އޮފީހުން ގޭށަށް އަފޫ ފެންވަރާ ނަމާދަ ކޮށްލައިގެން ބަދިގެ ދަށަށް ދިޔާ ބަނޑަހައްވައިގެންފާ ހުރީވަރުން ހާންތިކަން ފެލުވާލާން. ބަދިގެ އަށްވަދެ ތަށްޓަށް ބަތްއަޅއިގެން ޖެހީގެންހުރީ ތެއްޔު ފިޔަން ނެގޫ ލައިގެން ކާންހުރޫ ކޯއްޗެއްތޯ ބަލާލާން. ފިޔަން ނެގުމާއެއްކޮށް ޗޮކެއް ކަނޑާލެވެނަ. އަދުވެސް ކާންހުރޫ އިއްޔަވެސް ހުރީ ގަރަދިޔަ.

ދެފަރާތަށް ބޯހޫރާލާފާ ގޮހޮ އައިސަލަމާރި ހޮޅުވާލާފާ އަލަމާރީ ތެރޭ ހުރީ ދަޅަމަހަ ނަގައިގެން ކަންގޭ މޭޒު ކާރީހުރީ ގޮނޑި ދަމާލާފާ އިށީންނޫ ކެވޭތޯ. ބަތްތަށު މޮޑެލާފާ ބަތް ގޮޅައެއް އަންގަޔަށްލާފާ ފޯނު ހޮޅުވާލައިގެން އެފްބީއަށް ވަނޫ އަދު އޮފީސް ކުދޫން މާވަރެއް ދައްކާފާ ކިޔީ އެއްޗެއް ރަނގަޅަށް ބަލާލާންވެގެން. އެޔޯ ކޮންމަވެސް ޝެއިހަކު ލިޔެފާއޮތް އެއްޗެއް. އޭގެ އޮތް އެއްޗަކުން އަދު މިއޮޅެނޫ މުޅިން ދޮހާ ޚަރާބުވެގެން. ހީވަނޫ ހަމަ މައި ދިމާލަށް އެއްލީ ބަހެއްހެން. އޭގެ އޮތޫ ކައިވެނި ކެރިއަކަސް އުފާވެރި ކަމެއް ނުލިބޭޅޭ. އުފާވެރިކަން ލިބޭނޫ ލޯބި ދީގެންނާ އިތުބާރަކޮށްގެންނޭ.

މަވެސް އޮޅެނޫ މީހަކާ އިނދެގެން. އަމޭ ބުނޫމާ ފަރަށްދަން އުސޫލުން މީހުން މީހުނާ އިންނަނައިތި މަވެސް އިނޫ. ކިޔަވާ ނިމީގެން ރަށަށް އުމުވެނަ އިރު އުމުރުފެރާ އެންމެން މީހުނާއިދެ ދަރޫން ހޯދައިފިޔާ. އަފެ އަމެޔަށް ހީވޫ މަ މީހަކާ ނީދެފާހެން.

“ޙަސީނާގެ މަންޖަ ކޮންހެނެއް؟ އެޔޯ އަމެޔަށް ވަރަށް ކަމުދަން ކުއްދެއް.” އޮފީސް ނިމީގެން ގޭށަށް އުމަން އިރަށް އަމޭ ފަށާނޫ މިވާހަކައިން. މެހެން މިކަންތެއް ވާން ފެށޫމާ މަވެސް ޖަވާބެއް ދީފިން. “އަމެއަށް އެންމެ ރަނގަޅަ ކުއްދަކާ މަ އިންދެފާން.” މިހެން ބުނީ ދޮހާ އެޔޯ އަމެއަށް ބޮޑަ އީދެއް އައި ދޮހައެއް ކަހަލަ. އުފަލުން ދުވަމުން އަވަހާ ގޭން ނުކުމެގެން އެދިޔާ މާމޭ ކާރީ އެވާހަކަ ދައްކާން.

އޭގެ ހަފުތާއެއްވީ ދޮހާ ބޮޑަ ޕާޓީއަކާ އެއްކޮށް އަފެގެ ކައިވެނި ހަފުލާ ބޭއްވީގެން ދިޔާ ހަސީނާގެ މަންޖަ ފަޒުނާއާ އިނދެގެން. ފަޒުނާއަކޫ ވެސް ކިޔަވައިގެން ހުރީ ކުއްދެއް. ރަށު އޮފީހު ކާތިބާ މަޤާމު އަދާކެރަމުންއައި ހީވާގި ކުއްދެއް. ކައިވެންޏަށް އެއްބަހަވޫ ވެސް އޮފީހަށް ދިޔުން މަނާ ނުކެރާން ޝަރުތުކޮށްފާ. މަވެސް އޮަޅެނޫ ހެލްތު ސެންޓަރު މެނޭޖަރަކަށް ވަނައިތި އެކަމާ މާބޮޑަކަށް ފަރުވާލެއް ނުބަހައްޓަން.

މަ ބެލޫ އަފެގެ ވަޒީފާ އަދާކެރުވޭތޯ. ފަޒުނާ ވެސް މާވަރަކަށް އަހަންނަކާ ވެގެނެއް ނޯޅެއްވެ. ދެމީހުންވެސް ދެމީހުންގެ ވާޖިބުތެއް ފުރިހަމައަށް އަދާކެރަމު. އިސްވެ އެއްވެސް އިރަކު ފަޒުނާ އެއްކަމަކު ވެސް ނޯނުއްވާ ތަނަކަށް ދާންވެސް ނުބޮނާޅެއްވެ. މަށް އޭރު އެކަންތެއްވޫ ރަނގަޅަ ކަމަކަށް. އަފެގެ ހައިބަތަށް ބަލާފާ ކަންތެއް ކެރާންޖެހޭން ގޮތަކޫ އެޔޯކަމަށް މަށް ދެކެވެނަ.

ކައިވެންޏަށް އަހަރެއްވީއިރޭ އަފެގެ އަމޭ ނިޔާވެއްޖަ. ދެމީހުން މުޅީން އެކަނިވި. މި އެކަނިވެރިކަމަށް އާރޯކަމެއް ގެނާ އޭގެ އަހަރެއް ފަހުން ކުޑަކުޑަ އާލާ އުފަންވީމާ. ބަފައެއްގެ ލޯބި އެންމެ ފުރިހަމައަށް ދެވޭތޯ މަވެސް ބެލިން. ގޭތެރޭ ކަންތެއް ހުރީގޮތުން އެވަގުތައް އެންމެ ރަނގަޅަގޮތަކޫ ފަޒުނާ އޮފީހުން ކެނޑުންކަމަށް ފަޒުނާގެ މަންމަ ބުނޫމާ އެކަންވެސް ފަޒުނާ ކެރުއްވެ. އެއްވެސް އެއްޗެކޭ ނުބޮނެ އެކަން ކެރިޔަސް އެޔޯ ފަޒުނާ ވަރަށް ދެރަވީ ދޮހައެއްކަން މަށްވެސް އެންގޭ. އެހެންވެ އާލާ އަށް އެއް އަހަރަވޫމާ އަލުން ފަށާނޫ އޭ މަށް ބުނުވެނަ. މިބަހަ ދޫނުކެރާންވެގެން އާލާއަށް އަހަރެއްވޫމާ އަލުން ފަޒުނާ ވަޒީފާއަށް ނުކުތޫ އޮފީސްގަޑީ އާލާ ބަލާން އެމީހާގެ މަންމާ މެންގެއަށްލާފާ.
މެހެން ކަންތެއް ތެއް ކުރުއަށް ދަންތާ މިހާރު ފަސް އަހަރަވޫ.

ކުޑައިކޮށް ވިސްނުމަށް ގެއްލީފާ އިންދާ އާލާ އަފޫ ބާއްޕާއޭ ކިޔާ ގޮވާލީ އަޑަށް ބަލާލެވެނަ. އޭރު ކަންގޭ ދޮރަމައްތު އެދެމައިންތިބިޔާ. އާލާ އަތު ތައްޓެއް އޮތް.

“އައިގޮޓް ފަސްޓް” އުފަލުން ފޮޅީފާ ހުރެ ދުވަމުން އަފޫ އާލާ ބޮނެލި.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ފައިނާޒް (އައިޗަތު)
އާއިޝަތު ފައިނާޒް (އައިޗަތު)
ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.