ވިޝުއަލް އާރޓްސް ދާއިރާގެ ފަންނާނުންގެ ޚިޔާލު ހޯދުމުގެ ފޯރަމެއް ފެބުރުވަރީ 6 ވާ ބުދަ ދުވަހުގެ ރޭ ބޭއްވުމަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ނިންމައިފިއެވެ.
ކުރެހުންތެރިން، ފޮޓޯގްރާފަރުން، ގްރެފިކް ޑިޒައިނަރުން އަދި އަތްތެރި މަސައްކަތުގެ ފަންނުވެރީން ހިމެނޭގޮތަށް ބާއްވާ މި ބައްދަލުވުން އޮންނާނީ މ.ކުލުނުވެހި، ޝީ ބިލްޑިންގ ގެ ތިންވަނަ ފަންގިފިލާގެ އަސަރީ މާލަމުގައި ބުދަ ދުވަހުގެ ރޭ 20:45ގައި ކަމަށް އެންސީއޭ އިން ބުނެއެވެ.
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ގެންދަވަނީ ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުއްވުމަށް، ދާއިރާތަކުގެ ބޭފުޅުންނާއި އެކީގައި ފަހި މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައެވެ.
އެގޮތުން މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ފަންނުވެރީންގެ ދަފުތަރެއް އެކުލަވައިލެއްވުމަށްޓަކައި ފަންނުވެރީން ރެޖިސްޓްރީވުމަށް އާއްމުކޮށް ވަނީ އަންގަވާފައެވެ. މީގެ އިތުރުން އެފަރާތުން އިންތިޒާމުކޮށްގެން މީގެ ދުވަސްކޮޅެއް ކުރިން މިއުޒިކީ ފަންނާނުންނަށް ފޯރަމަކާއި ފިލްމީ ފަންނާނުންނަށް ފޯރަމެއްވެސް ބާއްވާފައި ވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
ފަންނުވެރިން އުޅެނީ ހަމައެކަނި މާލޭގަތޯ