​އަންހެންވެރީން ނުކުމެ ރަށުތެރެ ސާފު ކެރުމަކޫ އެންމަ ކުރޫ ޒަމާނުން ފަށައިގެން އިހަކަށް ދޮހަޔާ ޖެހެންދެކަށް ފޮނަދޫ އަންހެންވެރީން ކޮށްއޮޅެނަ ކަމެއް. އަންހެންވެރީން، ގޭށު ގޯތިތެރެޔާ ގޭ ކުނުކަހަންފަށް ކުނުކަހާ ސާފުކެރުމާ އެއްގޮތަށް ނިކަން ފޯރިޔާ އެއްކޮށް ކެރަމުން ދިޔަ ކަމެއް. އެއް އަވަށް އަނިއް އަވަށާ ވާދަޔާ، ކެރަމުން ދިޔަ މިމަސެއްކަތަށް ނަޒަރެއް ހިންގާލަމާ ހިނގައިބިލާ.

​ރައްޔިތު އަންހެނުން ކޮންމަ ބަންދު ދޮހާކު ހެނދުނާ ހަވީރު ނުކުމެ ރަށު މަގަތެއް ކުނުކަހާ ސާފުކެރުމަކޫ އަންހެންވެރީންގެ އާދަ. ރައްޔިތުންތެރޭ ލައްވާނޫ ސްކޫލު ނިމެނޫމާ. ސްކޫލު ހަމަ ނިމެން އިރަށް އަންހެވެރީންތެރޭ އިސްކޮށް އޮޅެން މީހުން އުމާޅެތް ކުނުކަހާން ބަޔަކަށް ލެއްވީ ވާހަކަ ބޮނާން. މި ބޮނަން ދޮހަޔަށް އިންތިޒާރު ކެރަމުން އުމަން އަންހެން ކުދޫން އޭރު ތިބޭނޫ އިލޯށިފަތު މަށާ ނިކަން ތައްޔާރަ ވެގެން.

ސްކޫލުން ނިމީގެން އަލަށް ކުނުކަހާން ނުކުންނަން އަންހެން ކުދޫން ކުނުކަހާން ނުކުންނަ ދޮހަޔަކޫ ވަރަށް ފޯރި ގަދަވަން ދޮހަޔެއް. އަންހެންވެރީން، އެކުދުވެރީންނަށް އާދަ ގޮވާޅެތް. ކުނުކަހާން އަލަށް ނުކުންނަން ދޮހަޔާ ޖެހީގެން ދެން އޮންނަން ދޮހާ ރަށުތެރެ ސާފުކެރާން ނުކުންނަން އިރޭ އެވެރީން ގޮވީ އާދަޔަށް ފަރިވަޅަ ހިފައިގެން ދާން ޖެހޭނޫ. މި ފަރިވަޅަ ކާނޫ ކުނުކަހާ ނިންމާފާ. ފަރިވަޅޭ ބުނިޔަސް އޭރު ގެންދާނޫ ބޮނޑިބަތާ ހަނާކެރީ މަހާ، ދެން އެހެން ނޯނުއްވާ ދެ ވައްތަރަ ބޯކިބަލާ ފޮނިރޮށިކަހަލަ ދިވެހި ކެއުން. ދެން އޭބީސީ ޖޫސް އެހެން ނޯނުއްވާ ކިރަޖޫސް ގެންދާޅެތް.

ރައްޓިހި ކަމާ އެއްބައިވަންތަކަމާ އެއްކޮށް މުޅިރަށް ސާފުކޮށްލާފާ ބޭއްވުމަކޫ އޭރު ބޮޑެއްޗަށް ތިބީ އަންހެންވެރީންނާ ޅަޒުވާން އަންހެންވެރީންނަށް ލިބެން އެންމަ ބޮޑަ އެއް ހިތްހަމަ ޖެހުން.

ޚާއްސަ މެހުމާނެއް ރަށަށް އުމަންނާ ރަށު އޮފީހުން އެވާހަކަ ރައްޔިތު އެންމެނަށް ގޮވާލާޅަ އެކަން ކެރާން ޚާއްސަކޮށްފާ ހުންނަ މީހަކު ލައްވާ. އެ މީހަކު މުޅި ރަށުތެރޭ އެވާހަކަ ގޮވަމުން ހިނގައިގެން މުޅި ރަށަށް އެކަން އަންގާނޫ.

“ޔޯތް ޔޯތް ރައްޔިތު ހުރިހައި އަންހެންވެރީންނޯތް، މާދަމާ ހެނދު ހައް ގޮށްވާލޫމާ ކުނުކަހާން ތައްޔާރަވެގެން ރައްޔިތު ހުރިހައި އަންހެނުން ރަށްވެހިގޭށަށް ނުކުންނާށޯތް.”

މިކަހަލަ ގޮތަށް ގޮވާލޫމާ ނުކުމެ މަގަތެއް ކުނުކަހާ ގޮނޑަދަށުން ވެލި ގެންގެރައިގެން މުޅި މަގަށް ފަތަރާ ރަށް ޒީނަތްތެރިކެރުމު އެންމެ އިސް ރޯލެއް އަދާކެރަމުން އައި ބަޔަކޫ އަންހެނުން. އެކަމަކު ޒަމާނަށް އައި ބަދަލާއެއްކޮށް، ސަރުކާރުން މަގަ ކުނުކެހުމާ ސާފުކެރުމަށް ފައިސާ ދީ އެކަން އެހެން ބައެއް ލައްވާ ކެރުވާން ފެށީފަހުން ރަށް މި އޮންނަނޫ މުޅީން ހަޑިވެ ރަށު ހައިބަތު ގެެއްލީފާ.

އަދު އޮޅެން ޒުވާނުން ވަގުތު ކޮޅެއް ހުސްކޮށްލައިގެން މިކަހަލަ ކަމެއް ކެރުވެން ވަރަށްވަނީން މާ ބިިޒޫޔޫތޯއޭ އަހަރިން ހިތަށް އަރައި. “އަފޭން ރަށް، އަފޭން ސާފުކެރާން” ފަށަމާ ހިނގައިބިލާ. ބޭރުން އުމަން މެހުމާނުން ހިތް އުފާވާން ކަހަލަ ސާފު ރަށަކަށް މިމީހުން ރަށް ހަދާ ނަމޫނާ ދައްކަމާ ހިނގައިބިލާ.

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.