ތަފާތު އިޙްސާސެއްގެ ލަވައެކެވެ. ރެޕް ކުރުންވެސް އެބަހުއްޓެވެ. ދިވެހިން އެންމެ އަހާހިތްވާ ޒާތުގެ ކަމެއްވެސް އެބަހުއްޓެވެ. މި ދައްކަނީ ‘ޔުނިކޯ ބީޓްސް ސްޓޫޑިއޯ‘ އިން އެންމެ ފަހުން ލަވަފޮށީގައި ހިމެނި ލަވަ “ފަތްމިނި ކަމަނާ“ގެ ވާހަކައެވެ. އަޑުއަހައިފިން ހެއްޔެވެ؟ ލަވައަށް ލޯބިކުރާ ފަރާތްތަކުން މި ލަވަ އަޑުއަހައި ނުލައި ދޫކޮށްލައިގެން ނުވާނެއެވެ. ޚާއްޞަކޮށް ހިޕްހޮޕް ލަވައަށް ލޯބިކުރާ ފަރާތްތަކެވެ.
“ފަތްމިނި ކަމަނާ” އަކީ ހުނަރުވެރި ރެޕާ ހުސެއިން ޖިނާން ޝަރީފް (ޖީނީ) ހަމަ އެންމެ ދުވަހެއްގެ ތެރޭގައި ކޮށްފައިވާ މަސައްކަތެއްކަމަށް އޭނާ ބުނެއެވެ. ލަވައިގެ ޅެންހެދީ ޖަނާން ހުސެއިން (ޖަންޓު) އާ ޖިނާން (ޖީނީ) އެވެ. މިއުޒިކް ހެދީ ޓްރޯ އެވެ. ޖަންޓު އާ ޖީނީ ގެ ލިރިކްސް ޗެކްކޮށްދިނީ ވެސް ޓްރޯ ކަމަށް ޖީނީ ބުންޏެވެ. ލަވައިގެ މިކްސިން ހެދީ ޓްރޯ އެވެ.
ޖީނީ، ޖަންޓް އަދި އަޖޫ ކިޔާފައިވާ “ފަތްމިނި ކަމަނާ” އަޑުއަހައިލެވޭނީ ލަވަފޮށި އަދި ބައިސްކޯފް އެޕުންނެވެ.
“ފަތްމިނި ކަމަނާ“ގެ ވަރަށް ޚާއްޞަ ކަމެއް ވެސް އެބައޮތެވެ. މި ލަވައިގެ ވީޑިއޯ އެއް ނެރުމަށް ‘ޔުނިކޯ ބީޓްސް ސްޓޫޑިއޯ‘ އިން ވަނީ ނިންމާފައެވެ.
“އެބަ ވިސްނަން މި ލަވައިގެ ވީޑިއޯއެއް ނެރެވޭތޯ. ވަރަށް އަވަހާ ނެރޭނަން އިންޝާﷲ. އަދިވެސް އެބަހުރި މިކަހަލަ ލަވަތައް.” މުނިއަވަސް އަށް ޖީނީ ބުންޏެވެ.
‘ޔުނިކޯ ބީޓްސް ސްޓޫޑިއޯ‘ އަކީ ކުރިއަރަމުން އަންނަ ޒުވާން މިއުޒީޝަނުންތަކެއް ހިމެނޭ ސްޓޫޑިއޯއެކެވެ. ”ރޮއެފާ“ ގެ ނަމުގައި ލަވަފޮށިން ނެރުނު ސަޅި ހިޕްހޮޕް ލަވައިން ދިވެހިންގެ ސަމާލުކަން ދަމައިގަތް ޒުވާން މިއުޒީޝަނުން އުފައްދާފައިވާ ސްޓޫޑިއޯ އެކެވެ. އައު ލަވަކިޔުންތެރިން މިއުޒިކުގެ ދާއިރާއަށް ނެރުމަށް އިސްކަމެއް ދެމުން އަންނަ ޔުނިކޯ ބީޓްސް އަކީ ނާޝިދު އިބްރާހިމް (ނަޑޭ)، ޖަނާން ހުސެއިން (ޖަންޓު)، ޖިނާން ޝަރީފް (ޖީނީ) އަދި އަޖްފާން އިސްވެ ހަރަކާތްތެރިވަމުން އަންނަ ބޭންޑް ސްޓޫޑިއޯއެކެވެ.
ހިޕް ހޮޕް ލަވަ ކިޔުމަށް ފޯރި ހުންނަ ޒުވާން ގްރޫޕްގެ އަމާޒަކީ ހިޕް ހޮޕްގައި ލީޑްކުރާ ބަޔަކަށް ވުމެވެ. ‘ޔުނިކޯ ބީޓްސް ސްޓޫޑިއޯ‘ އިން މިއަންނަ ހުކުރު ދުވަހު ވެސް އެމީހުންގެ އާ އުފެއްދުމެއް ނެރޭނެ އެވެ.
‘ޔުނިކޯ ބީޓްސް ސްޓޫޑިއޯ‘ ގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި
They are the best
Thafaathu baeh