މެގަހިޓް ފިލްމު “ފޯޓީ ޕްލަސް”ގެ 13 ވަރަކަށް ހައުސްފުލް ޝޯއާއި އިތުރު ކާމިޔާބު ޝޯ ތަކެއް އޮލިމްޕަހާއި ބައެއް ރަށްރަށުގައި ދެއްކުމަށްފަހު، މިމަހު 05 ން ފެށިގެން ހުޅުމާލޭ ޝްވެކް ސިނަމާގައި ދައްކަން ނިންމައިފިއެވެ.

އެންވިޝަން ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފެއްދި ރާއްޖޭގެ ފުރަތަމަ ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް” ހުޅުމާލޭ ޝްވެކްގައި ދެއްކުމަށް ހަމަޖެހިފައިވަނީ މިމަހު ފަހެއް، ހައެއް، ހަތެއް އަދި ނުވަވަނަ ދުވަހުގެ ރޭގައި ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ

“ފޯޓީ ޕްލަސް” ހުޅުމާލޭ ޝްވެކްގައި ދައްކާ ޝެޑިއުލްއަށް ބަލައިލާއިރު:

05 އޭޕްރީލް – 20:30 ގައި

06 އޭޕްރީލް – 23:30 ގައި

07 އޭޕްރީލް – 20:30 ގައި

09 އޭޕްރީލް – 20:30 ގައި

ޝްވެކް ސިނަމާ، ހުޅުމާލެއިން ޓިކެޓް ބްކްކުރުމަށް ގުޅާނީ 3338998 އަށެވެ.

އިންތިޚާބް ފަހުން، އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި “ފޯޓީ ޕްލަސް” ދެއްކުމަށް ހަމަޖެހިފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

“ފޯޓީ ޕްލަސް”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.