އެވޯޑު ހާސިލުކޮށްފައިވާ ފިލްމު “ލީޗަސް” ގެ ޕްރޮޑިއުސަރު އަޕޫރްވާ މަރުރު ދިވެހިރާއްޖޭގެ ފިލްމީ ފަންނާނުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިމަހުގެ 25 ވަނަ ދުވަހުގެ ރޭ 8:30 ގައި ނެޝަަނަލް އާޓް ގެލެރީގައެވެ.
ރޭގެ ބައްދަލުވުމާބެހޭ ގޮތުން ފިލްމީ ތަރި ޢަލީ ސީޒަން މުނިއަވަސް އަށް ބުނީ މިއީ އަޕޫރްވާގެ ފިލްމު “ލީޗަސް” އުފެއްދުމުގެ ކަންތައްތައް ކުރިއަށްދިޔަގޮތް ދިވެހި ފިލްމީ ތަރިންނާއި ހިއްސާކުރުމަށާއި އެ ފިލްމު އުފެއްދުމުގައި ލިބުނު އެއްބާރުލުން ފާހަގަކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
“އެމީހުން ފާހަގަކުރި ކުރިއަށް އޮތްތަނުގަ އެމީހުންގެ މަސައްކަތްތައް ރާއްޖޭގަ ކުރާނެކަމަށް. މި ބައްދަލުވުމުގެ މައިގަނޑު ޕޮއިންޓަކީ މި ފިލްމަކީ މުޅިންވެސް އަންހެނުން އެފިލްމުގެ ކްރޫއިންނާއި ކާސްޓުންގެ ގޮތުގައި މަސައްކަތްކުރި ފިލްމެއް. އެހެންވީމަ ފިލްމު އުފެއްދުމުގެ މަސައްކަތުގައި އަންހެނުން ބާރުވެރި ކުރުވުމަށް މަސައްކަތްކުރުމަށާއި ފިލްމު އުފެއްދުމުގައި އެކްޓިންގެ އިތުރަށް، ޓެކްނިކަލް ކަންތައްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރު ދިން.” ސީޒަން ބުނީ އެމީހުން ބޮޑަށް ބޭނުންވީވެސް ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ބޭފުޅުންނާ ބައްދަލުކުރުން ކަމަށެވެ.
ދިވެހި ފިލްމީ ފަންނާނުންނަށް މި ފުރުޞަތު ފަހިކޮށްދެއްވާ ބައްދަލުވުން އިންތިޒާމުކޮށްދެއްވީ މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިންނެވެ.

“ލީޗަސް” އުފެއްދުމުގައި އަންހެނުންތަކެއް ހަރަކާތްތެރިވަނީ
“ލީޗަސް” އަކީ 100 އިންސައްތަ އަންހެން ފަންނާނުން އެ ފިލްމުގެ ހުރިހައި ކަމެއްގައިވެސް ހަރަކާތްތެރިވެފައިވާ ފިލްމެކެވެ. އެހެންކަމުން މި ބައްދަލުކުރެއްވުމުގެ މައިގަނޑު މަޤްޞަދަކީ ފިލްމު އުފެއްދުމުގެ މަސައްކަތުގައި އަންހެނުން ބާރުވެރިކުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން އެ ފިލްމު އުފެއްދުމުގެ ކަންތައްތައް ކުރިއަށްދިޔަ ގޮތުގެ ވާހަކަތައް ހިއްސާކުރުން ކަމަށް މަޢުލޫމާތު ލިބެއެވެ.

ފިލްމު އުފެއްދުމުގައި ގިނަ ޢަދަދެއްގެ ދަނޑުވެރި އަންހެނުން ބައިވެރިވި
ފިލްމު “ލީޗަސް”ގެ މަސައްކަތްތަކުގައި ޖުމްލަ 30 އަންހެނުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 28 އަންހެނުންނަކީ އިންޑިޔާގެ އަވަށްގަނޑަށް ނިސްބަތްވާ ދަނޑުވެރި އަންހެނުންނެވެ.
މި ފިލްމުގައި ދައްކުވައިދެނީ އިންޑިޔާގެ ހައިދަރުއާބާދަށް ނިސްބަތްވާ ރައިސާ ކިޔާ އަންހެނަކު، އެ އަވަށުގައި އުޅޭ ޒުވާން އަންހެން ކުއްޖަކު މީހެއްގެ އަނތްބަކަށް އެއްދުވަހު ވާންޖެހިފައިވާ ހާލު، އެ ހާލަތުން އަންހެންކުއްޖާ ސަލާމަތްކުރުމަށް ރާވާ ނުރައްކާތެރި ޕްލޭނެކެވެ. އެގޮތުން ކުރާ މަސައްކަތުގެ ތެރެއިން، ބިކުރުވެރިކަން ގެއްލިފައިވާ އަންހެންކުދިންގެ ބިކުރުވެރިކަން އިއާދަކުރެވޭ ޤަދީމީ ފަރުވާ އެއް ހޯދެއެވެ.
“ލީޗަސް” ރިލީޒްކުރީ 2016 ވަނަ އަހަރުއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު