މިނިސްޓްރީ އޮފް އާޓްސް ކަލްޗާ ހެރިޓޭޖާއި ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ރާއްޖޭގެ ވިޝުއަލް އާޓްސް ދާއިރާގެ ފަންނާނުނަށް ބާއްވާ ފޯރަމް މިރޭ އޮންނާނެއެވެ.
ކުރެހުންތެރިން، ފޮޓޯގްރާފަރުން، ގްރެފިކް ޑިޒައިނަރުން އަދި އަތްތެރި މަސައްކަތުގެ ފަންނުވެރީން ހިމެނޭގޮތަށް ބާއްވާ މި ބައްދަލުވުން އޮންނާނީ މ.ކުލުނުވެހި، ޝީ ބިލްޑިންގ ގެ ތިންވަނަ ފަންގިފިލާގެ އަސަރީ މާލަމުގައި މިރޭ 20:45ގައި ކަމަށް އެންސީއޭ އިން ބުނެއެވެ.
ވީހާވެސް ގިނަ ވިޝުއަލް އާޓްސް ދާއިރާގެ ބޭފުޅުން ބައިވެރިވެލެއްވުމަކީ އެން.ސީ.އޭ ވަރަށް ބޮޑަށް އެދިލައްވާ ކަމެކެވެ.
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ގެންދަވަނީ ފަންނުވެރިކަމުގެ ދާއިރާތައް ކުރިއެރުއްވުމަށް، ދާއިރާތަކުގެ ބޭފުޅުންނާއި އެކީގައި ފަހި މަސައްކަތްތަކެއް ކުރައްވަން ފައްޓަވާފައެވެ.
އެގޮތުން މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ފަންނުވެރީންގެ ދަފުތަރެއް އެކުލަވައިލެއްވުމަށްޓަކައި ފަންނުވެރީން ރެޖިސްޓްރީވުމަށް އާއްމުކޮށް ވަނީ އަންގަވާފައެވެ. މީގެ އިތުރުން އެފަރާތުން އިންތިޒާމުކޮށްގެން މީގެ ދުވަސްކޮޅެއް ކުރިން މިއުޒިކީ ފަންނާނުންނަށް ފޯރަމަކާއި ފިލްމީ ފަންނާނުންނަށް ފޯރަމެއްވެސް ބާއްވާފައި ވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި