ހައިޑްރޮޕޯނިކްސް ނިޒާމު ގާއިމުކޮށްދިނުމާއި ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް 2019 ވަނަ އަހަރު މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ހިންގާ ގޮތަށް ހަމަޖެހިފަވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުން ވިދާޅުވީ މި ޕްރޮގްރާމް ހިނގަވަނީ ދަނޑުވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ޞިނާޢަތަކަށް ހެދުމާއި ކުޑަ ބިންކޮޅެއްގައި އައު ޓެކްނޮލިޖީ ބޭނުން ކޮށްގެން ޒަމާނީ ދަނޑުވެރިކަން ކުރުމަށް ޒުވާނުން ތަމްރީނުކުރުމަށް ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ މި ޕްރޮގްރާމް ހިންގުމަށް ބޭނުންފުޅުވާ ރަށްރަށުން އެކަމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ. މި ޕްރޮގްރާމުގެ ދަށުން ހައިޑްރޮޕޯނިކްސް ނިޒާމް ޤާއިމް ކޮށްދެވޭނީ މިކަމަށް އެދި ކައުންސިލުން ކަނޑައަޅާ 10 ފަރާތެއްގެ ބިމުގައި ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ޕްރޮގްރާމު ހިންގާނެ ރަށެއް ކަނޑައެޅުމުގައި ބަލާނެ ކަންތަކަކީ:

– ހައްދާ ތަކެތި ގަތުމަށް ތައްޔާރަށް ތިބި ގެސްޓްހައުސްތައް ފަދަ ތަންތަން ހުރި ރަށަކަށްވުން އަދި ތަރުކާރީގެ ބާވަތްތައް ރަށުން ބޭރުން މިހާރުވެސް އެތެރެކުރާ ރަށަކަށްވުން.
– އުފައްދާ ތަކެތި ގަތުމަށް އެކަށީގެންވާވަރުގެ އާބާދީއެއް އޮތް ރަށަކަށްވުން.
– އުފައްދާ ތަކެތި އެކަށީގެންވާ އަގެއްގައި ވިއްކޭނެ ކަމުގެ ޔަޤީންކަން ލިބިދީފައިވާ މިންވަރު.
– މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ރާވާފައިވާ ގޮތް.
– ދަނޑުބިން ނިސްބަތުން ކުޑަ، ގޯތި ތެރެއިން މިމަސައްކަތަށް ޖާގަ ލިބޭނެ ރަށްރަށަށް އިސްކަން ދެވޭނެއެވެ.

މި ޕްރޮގްރާމާބެހޭ އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރުގެ ނަމްބަރ 3339232، 3339264، 3339207، 3339238 އަށް ގުޅުއްވުމަށް އެދެއެވެ.

މި ޕްރޮގްރާމުގެ ކޮންސެޕްޓް ނޯޓާި އެޕްލިކޭޝަން ފޯމު ތިރީގައި އެވަނީއެވެ. އެޕްލިކޭޝަންފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 7 މާރިޗު 2019ގެ 14:00 އެވެ.

ކޮންސެޕްޓް ނޯޓް ޑައުންލޯޑް ލިންކް

އެޕްލިކޭޝަން ފޯމު ޑައުންލޯޑް ލިންކް

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.