ޑައިރެކްޓަރ/ޕްރޮޑިއުސަރ މުހައްމަދު އަބޫބަކުރު (މާއެނބޫ)ގެ ‘އެމްއީ’ ޕްރޮޑަކްޝަނުން ތައްޔަރުކުރާ ބިރުވެރި ފިލްމު ”ކާކު؟“ގެ ފުރަތަމަ ދައްކައިލުން އަންނަ މިމަހުގެ ހަތަރެއްވާ ހޯމަދުވަހު ފެނިގެންދާނެ ކަމަށް މާއެނބޫ ބުނެފިއެވެ.
މިދިޔަ އަހަރު ހދ. ކުޅުދުއްފުށީގައި ޝޫޓްކޮށްފައިވާ ފިލްމު ”ކާކު؟“ އަކީ މަހުދީ އަހުމަދުގެ ސްކްރިޕްޓަކަށް ހަދާ ބިރުވެރި ފިލްމެކެވެ. ރަށަކަށް ގޮސް ގެއެއްގައި މަޑުކުރާ ފަސް ރަހުމަތްތެރިންނަށް ކުރިމަތިވާ ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގައި މަޝްހޫރު ތަރިންތަކެއް ހަރަކާތްތެރިވެއެވެ.
ފިލްމުގެ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) މިއަދު މުނިއަވަސް އަށް ބުނީ އަންނަ ހޯމަ ދުވަހު، “ކާކު؟” ގެ ފޭސްބްކް ޕޭޖްގައި ފިލްމުގެ ފަސްޓް ލުކް އާއްމުކުރާނެ ކަމަށެވެ.
”ކާކު؟“ ގެ ކާސްޓަށް ބަލައިލާއިރު، ފިލްމު ”އެ ދަތުރު“ އާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަ ސޮބާ) އާއި މާއެނބޫ މީގެ ކުރިން ގެނެސް ދިން ފިލްމެއް ކަމަށްވާ ”ހިތް ވިންދާ ނުލާ“ ގެ ބަތަލު ޝާފިއު މުހައްމަދުގެ އިތުރުން އަލަށް ތައާރަފުވާ ޔާސިރާ އާއި އިރްފާނާ އިބްރާހީމް (އިރޫ) ހިމެނެވެ. އިރުފާނާ އަކީ މިމަހު ފަސްވަނަ ދުވަހު ރިލީޒް ކުރާ ”ފޯޓީ ޕްލަސް“ ގެ ކާސްޓްގައި ވެސް ހިމެނޭ ބަތަލާއެކެވެ.
”ކާކު؟“ ގެ ވަރަށް ހާއްސަ ރޯލަކުން ’އެއްގާގަނޑުން ޖަހައި ދެދޫނީ މަރައިލާ‘ ހާމިދު އަލީ ވެސް ފެނިގެން ދާނެ އެވެ. މައިގަނޑު ކާސްޓުންގެ އިތުރަށް ކުޅުުއްފުށީ ބައެއް މީހުންވެސް ފިލްމުގައި ސަޕޯޓިންގ ރޯލުތަކުން ފެނިގެންދާނެ އެވެ.
“ކާކު؟” އަކީ މިއަހަރު ސިނަމާތަކަށް ގެންނަން މަސައްކަތް ކުރަމުންދާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!