ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި “ފޯޓީ ޕްލަސް” އޮލިމްޕަހުގައި ރޭ ޕްރިމިއާކޮށްފިއެވެ. “ފޯޓީ ޕްލަސް” ޕްރިމިއާކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.
އަހަރުގެ ބޮޑު ފިލްމުގެ ޓެގްލައިންއާއެކު އިޝްތިހާރުކުރަމުން އަންނަ “ފޯޓީ ޕްލަސް” ޕްރިމިއާ ހަފުލާގައި ފިލްމުގެ ޕްރިމިއާއަށްފަހު، ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރ ‘މުނިއަސް’ ގެ ރަސްމީ ލޯންޗިން ވެސް ކުރިއަށްގެންދެވުނެވެ. މި ނަންބަރު ފުރިހަމަ ކޮށްދިނީ މަޝްހޫރު އެކްޓަރ ޢަލީ ސީޒަން އެވެ. މުނިއަވަސް ލޯންޗްކުރީ އެކަމަށް މުނިއަވަސް ގެ ވީޑިއޯ ތައްޔާރުކުރާ ރިކާޒް ސްޓޫޑިއޯ އާއި އެނިމޭޝަން އަދި ގްރެފިކްސްގެ މަސައްކަތް ކުރަމުން އަންނަ ޒުވާން އަޙްމަދު އުނައިސް އެކުވެގެން ލ. ފޮނަދޫ ގައެވެ.
“ފޯޓީ ޕްލަސް” ޕްރިމިއާކުރުމުގެ ކުރިން، ކުރީގެ ރައީސް އަލްއުއްތާޛް މަޢުމޫނު ޢަބްދުލް ޤައްޔޫމުވެސް ކުޑަކޮށް ލާނެތް ވެލައްވައި ދެއްކެވި ބައެއް ވާހަކަފުޅުތަކުން އޯޑިއަންސް އެއްކޮށް ހެއްވައިލެއްވިއެވެ. އެއަށްފަހު ފިލްމު ދައްކަން ފެށުމާއެކު ހައުސް ފުލްކޮށް އޮތް އޮލިމްޕަހުގެ ބޮޑު އޯޑިއަންސް ހެއްވައިލީ ވަރަށް މޮޅު ފިލްމެއް ދިވެހި ސިނަމާއަށް ގެނެސްދެމުންނެވެ.
ރާއްޖޭގައި އުފެއްދި ފުރަަތަމަ ބިރުވެރި މަޖާ ފިލްމުގެ ގޮތުގައި ދިވެހި ފިލްމީ ތާރީޚްގެ ރެކޯޑަކާއެކު، “ފޯޓީ ޕްލަސް”ގެ ޓީމުން ފިލްމު ޕްރޮމޯޝަން އިވެންޓްތަކުގައި ދެއްކި ހުރިހައި ވާހަކަތަކަކީ ސަތޭކައިގެ ތެދު ވާހަކަތަކެއްކަން ފިލްމުން ސާބިތުކޮށްދިނެވެ.
މިއީ ނުބަލައި ދޫކޮށްލަން ހެޔޮނުވާވަރުގެ މޮޅު ފިލްމެއްކަން ފިލްމު ފެށުނު ހިސާބުން އެނގިގެން ދިޔައީ މެދުކެނޑުމެއްނެތި އޮލިމްޕަސް ސިނަމާތެރޭގައި ހުނުމުގެ އަޑު ގުގުމާލާފައި ހުރުމުންނެވެ. އެންމެ ފުރަތަމަ މަންޒަރުން ފެށިގެންގޮސް ފިލްމު ނިމެންދެންވެސް ހީނުލައި އިންނާނެ ހަމަ އެންމެ ވަގުތުކޮޅެއްވެސް ނުލިބެއެވެ.
ސާޅީހުން މައްޗަށް އެޅުމުން ލާނެތްވެގެން އުޅޭ އެކުވެރިންތަކެއްގެ ޙަޔާތަށް ކުރިމަތިވާ ކަންތައްގަނޑެއް “ފޯޓީ ޕްލަސް”ގައި ގެނެސްދީފައިވަނީ ވަރަށް ފުރިހަމަކޮށެވެ. ފިލްމު ފެށިގެންގޮސް ނިމުނުއިރުވެސް އޯޑިއަންސާ ނުގުޅޭ ހަމަ އެންމެ ހިނދުކޮޅެއްވެސް ނުދެއެވެ. ހިނިއައިސްގެން ގޮސް މީހުން އަވަދިވާވަރުގެ އެތައް މަންޒަރަކާއި ވާހަކަތަކެއް ފިލްމުން ފެނިގެންދިޔައެވެ. ބިރުގޮސް ފިއްކަނޑައިގެންދާވަރުގެ މަންޒަރުތަކެއް މޮޅު މޭކަޕަކާއެކު ގެނެސްދީފައިވާއިރު، ބިރުން ތުންފަތުގައި ދަތްއަޅައިގެން އިންދާ، ފިލްމުން ފެންނަ ބިރުވެރި ސޫރަ އެ ކޮށްލާ ހަރަކާތްތަކުން އަނެއްކާވެސް ހިނިގަނޑު ފަޅައިގެންދާންޖެހުނު ކިތަންމެ ފަހަރެއް އާދެއެވެ. ރަނގަޅަށް ރާވައިލެވި. މޮޅަށް ޑައިރެކްޓްކޮށްފައިވާ ބިރުވެރި މަޖާ ފިލްމެއްގައި ހިމެނެންޖެހޭ ހުރިހައި އުންސުރެއް މި ފިލްމުގެ ވާހަކަ އާއި ސްކްރީންޕްލޭލިޔެ ޑައިރެކްޓް ކޮށްފައިވާ މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީޢު ގެނެސްދީފައިވަނީ ވަރަށް ފުރިހަމަކޮށެވެ. ހިންދީބަހުން ބުނާނަމަ ‘ލާޖަވާބު ހޯ’ އޭ ބުނެލަން ޖެހެއެވެ.
ފިލްމުން ފެނިގެންދިޔަ ބޮޑު ކާސްޓަށް ބަލައިލާއިރު، ހުރިހައި ތަރިންގެ އެކްޓިންވެސް ވަރަށް ފުރިހަމައެވެ. ފިލްމުން މި ދާއިރާއަށް އަލަށް ނެރުނު ތަރިންގެ އެކްޓިން ފެނިފައި މިއީ އާތަރިންތަކެއްބާއޭ ކިތަންމެ ފަހަރަކު ހިތަށް އަރަން ޖެހުނެވެ. އެގޮތުން ޝިފާ އާއި ޒިޔާދާ ގެ އެކްޓިންއަށް ސަތޭކަ ދޭން ޖެހެއެވެ. ޚާއްޞަކޮށް ޝިފާގެ އެކްޓިން ވަރަށް މޮޅެވެ.
“ފޯޓީ ޕްލަސް” ގައި ހަރަކާތްތެރިވާ ސީނިއާ ސްޓާރުންގެ ތެރެއިން ޝީލާ ނަޖީބް ހުށައަޅައިދީފައިވަނީ ވަރަށް އާދަޔާޚިލާފު މޮޅު ކެރެކްޓަރ އެކެވެ. ސްޕްލިޓް ޕާސަނަލީ އެއްގެ ގޮތަށް ޝީލާގެ ތަފާތު އެކްޓިންއެއް ފެނިގެންދެއެވެ. ޝީލާގެ އާއްމު ކެރެކްޓަރގެ އިތުރުން އޭނާގެ ގާތަށް އެ އަރައިގަންނަ ވަރުގަނޑުގައި އުޅެނީ ވަރަށް ޒާތެއްގެ ގޮތަކަށެވެ. ހެދޭ ނުހެދޭއެއް ނޭނގި ސީޒަން އަށް ލައްކަ ވަރު ބާލައިލައެވެ. އެގޮތަށް އެ އަރައިގަންނަ ފޯރިގަނޑުގައި ޝީލާގެ ކޮންމެ ޑައިލޮގަކުން ހީނހީނ އަވަދިވާވަރު ވެއެވެ.
ފިލްމުގެ މޮޅުކަމުގެ ވާހަކަ ދައްކައި ކޮޅުންލާކަށް ނެތެވެ. ސައީދުގެ ވެސް މައިގަނޑު ދެ ކެރެކްޓަރ އެއް ފެނިގެންދާއިރު އޯޑިއަންސް ހެއްވާލައެވެ. ބިރުގަންނުވައިލައެވެ. ޔޫއްޕެ، ސީޒަން، މަނިކުގެ ކެރެކްޓަރ ގެ ވެސް ހާލަކީ ހަމަ މިއީއެވެ.
ފިލްމުގެ އިންޓަވަލް ފަހުން، ފެނިގެންދާ ޝަކީލާ (ޝަކިއްތަ)ގެ އެކްޓިން ވެސް މި ފިލްމުގައި ތަފާތުވެފައި މޮޅެވެ. ދެންތިބި އަންހެން ސްޓާރުންގެވެސް އެކްޓިންއާމެދު ބުނާނެ އެއްޗެއް ނެތެވެ.
ޢަލީ އާޒިމް (ދޮން އައްޔަ) އާއި ފައިސަލް ފެނިގެންދަނީ ފިލްމަށް ތަފާތު ރަހައެއް ގެނެސްދިނުމާއެކު މީގެ ލޮނުހެޔޮވަރުކޮށްލަދިން ދެ ފަންނާނުންގެ ގޮތުގައެވެ. މި ޕެކޭޖް ހަމަކޮށްދީފައިވަނީ ނެށުމަށް މަޝްހޫރު ޢަލީ ޝާހިދު ހުށައަޅައިދީފައިވާ ތަފާތު ކެރެކްޓަރއިންނެވެ. އައްޔަގެ ކެރެކްޓަރ އަށް މަސާލާ ހެޔޮވަރުކޮށްދެނީ ކުރިންވެސް ބުނިހެން ފައިސަލް އާއި ދޮން އައްޔައާއި ޖެހުނީމައެވެ.
ފިލްމުގައި އެންމެ ތަފާތުކަމެއް ކަމަށް ފާހަގަވި އެއްކަމަކީ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ ގޮތެވެ. ބޮޑު ކާސްޓެއް ހިމަނައިގެން ކުޅެފައިވާ މި ފިލްމުގައި ހަރަކާތްތެރިވާ ހުރިހައި ކެރެކްޓަރ ތަކަކަށްވެސް ރަނގަޅު އެކްޓިންއެއް ދައްކައިލުމަށް ފުރުޞަތު ލިބިފައިވާކަން ފާހަގަކުރެވެއެވެ.
ފިލްމުގެ މޭކަޕްތައް ވަރަށް ފުރިހަމައެވެ. ގްލެމާ މޭކަޕާއި ބިރުވެރި މޭކަޕްގެ އިތުރުން ހެއްވާ މަޖާ މޭކަޕްތައް ހަދައިދީފައިވަނީ މޭކަޕް އާޓިސްޓް ޝިޒްނާ އެވެ.
ފިލްމުގެ މޮޅުކަމުގެ ވާހަކަ ފިލްމުގައި ހަރަކާތްތެރިވާ ތަރިންނާއި ޑައިރެކްޓަރުން އަބަދުވެސް ދައްކައެވެ. ނަމަވެސް އެހެން ދައްކާ ވާހަކަތައް ސަތޭކަ ޕަސެންޓުން ދިމާވާ ފިލްމުތައް މަދެވެ. އެހެން ނަމަވެސް މިއީ ސަތޭކައިގެ މޮޅު ފިލްމެކެވެ. ތަރި ދޭން ވެއްޖެނަމަ، ތަރި ދޭންޖެހޭ އަދަދެއް ވިސްނައިލަންވެސް އުނދަގޫހައި މޮޅު ފިލްމެކެވެ.
ފިލްމެއް ބަލައިގެން ލިބެންޖެހޭ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބުމާއެކު، ހީނ މަޖާކޮށްލަން ދާން މިއީ ފިސާރި ފިލްމެކެވެ.
ޝައިން ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން އިން ނެރުނު ކޮމެޑީ ފިލްމު “ނޯޓީ ފޯޓީ” ކަމުދިޔަ މީހުންނަށް މި ފިލްމު ވެގެންދާނީ ހައިރާންވާހާ މޮޅު، މަޖާ ފިލްމަކަށެވެ. “ފޯޓީ ޕްލަސް” އަކީ “ނޯޓީ ފޯޓީ” އާއި އަޅައި ބަލާއިރު ފަސްގުނަ މޮޅު ފިލްމެކެވެ.
“ފޯޓީ ޕްލަސް” ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ‘މުނިއަވަސް’ އެވެ. ޓީވީ މީޑިއާ ޕާޓްނަރަކީ ‘ވީމީޑިއާ’ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި
40+ އަކީ މިހައިތަނަށް ބެލުނު އެންމެ ކޫލް، އެންމެ ފަން، އެންމެ ހަބޭސް ފިލްމު، ކަމުނުދާ ފެނުނީ އީސަ އެ ޖަހާ ބޭކާރު ހިނިގަނޑު. އެހެން ނޫނީ ހަމަ ހަބޭސް
ނުހޭންކަމަށް އަހަރެން އިނިން ލަންކާ ޓިކެޓް ލިބޭތޯ
ނުހޭން އިނަސް ހެވޭ ވަރުން ބުނިން މިވަރު ކަމެއް އިނގޭތޯ
ޔޫއްޕޭ. ހާދަ ގަދަ ކޮށްފިޔޭ އިންގޭ. ޔޫއްޕެ މެންނަށް ޗެލެންޖްކޮށްފަ ކޮމެޑީ ފިލްމު ހަދަން އެހެން ބައެއް އުޅެން ޖެހިލުންވާ ވަރުގެ ގައްޑާ ފިލްމެއް މިއީ
އަދިވެސް މި ފިލްމު ބަލައިލަން ދާން އަހަރެން ބޭނުން. އެކަމަކު ދެން ދާނީ ލީކް ނުވާވަރުގެ ނެޕީއެއް ޖަހައިގެން. ހެވޭވަރުން ގަޔަށް ހީސްނުލެވޭނެ ކަމުގެ ޔަޤީންކަމެއް ނެތްހާ މޮޅު ފިލްމެއް މިއީ