މެގަހިޓް ފިލްމު “ފޯޓީ ޕްލަސް” އޮލިމްޕަހުން ބަލައިލަން ބޭނުންވާ ފަރާތްތަކަށް މި ހަފުތާ ބަންދަކީ ޚާއްޞަ ދެ ދުވަހެވެ. ހާސްކަމާއި ނުތަނަވަސްކަން ފިލުވައިލާ، ހީނ މަޖާކޮށްލުމަށް މިމަހުގެ 28 އަދި 29 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި “ފޯޓީ ޕްލަސް”ގެ ޚާއްޞަ ދެ ޝޯ އަޅުވާނެ އެވެ.

ކާމިޔާބުކަމާއެކު ރާއްޖޭގެ ކަންކޮޅުތަކުގައި ދައްކަމުންދާ “ފޯޓީ ޕްލަސް” ގެ ހަފުތާ ބަންދު ދެ ޝޯ މާލެއިން ބަލައިލުމަށް ބޭނުންވާ ފަރާތްތަކަށް ޓިކެޓް ގަންނަން ލިބޭނެ އިންތިޒާމު މިހާރުވަނީ ހަމަޖެހިފައެވެ. ޓިކެޓް ބުކްކޮށްލަން ބޭނުންނަމަ 7384040 އަށް ގުޅައިގެން ކުރިއަށްގެންދިއުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

ހއ. ދިއްދޫގައި ވެސް މިމަހު 28 ފެށިގެން “ފޯޓީ ޕްލަސް” ދެއްކުމަށް ހަމަޖެހިފައިވެއެވެ.

ދިއްދޫގައި ފިލްމު ދެއްކުމަށް ހަމަޖެހިފައިވަނީ އެރަށު ވައިލެޓް މާލަމުގައެވެ. ފިލްމުގެ ޓިކެޓް ލިބެން ހުންނާނީ ދިއްދޫ ހޮސްޕިޓަލް ކުރިމަތީގައި ހުންނަ ރިންގް ޝޮޕުންނާއި ސްކޫލް ސަރަހައްދުގައި ހުންނަ މާފުރަ ފިހާރައިންނެވެ.

ޓިކެޓް ހޯދުމަށާއި އިތުރު މަޢުލޫމާތު ހޯދުމަށް 7986300 ނަންބަރަށް ގުޅުމަށް ފިލްމު އެޅުވުމުގައި ހަރަކާތްތެރިވާ ފަރާތުން އެދެއެވެ.

”ފޯޓީ ޕްލަސް“ އަށް އަތޮޅު ތެރެއިން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ނިމުނު ހަފުތާ ބަންދުގައިވެސް ގިނަ ރަށްތަކެއްގައި ފިލްމު ދައްކާފައިވެއެވެ. ”ފޯޓީ ޕްލަސް“ ޓީމުން ބުނީ މިއަހަރު، މިވަރުގެ ކާމިޔާބު ފިލްމެއް އެހެން ޕްރޮޑަކްޝަން ހައުސްއަކަށް ނޫފެއްދޭނެ ކަމަށް ވަރަށް ބޮޑަށް ޤަބޫލުކުރާ ކަމަށެވެ.

”ފޯޓީ ޕްލަސް“ އަކީ އެތައް ފަހަރަކު ބަލައިލަންޖެހޭ ވަރުގެ މޮޅު ފިލްމެއް ކަމަށް އެތައް ބަޔަކު ބުނަމުންދާއިރު ހަތަރެއް ނުވަތަ ފަސް ވަރަކަށް ފަހަރު ”ފޯޓީ ޕްލަސް“ ބަލާފައިވާނެކަމަށް ވެސް ބައެއް ބެލުންތެރިން ދަނީ ބުނަމުންނެވެ.

ތ. ބުރުނީގައި މަންޒަރުތައް ނަގާފައިވާ ”ފޯޓީ ޕްލަސް“ އަކީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ޔަޤީންކަން ދިންގޮތަށް ބެލުންތެރިން ހެއްވާލާފައިވާ މޮޅު ފިލްމެކެވެ.

ފިލްމުގެ މައިގަނޑު ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.

”ފޯޓީ ޕްލަސް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.