ބައިސްކޯފާއި އޯކޭޒް އިންކް ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދާފައިވާ ސިޓްކޮމް ސީރީޒް “ކަރުހަކުރު”ގެ ދެ އެޕިސޯޑެއް ބައިސްކޯފުން ދައްކައިފި އެވެ.
“ކަރުހަކުރު”ގެ ޕައިލެޓް އެޕިސޯޑެއްގެ ގޮތުން ދައްކާފައިވަނީ “ކެޔޮ” ނަމުގައި ތައްޔާރުކޮށްފައިވާ އެޕިސޯޑެކެވެ. މި އެޕިސޯޑުގައި ލަމްހާގެ ބައްޕަ ހަކުރު ގިނަވެގެން ހަކުރު އެކުލެވޭ ތަކެތި ނުކާން އަންގާފައިވަނިކޮށް ރައްޓެއްސަކު ފޮނުވާ ކެޔޮ ފޮށިގަނޑެއް ލިބުމަށްފަހު، ދެން ކަންތައްތައް ވެގެންދާގޮތް ވަރަށް މަޖާކޮށް ގެނެސްދީފައިވެއެވެ.
ދެވަނަ އެޕިސޯޑަކީ “ވައި ގޮޅި” އެވެ. މި އެޕިސޯޑްގެ ޕްލޮޓް ކިޔައިދީފިނަމަ ކުރިމަރައިލެވޭނެތީ މިވަރުން ދޫކޮށްލާނަމެވެ. “ކަރު ހަކުރު”ގެ ތީމް ލަވަ ކިޔާފައިވަނީ ލަމްހާ ލަތީފެވެ. މަޖާގޮތަކަށް ކިޔާފައިވާ މި ލަވައިން “ކަރުހަކުރު”ގެ މައިގަނޑު ހާދިސާތައް ދައްކައިދެއެވެ.
މިހައިތަނަށް ދައްކާފައިވާ “ކަރުހަކުރު”ގެ ދެ އެޕިސޯޑަށް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.
The first ever#sitcom series in Maldives #karuhakuru is now up for streaming only on @baiskoafu every Tuesday night 9:00pm pic.twitter.com/c7McOxyZSd
— KaruHakuru (@KaruHakuru) March 13, 2019
“ކަރުހަކުރު” ޝޯގެ ލީޑު ކާސްޓުންނަކީ ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް، އަލީ އާޒިމް (ދޮން އައްޔަ)، ރައުފަތު ސޯދިގު، އައިޝަތު އަލީ އަދި ހުސެން ނާޒިމް އެވެ.
“ކަރުހަކުރު” ވެބްސީރީޒަކީ މުހައްމަދު މުންތަސިރު (މުންކޮ)ގެ ކޮންސެޕްޓަކަށް މަހްދީ އަހްމަދު ސްކްރީންޕްލޭ ލިޔާ ސީރީޒެކެވެ.
“ކަރު ހަކުރު” ޝޯގެ އެޕިސޯޑުތައް ފެންނާނީ ބައިސްކޯފު ޕްރިމިއަމް ޚިދުމަތް ހޯދާ ފަރާތްތަކަށެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!
- 14 މާރޗް 2025ޚަބަރުފިލްމުކުޅުން ހުއްޓާލިއިރުވެސް އެންމެ ބޭނުންވާ ކެރެކްޓަރ ކުޅެލަން ނުލިބޭ – ނިޢުމާ