ނިމިދިޔަ 2018 ވަނަ އަހަރު ޖެނުއަރީ މަހު މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ އާއި މަޝްހޫރު ހިޕްހޮޕް އާޓިސްޓް، ސޮފްވާން ޢަލީ (ސޮއްޕެ) ގެ ‘ޤާތިލް’ ލަވަ، ދިވެހި މުޖުތަމައަށް އަސަރުގަދަ އަދި އިބްރަތްތެރި މެސެޖަކާއި ބިންދާލި ރާޅެއްހެން ފެތުރިގެން ދިޔަހަނދާން އެބަހުރި ހެއްޔެވެ؟ ‘ގާތިލް’ ލަވަ ނެރުތާ އަހަރެއް ފަހުން މިފަހަރު ކްރައިމް ތްރިލާ “ގޮށްރާޅު” ފިލްމާއެކު އަނެއްކާވެސް މިވަނީ ތިލަކޮށްލާފައެވެ.
މުނިއަވަސް އަށް މަޢުލޫމާތު ދެމުން މިދިޔަ އަހަރު ސޮއްޕެ ބުނީ މި ލަވައަކީ މީގެ ތިންއަހަރު ކުރިން (2015)ގައި ދިވެހި ފިލްމެއްގެ ތީމް ލަވައަކަށް އޭނާ ތައްޔާރުކުރި ލަވައެއް ކަމަށާއި އެ ލަވަ ބޭނުން ނުކޮށް އޮތުމުން ލަވައިގެ ރެކޯޑިން ހަދައި ރިލީޒް ކޮށްލީ ކަމަށެވެ.
ސޮއްޕެ އާއި މީރާގެ ‘ގާތިލް’ އަނެއްކާވެސް މިވަނީ ތިލަވެފައެވެ. ‘ގޮށްރާޅު’ގެ ބާނިތަކާއިއެކުގައެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓުން އިއްޔެގެ ވަގުތެއްގައި އެމީހުންގެ ސައުންޑްކްލައުޑަށް ލަވަ މިއޮތީ ތިލަކޮށްލާފައެވެ.
‘ގާތިލު’ ލަވައިގައި މީރާ ކިޔާފައިވާ ބައިގައި ހުރީ މީހުން މެރުމަކީ ކަޑަކަމެއް (ގޯސް އަދި ވިޔާނުދާ ކަމެއް) ކަން ދައްކުވައިދީފަ އެވެ. އަދި ސޮއްޕެ ކިޔާފައިވާ ރެޕް ބައިގައި ހިމެނެނީ މީހަކު މަރާލުމަށްފަހު އެ ޤާތިލަށް ކުރެވޭ ހިތްދަތި އިހްސާސްތަކުގެ ވާހަކަތަކެވެ.
‘ޤާތިލް’ ލަވައިގެ ޅެމާއި ރާގު ހަދާފައިވަނީ ސޮއްޕެ އެވެ. މިސްޓީ ގެ މިއުޒިކާއިއެކު އިކްރާމް ސްޓޫޑިއޯގައި ރެކޯޑިން ހަދާފައިވާ ‘ގާތިލް’ ސޮއްޕެގެ ޔޫޓިއުބް ޗެނަލް، ސައުންޑް ކްލައުޑް އަދި ސޮއްޕެގެ ފޭސްބްކް ޕޭޖްގައިވެސް އާއްމުކުރިއެވެ.
ސޮއްޕެ އަކީ ހިޕްހޮޕް މިއުޒިކް ރާއްޖޭގައި ކުރިއަރުވާ އާލާކުރުމަށް ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ކުޅަދާނަ އާޓިސްޓެކެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި