
2- ތެލީގެ ފޫ އެނދީމައި ސާފުކުރަން – ކޯކްފޮދެއް އަޅައިފައި ބެހެއްޓުމުން ސާފުކުރަން ފަސޭހަ ވާނެއެވެ.
3- ގަރާޖުގެ ތަޅުމަށް އެޅޭ ތެޔޮ ސާފުކުރަން – ސާފުކުރަން ފެންޖެހުމުގެ ކުރިން ކޯކުކޮޅެއް ބުރުއްސާލާށެވެ.
4- ފޭރާމުގައި ލޭހޭކުމުން ސާފުކުރަން.
5- ދަބަރު ފިލުވަން – އިސްޕަންޖު ކޮޅެއް، ފޮތިކޮޅެއް ނުވަތަ އެލްމެނިއަމް ފޮއިލް ކޮޅެއް ކޯކުން ފޯކޮށްފައި ހާކައިގެން ދަބަރު ފިލުވަން ފަސޭހެވާނެއެވެ.
6- ހަޑިވެފައިވާ މުށިތަށި ސާފުކުރަން.
7- ފައިސާފޮތީގެ ވިދުވަރު ގެންނަން – ހަޑިވެފައިވާ ފައިސާފޮތިތައް ކޯކް ފޮދަކަށް އަޅާފައި ބަހައްޓާށެވެ. އޭރުން އޭގައިވާ ދަމިލަތައް ފިލުވާލަދޭނެއެވެ.
8- މައުދަނީ ފަރުނީޗަރަށް ބުރާ ދަވާދު ސާފުކުރަން – އިސްޕަންޖު ކޮޅެއް ނުވަތަ ތުވާލިކޮޅެއް ކޯކުން ފޯކޮށްފައި ދަވާދު ބުރާފައިވާ ތަންތަނުގައި ހާކާށެވެ.
9- ފާޚާނާ ސާފުކުރަން – ފާޚާނާ ތަށިތަކަށް ކޯކު އޮއްސާފައި އިރުކޮޅަކު ބަހައްޓާފައި ފްލަޝް ކޮށްލާށެވެ.
10- އެލްމެނިއަމް ފޮއިލާއި ކޯކު ބޭނުންކޮށްގެން ކްރޯމް ޕްލޭޓް ކޮށްފައި ހުންނަ ތަކެތީގެވިދުވަރު އަނބުރާ ގެނެވެއެވެ.
ކޯކު ބުއިމަކީ ގެއްލުންހުރި ކަމެއްކަމަށް ވިޔަސް ގެވެހި ކަންވާރު ސާފުކުރުމުގައި ބޭނުންކުރަން ކޯކަކީ އަޖައިބެއްފަދަ އެއްޗެކެވެ.
މަސްދަރު: އޯގެނިކް ރިމެޑީސް ޑޮޓް ކޮމް
ލިޔުންތެރިޔާގެ ފުރަމަލަ
- އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 އޮކްޓޯބަރ 2024މަޢުލޫމާތުތުނބުން ފުމުނީ ކާކު؟
- 23 ސެޕްޓެމްބަރ 2023އިޖްތިމާޢީމުށިބިހާއި ހުދުބިހުގެ ސިއްހީ ފައިދާ ތަފާތުތަ؟
- 10 ފެބްރުއަރީ 2023މަޢުލޫމާތުލުނބޯފެން – ކިހާ މުހިންމު އެއްޗެއްކަން އެނގޭތަ؟
- 9 ފެބްރުއަރީ 2023ރިޕޯޓްދޮންކޭލާއި ކިރު އެއްކުރުން ރަނގަޅުތަ؟