ކާމިޔާބުކަމާއެކު ރާއްޖޭގެ ސިނަމާތަކުގައި ދައްކަމުން އަންނަ މެގަހިޓް ފިލްމު “ފޯޓީ ޕްލަސް” މިމަހުގެ 28ން ފެށިގެން ދިއްދޫގައި އަޅުވަން ހަމަޖެހިއްޖެއެވެ.

ދިއްދޫގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ އެރަށު ވައިލެޓް މާލަމުގައެވެ. ފިލްމުގެ ޓިކެޓް ލިބެން ހުންނާނީ ދިއްދޫ ހޮސްޕިޓަލް ކުރިމަތީގައި ހުންނަ ރިންގް ޝޮޕުންނާއި ސްކޫލް ސަރަހައްދުގައި ހުންނަ މާފުރަ ފިހާރައިންނެވެ.

ޓިކެޓް ހޯދުމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް 7986300 ނަންބަރަށް ގުޅުމަށް ފިލްމު އެޅުވުމުގައި ހަރަކާތްތެރިވާ ފަރާތުން އެދެއެވެ.

“ފޯޓީ ޕްލަސް” ރަށްރަށުގައި އެޅުވުމަށް ފިލްމުގެ ކާސްޓުން ރަށްރަށަށްދާ އުސޫލުން، ދިއްދޫގައި ފިލްމު އަޅުވަން ދިއުމަށް ހަމަޖެހިފައިވަނީ ފިލްމުގައި މަޖާ ރޯލެއް ކުޅެފައިވާ މުޙައްމަދު ފައިސަލް އެވެ.

‘އަސްލު ޓިން ޓިން ލައިވް’ އިން ކުއްލި ކުއްލި ޚަބަރެއްގެ ގޮތުގައި ދިއްދޫގައި މި ފިލްމު އެޅުވުމަށް ވަމުންދާ ތައްޔާރީތަކާ ބެހޭ ފޭސްބްކް ލައިވް ޚަބަރެއްވެސް ގެނެސްދީފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން އިން އުފައްދައި މިމަހު ފަހަކުން ފެށިގެން ކާމިޔާބުކަމާއެކު އޮލިމްޕަހުގައި ދައްކަމުންދާ މެގަހިޓް ފިލްމު ”ފޯޓީ ޕްލަސް“ ބެލުމަށް ބޭނުންވާ އެތައް ބައެއްގެ އެދުމުގެ މަތިން އޮލިމްޕަހުގައި ”ފޯޓީ ޕްލަސް“ގެ އެންމެ ފަހު ތިން ޝޯ ދެއްކުމަށް މިހާރު ހަމަޖެހިފައިވަނީ މާރިޗް 25، 26 އަދި 27 ގައެވެ.

”ޝޯތައް މި އިތުރުކުރަނީ ކެނޑިނޭޅި ފިލްމު ބެލުމަށް ބެލުންތެރިން އެދެމުންދާތީ އާ މެދުކަނޑައިލުމެއްނެތި ފިލްމު ދެއްކުމަށް އޮލިމްޕަސް ލިބިފައިވެސްވާތީ.“ ފިލްމުގެ ޑައިރެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) މުނިއަވަސް އަށް ބުންޏެވެ.

މާލޭގެ ޝޯ ތަކަށްފަހު އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ހުޅުމާލޭ ޝްވެކް ސިނަމާގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވާކަމަށް ”ފޯޓީ ޕްލަސް“ ޓީމުން ބުނެއެވެ.

“ފޯޓީ ޕްލަސް”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.