ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ކުރިއަރައި ގޮސް މިހާރު ދުނިޔެ މުށުތެރެއަށްވަނީ ލެވިފައެވެ. އިންޓަރނެޓްގެ އެހީއާއި ނުލައި ކައިބޮއެ އުޅުން މިވަނީ ދަތިވެފައެވެ. ކާ ކޮންމެ އެއްޗެއް ސްނެޕްކޮށް އިންސްޓަގްރާމަށް މިދަނީ ލަމުންނެވެ.

ދިވެހީންނަކީ އަބަދުވެސް ފަހުގެ ޒަމާނީ ވަސީލަތްތަކާއި ތަކެއްޗަށާއި ކަންކަމަށް ލޯބި ކުރަމުން އަންނަ ބައެކެވެ. މިގޮތުން ‏އިންޓަރނެޓްގައި ދެމުންދާ ޗެލެންޖް ތަކަކީވެސް އެކަންކަމަކަށް ދިވެހީން ފޯރިއާއިއެކު އިޖާބަދެމުން އަންނަ ކަންކަމެވެ.

މިފެށެނީ މިއަހަރުގެ ފުރަތަމަ ޓާރމްގެ މިޑް ޗުއްޓީއަށްވުމުން މި ޗުއްޓީގައި ވެސް މިކަހަލަ ޗެލެންޖެއް ފުރިހަމަ ކޮށްލުން ކިހިނެއ ވާނެތޯއެވެ؟ ހަމަ ގައިމުވެސް މި ޗެލެންޖަކީވެސް މާ ބޮޑު ޗެލެންޖެއް ކަމަކަށް ނުވާނެއެވެ.

މި ޗެލެންޖުގައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ކުނި އޮތް ތަނެއްގައި ހުރެ ތިމާގެ ފޮޓޯއެއް ނެގުމެވެ. އެއަށްފަހު އެތަން  ސާފުކުރުމަށްފަހު ހަމަ އެތާނގައި ތިމާ ފޮޓޯއެއް ނަގަންވީއެވެ. މިނެގި ދެ ފޮޓޯ އެހާރާއި މިހާރު ޖެއްސެވުމަށްފަހު ސޯސަލް މީޑިއާގައި ހިއްސާކުރާނީއެވެ. މިގޮތަށް ހިއްސާކުރާއިރު ހޭޝްޓެގް ޖެއްސެވުމަށްފަހު އަހަރެންގެ ވެށި އަހަރެން ސާފު ކުރާނަން (AharengeVeshiAharenSaafukuraanan#) މިގޮތަށް ޖައްސަވާލައްވާށެވެ. މީގެ އިތުރުން MuniAvas@ ވެސް ޖައްސަވާލައްވާށެވެ.

މި ޗެލެންޖް ކިތަށް ބޭފުޅުންނަށް ފުރިހަމަ ކުރެވޭނެތޯ އަޅެ ބަލާލަމާ ހިނގާށެވެ. ​

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.