މެންޗެސްޓާ ޔުނައިޓެޑްގެ ދާއިމީ ކޯޗުކަން މިހާރު ވަގުތީ ކޯޗަކަށް ހުރި އޮލެ ގުނަ ސޯލްޝެއާ އަށް ދޭން، އޭނާއާ އެކު ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް މަޝްވަރާކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށް ސޯލްޝެއާއާ ޓީމު ހަވާލުކުރި މި ސީޒަނުގެ ނިޔަލަށެވެ. ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޕީއެސްޖީ ދަނޑުގައި ޔުނައިޓެޑުން ހޯދި ތާރީހީ މޮޅަށް ފަހު އެ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދުމާ އެކު ސޯލްޝެއާގެ އެއްބަސްވުން ދާއިމީކުރަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އޭގެ ތެރޭގައި ފުޓްބޯޅަ އެނަލިސްޓުންނާއި ޔުނައިޓެޑްގެ ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުން ހިމެނެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގެ މެޗަށް ފަހު ޔުނައިޓެޑްގެ ބޯޑުގެ ބައްދަލުވުމެއް ވަނީ ބާއްވައިފަ އެވެ. އެ ބައްދަލުވުމުގައި މެޖޯރިޓީ މެމްބަރުން ހުށަހެޅީ ސޯލްޝެއާ އަށް ދާއިމީ އެއްބަސްވުމެއް ދޭށެވެ. އެ ބައްދަލުވުމަށް ފަހު ވުޑްވާޑް ވަނީ ސޯލްޝެއާއާ މަޝްވަރާކޮށްފަ އެވެ.

ޔުނައިޓެޑުގެ ހުށަހެޅުންތަކާ އެއްގޮތަށް ކުރިއަށްދާން ސޯލްޝެއާ ނިންމިއިރު، އޭނާ ބޭނުންވީ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ވުރެ ކުޑަ މުސާރައެކެވެ. މޮރީނިއޯ އެންމެ ފަހުން ޔުނައިޓެޑުގެ ކޮންޓްރެކްޓް އާ ކުރީ އަހަރަކު 15 މިލިއަން ޕައުންޑް ލިބޭ ގޮތަށެވެ. ސޯލްޝެއާ އެއްބަސްވީ އަހަރަކު 7.5 މިލިއަން ޕައުންޑަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.