ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވަނީ މާމެންދޫ ސިމާ!

ހައްދުންމަތީ ގާދޫ ކައިރިން ރޭ އިރާކޮޅު ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވަނީ ލ. މާމެންދޫ، އުމުރުން 19 އަހަރުގެ ޝިމާ ނާފިޒް ނަމަކަށް ކިޔާ އަންހެންކުއްޖެއްކަން މުނިއަވަސް އަށް އެނގިއްޖެއެވެ.

ބަންޑުން ޖަހައިލީ ލ.ކައްދޫ އިން ލ.މާމެންދޫއަށް އަންހެނަކާއި ފިރިހެނަކު ދަތުރު ކުރަމުން ދިޔަ ޑިންގީއެކެވެ. ފުލުހުން ވިދާޅުވީ ލ.ގާދޫ އާއި ހިސާބުން ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު ރޭ 21:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ، ޑިންގީގައި ތިބި ދެ މީހުންގެ ތެރެއިން  ފިރިހެން މީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އަރާފައިވާ ކަމަށާއި ޑިންގީގައި އިން އަންހެން މީހާ ގެ ޚަބަރެއް ނުވާ ކަމަށެވެ. މުނިއަވަސް އަށް އެނގިފައިވާގޮތުން ޑިންގީ ދުއްވަން އިނީ ލ. ގަމަށް ނިސްބަތްވާ މީހެކެވެ.

ޑިންގީ އިން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިނާއި ސިކްސް ސެންސަސް ރިސޯޓް މުވައްޒަފުން ގެންދަނީ ކުރަމުންނެވެ.

މުނިއަވަސް އަށް ލ. މާމެންދޫ މީހަކު ބުނީ ގެއްލިގެން ހޯދަމުންދާ އަންހެންމީހާ އަކީ މާލޭގައި ހުރެފައި އައި މީހެއް ކަމަށާއި އެ އަންހެންމީހާ މާމެންދުއަށް ދިއުމަށް އެ ލޯންޗްގައި ދަތުރުކުރީ ގަމު ފިރިހެނަކާއި އެކުގައެވެ. ލޯންޗް ބަންޑުން ޖަހައިލުމުން ފިރިހެންމީހާ ފަތާފައި ސިކްސް ސެންސަސް ރިސޯޓަށް ދިޔައީ ޑިންގީގައި އޮތް ހަމެއް އަންހެންމީހާގެ އަތަށް ދިނުމަށްފަހު އެ ހަމުގެ އެހީގައި އޮތުމަށް ބުނެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!