މޮޅަށް ތަޤްރީރުކުރާ މީހުން މިއަދު މި ރާއްޖޭގައިވެސް ގިނައެވެ. ނަމަވެސް މިފަހަކުން، މިވަރުގެ ވަރުގަދަ، މޮޅު، ބަލާޣާތްތެރި، މުއްސަނދި ތަޤްރީރެއް އަޑުއަހައިލުމުގެ ފުރުޞަތު ލިބިފައެއް ނުވެއެވެ. މި ދައްކަނީ ހުރަވީ ދުވަސް ފާހަގަކުރަން ހޯމް މިނިސްޓްރީން ބޭއްވި ޖަލްސާގައި ޒުވާން، ތާރީޚީ ޢިލްމުވެރިޔާ ޢަލްއުސްތާޛު އަޙްމަދު އަލާ ދީދީ ދެއްވި ތަޤްރީރުގެ ވާހަކައެވެ.
މިއީ އަޅުގަނޑުމެންގެ ހަމަ ކޮންމެ ފަރުދަކުވެސް، ހަމަ ކޮންމެހެންވެސް އަޑުއަހައިލަން ޖެހޭވަރުގެ، ވަރުގަދަ ތަޤްރީރެކެވެ. އެހެންކަމުން އިތުރު ވާހަކަތަކެއް ދައްކާކަށް އަޅުގަނޑު އިތުރު އެންމެ މިނެޓެއްވެސް ހޭދައެއް ނުކުރާނަމެވެ.
ވަރަށް ޅަ އުމުރުން ފެށިގެން ދިވެހި ތާރީޚާއި ސަގާފަތް ދިރާސާކުރައްވަމުން ގެންދަވާ އަދި އެ މާއްދާ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ކިޔަވައިދެއްވާ އަޙްމަދު އަލާ ދީދީގެ މި މޮޅު ތަޤްރީރުން އަޅުގަނޑުމެން ކޮންމެ ފަރުދަކުވެސް ޢިބްރަތްތަކެއް ޙާޞިލްކުރާން ޖެހެއެވެ.
އަލާގެ ތަޤްރީރަށް މުޅި ޤައުމު އެކުގައިހެން ތަޢުރީފް ކުރަމުންދާއިރު، އަލާއަށް އެ ފުރުޞަތު ދެއްވި ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވެސް ވަނީ އެ ތަޤްރީރަށް ތަޢުރީފް ކުރައްވާފައެވެ.
“1440 ވަނަ އަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ޢަލްއުސްތާޛު އަހުމަދު ޢަލާ ދެއްވި ތަޤުރީރަކީ މައުލޫމާތުގެ ގޮތުން މުއްސަނދި، ޢިލްމީ، ޢިބުރަތްތެރި ތަޤުރީރެއް. 2500 އަހަރުވީ ދިވެހި ޙަޟާރަތުގެ ވެރިކަން ހިނގާދިޔަގޮތް ދިރާސާކޮށް ޒުވާން ޖީލަށް ދަސްކޮށްދިނުމަކީ މުހިންމުކަމެއް.” އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި
މޮޅު ސްޕީޗެއް. ތާރީޚީ ފިލާވަޅުތަކެއް. ރައްކައުކޮށްފައި ބާއްވަން މުހިންމު ދަރުހެއް