މީގެ ކުރިން މުންކޮގެ “އިލް ނޮއިސް” ދެއްކީ ބޮޑު ބައިސްކޯފްގައެވެ. ބޮޑު އިސްކިރީނުގައެވެ. ނަމަވެސް މިފަހަރު “އިލް ނޮއިސް” އަންނަނީ ‘ބައިސްކޯފް’ އެޕަށެވެ. ގޭގެ ސިޓިންރޫމާ ހަމައަށްވުރެންވެސް ކައިރިއަށެވެ. ސްމާޓްފޯނުތަކުން މުންކޮގެ “އިލް ނޮއިސް” ބަލައިލަން ތައްޔާރުވާށެވެ.
“އިލް ނޮއިސް” އަކީ ފިލްމު ޕްރޮޑިއުސަރުން މި ކިޔާ ތަފާތު ފިލްމެކޭ ބުނާ ކެޓަގަރީއަށް ވަންނަ ފިލްމެކެވެ. ދިވެހި ފިލްމު ޕްރޮޑިއުސަރުން އާންމުކޮށް އުފައްދާ ފިލްމު ތަކާއި ތަފާތުުކޮށް މުހައްމަދު މުންތަސިރު (މުންކޮ) 2017 ވަނަ އަހަރު ރިލީޒްކުރި “އިލް ނޮއިސް” ވަރަށް ވެސް ތަފާތެވެ. ނަމަށް އެކަނި ވިސްނާލިއަސް މިއީ ތަފާތު ފިލްމެއްކަން އެނގިގެންދެ އެވެ.
“އިލް ނޮއިސް” އަކީ މުޅިން އާ ކޮންސެޕްޓެއް ނޫނެވެ. ދެހާސް ބާރަ ވަނަ އަހަރު ހަމަ އެނަމުގައި ތިއޭޓާ މިޒާޖުން ގެނެސްދީފައިވާ ތިއޭޓާ ޕްލޭ އެެކެވެ. މިއީ ސައިކޮލޮޖިކަލް ތްރިލާ އެކެވެ. ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވާ މައިކްރޮބައިލޮޖިސްޓެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ މުންކޮ އެވެ. މުންކޮ އާ އެކު އަހުމަދު އަލަމް އަދި ޝަމްއަތު އިބްރާހީމް ފެނިގެންދާނެ އެވެ.
ބޮޑުބައި އިނގިރޭސި ބަހުން ގެެނެސްދީފައިވާ މި ފިލްމަކީ އިސްމާއިލް ނިހާދު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ އަހުމަދު މައުރޫފް ޖަމީލެވެ.
މުންކޮގެ “އިލް ނޮއިސް” ބައިސްކޯފަށް އަންނާނެ ކަމަށް އިޝްތިހާރު ކުރަމުން ދިޔަނަމަވެސް، ފިލްމު އަންނާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
Disgraced microbiologist Edward Benevic bolts himself inside an institution together with his mentor, while a disease ravages the outside world. Edward’s sole purpose is to save the diseased Novels at the cost of everything necessary to him personally.#Illinois coming soon! pic.twitter.com/fuVwY1yrQw
— Baiskoafu (@baiskoafu) February 22, 2019
“އިލްނޮއިސް” އަކީ ރައްޖޭގެ ސިނަމާ ތަކުގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކައިވެސް އެޅުވި ފިލްމެކެވެ. އެގޮތުން އަވަށްޓެރި ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ގައި މި ފިލްމު އެޅުވިކަމަށް މަޢުލޫމާތު ލިބެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް