މުނިއަވަސް އިން މިއަދު އަލަށް ފަށާ “ހަފުތާގެ ތަރި” މި ސެގްމެންޓު ޚާއްސަކޮށްލާނީ ދިވެހި ފިލްމީ ދާއިރާގެ ކޮންމެވެސް ތަރިއަކާއި ބެހޭ ޚާއްސަ މަޢުލޫމާތުކޮޅަކަށެވެ. އެގޮތުން މި ސިލްސިލާގެ ފުރަތަމަ ސެގްމެންޓު މި ޚާއްސަކޮށްލަނީ ދާއިރާގެ މަންމަގެ ލަޤަބު ދެވިފައިވާ އާރިފާ އިބްރާހީމަށެވެ.
* ތަޢާރަފް
ގ. ޑޯލްފިން ހައުސް، އާރިފާ އިބްރާހީމަކީ ފިލްމީ ދާއިރާގެ ފަންނާނުން ކިޔާ ގޮތުންނަމަ އާރިފާ މަންމައެވެ. ފިލްމީ ދާއިރާއަށް ނުކުތީއްސުރެ މި ދާއިރާގައި މެދުކެނޑުމެއްނެތި، މަސައްކަތް ކުރަމުން އަންނަ އާރިފާއަކީ ފިލްމު އިސްކިރީނުގައި ޒީލަގަދަ މަންމައެކެވެ. ގިނަ ފިލްމުތަކާއި ޑްރާމާތަކުގައި އެކަހަލަ ރޯލުތައް ކުޅެފައި ހުރުމުން، އާރިފާ ބޮޑަށް މަޝްހޫރީވެސް ޒީލަގަދަ، ރުޅިގަދަ މަންމައެއްގެ ރޯލު ކުޅެން މޮޅު ބަތަލާއެއްގެ ގޮތުގައެވެ. ނަމަވެސް އޭނާއަކީ ހަމަ އެހާ ލޯބިވާ، މަޑުމައިތިރި މަންމައެއްގެ ރޯލުވެސް ކުޅެފައިވާ ފަރާތެކެވެ.
އާރިފާ އިބްރާހީމަކީ ވަރަށް ޚިދުމަތްތެރި ފިލްމީ ތަރިއެކެވެ. ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ އިތުރުން ވާހަކަ ލިޔެ، ސްކްރީންޕްލޭވެސް ތައްޔާރުކޮށްދެއްވާ ފަރާތެކެވެ. އާރިފާ އިބްރާހީމްގެ މަންމައަކީ މަރުޙޫމާ ފާތުމާފުޅެވެ. ބައްޕައަކީ މަރުޙޫމް ސޮއި އިބްރާހީމްފުޅެވެ.
އުމުރުން ސާދަ އަހަރުގައި ޒަވާޖީ ޙަޔާތެއް ފެއްޓެވި އާރިފާ އިބްރާހީމްގެ ފަސް އަންހެން ދަރިންނާއި ފިރިހެން ދަރިޔަކު ހުރެއެވެ. އާރިފާ އިބްރާހީމް ބުނާގޮތުން އޭނާ އެންމެ ކިޔަވާހިތުން ކިޔެވީ ހިސާބެވެ. އަތުގައި އޮތީ ހަމައެކަނި ކާތިބާކަމުގެ ސަނަދެވެ.
* ޚާއްސަ ހުނަރު
އާރިފާ އިބްރާހީމަކީ ވަރަށް މޮޅަށް ސްޓެންސިލް އިން ލިޔުއްވާ ފަރާތެކެވެ. އާރިފާ އިބްރާހީމް ބުނާގޮތުން އޭނާ މި މަސައްކަތް ދަސްކުރީ އެކަމަށް ހުރި ޝައުޤެއްގެ ބޮޑުކަމުންނެވެ. އާރިފާ އިބްރާހީމް ވަނީ ސްޓެންސިލުން ލިޔުމުގެ މަސައްކަތުގައި ސޯޅަ އަހަރު ހޭދަކުރައްވާފައެވެ. ސަރުކާރުގެ ވަރަށް ގިނަ ސެޓްފިކެޓުތައް ކޮމްޕިއުޓަރު އާންމުވުމުގެ ކުރިން ލިޔުއްވިއެވެ. އަދި ބައެއް ފޮތްތަކުގައިވެސް އާރިފާގެ އަތުލިޔުން ހިމެނެއެވެ. މިގޮތުން ސައިފް ރަސްގެފާނު ވާހަކަ ފޮތަކީ އާރިފާގެ އަތުލިޔުން ފެނިގެންދާނެ ފޮތެކެވެ.
* ސަރުކާރު ވަޒީފާ
އާރިފާ އިބްރާހީމަށް އެންމެ ފުރަތަމަ ވަޒީފާ ދެއްވީ މަރުޙޫމް ސައިކުރާ ޅަހުއްތުއެވެ. އާރިފާ ވަނީ ތިން ފަހަރެއްގެ މަތިން 21 އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. އަދާކުރެއްވި ބައެއް ވަޒީފާތައް ތިރީގައި މިވަނީއެވެ.
– ކާތިބާކަން: މާލޭ މުނިސިޕަލްޓީ
– ކާތިބާކަން: ލޭންޑް ރެޖިސްޓްރޭޝަން ޑިވިޜަން
– ސެކެޓްރީ: ގަލޮޅު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (18 އަހަރު ވަންދެން ހިލޭ ސާބަހަށް)
– ބަޖެޓް ސެކްޝަން: ޓެލެވިޜަން މޯލްޑިވްސް
* އެކްޓްކުރަން ފެށުން
އާރިފާ އެކްޓިން އާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ނުކުތީ 1987ވަނަ އަހަރު ގަލޮޅުގެ ފަރާތުން އޮލިމްޕަހުގައި ބޭއްވި “ފެހި ވިދުވަރު” ސްޓޭޖް ޝޯވއިންނެވެ. އާރިފާ އިބްރާހީމް ވަނީ މިހާތަނަށް 36އަށްވުރެ ގިނަ ފިލްމާއި 12އަށްވުރެ ގިނަ ޓީވީ ޑްރާމާ އަދި 16އަށްވުރެ ގިނަ ޑްރާމާ ސިލްސިލާގައި އެކްޓްކޮށްފައެވެ. މީގެ އިތުރުން 3 ފީޗަރ ފިލްމާއި 5 ޑްރާމާ ސިލްސިލާ ޑައިރެކްޓްކޮށްފައިވެއެވެ. ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒްގައިވެސް އާރިފާ، މަންމަގެ ބައި ކުޅެފައިވާކަން ފާހަގަކޮށްލެވެއެވެ.
* ޑައިރެކްޓްކުރި ފިލްމުތައް
– ލޯބިވެރިޔާ
– ދަޢުވާ (1998)
– ސާހިބާ (2000)
* ޑައިރެކްޓްކުރި ޑްރާމާ ސިލްސިލާތައް
– ވައިސޫރި (2004-2005) – 62 އެޕިސޯޑް
– ވައިރޯޅިއަށްވެސް ސިއްރުން (2005-2006) – 52 އެޕިސޯޑް
– ވަގުތު ފާއިތުނުވަނީސް (2006-2007) – 52 އެޕިސޯޑް
– ވިމްލާ (2007) – 26 އެޕިސޯޑް
– ވަފާތެރި ނުވެވުނަސް (2008)
* އެކްޓްކުރި ފިލްމުތައް
– ސިޓީ (1993)
– ވަޢުދު (1993)
– ދެވަނަ އަނބި (1994)
– ދެރިޔާ (1994)
– ނަފުރަތު (1994)
– ހަގު އަނބި (1995)
– ޑައިރީ (1996)
– ފުންއަސަރު (1996)
– ޙައްޤު (1996)
– ހުރަސް (1996)
– ހިފެހެއްޓުމެއްނެތް ކަރުނަ (1996)
– ހީލަތް (1997)
– ފަތިސް ހަނދުވަރު (1997)
– ދަޢުވާ (1998)
– އެޠޫފާނީރޭ (1998)
– ސިއްރު (1998)
– ހިތްހަލާކު (2000)
– އަނތްބެއްގެ ލޯބި ފިރިއެއްގެ ވާޖިބު (2000)
– މަޖުބޫރު ލޯބި (2000)
– ނަމޫނާ (2000)
– ޝާލިނީ (2000)
– ހިތި ނިމުން (2001)
– ހިތް އެދެނީ (2001)
– ލޯބި ނުވެވުނުނަމަ (2002)
– ކަލާޔާނުލާ (2003)
– އޮއްސުނު އިރާއެކު… (2007) – ކުރު ފިލްމު
– ދެކަފި (2007) – ކުރު ފިލްމު
– ކަރުނަވީ ބޭވަފާ (2009)
– މާފެއްނެތް (2010)
– ލޫދިފާ (2011)
– 14 ވިލޭރޭ (2011)
– ލައެލާ (2011)
– ރަންދަރި (2015)
– އަހްޝަމް (2015)
– ނޭދެން ވަކިވާކަށް (2017)
– ހައްދު (2017)
– މާމުއި (2019)
* އެކްޓްކުރި ޓީވީ ޑްރާމާ އަދި ސިލްސިލާ ޑްރާމާތައް
– ވިހަ ލޯބި (1992)
– ޙާލަތު (1993)
– ދަންތުރަ (1994)
– މަންޒިލް (1994)
– އިންތިޒާރު (1994)
– ފުރުޞަތު (1994)
– ހިތި ތަޖުރިބާ (1994-1995)
– ކައްތިރި (1997-1999)
– އެހަނދާން (1998)
– ރާޅުބާނި (1998)
– ޢައިޝާ (1998-1999)
– ދޯޕައްޓާ (2000-2001)
– ތިޔޭ މިހިތުގެ ވިންދަކީ (2003-2005)
– ކަލާގެ ޙައްޤުގައި… (2005)
– ވިމްލާ (2007)
– ސޫރަ (2008)
– ވަފާތެރި ނުވެވުނަސް… (2008)
– ހުވާ (2018-2019) – ވެބް ސީރީޒް
* އެވޯޑްތައް
– 3ވަނަ ޤައުމީ ފިލްމު އެވޯޑްސް: ބެސްޓް ސަޕޯޓިންގ އެކްޓްރެސް – އަނތްބެއްގެ ލޯބި ފިރިއެއްގެ ވާޖިބު
މަސްދަރު: ދިވެހި ވިކިޕީޑިއާ
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”