ކާމިޔާބު ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤާއި ކާމިޔާބު ޕްރޮޑިއުސަރ ޑައިރެކްޓަރ އަދި އެހާމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢު އުފައްދާފައިވާ މެގަހިޓް ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް”ގެ އަޑު ފަނޑުވުމެއް ނެތި މިއަހަރުގެ މާރިޗް ފަސްވަނަ ދުވަހުން ފެށިގެން އެއްވެސް ފަނޑުވުމެއް ދައްކަމުން އަންނައިރު، މި ހަފުތާ ބަންދަކީ ފޯރިގަދަ ހަފުތާ ބަންދެކެވެ.

ރާއްޖޭގެ އެތަކެއް ރަށެއްގައި “ފޯޓީ ޕްލަސް” ދެއްކުމަށް ނިންމާފައިވާއިރު، އަދިވެސް އެ ފިލްމަށް ރަށްރަށުން ޑިމާންޑް ކުރަމުން އަންނަކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

މި ހަފުތާ ބަންދާއި ކުރިއަށްއޮތް ދުވަސްތަކަށް ބަލައިލާއިރު:-

އޭޕްރީލް 18- ކ. ކާށިދޫ

އޭޕްރީލް 18- މ. މުލި

އޭޕްރީލް 19- މ. މުލައް

އޭޕްރީލް 19- ލ. މާމެންދޫ

އޭޕްރީލް 20- ޅ. ކުރެންދޫ

އޭޕްރީލް 20- ލ. ފޮނަދޫ

އޭޕްރީލް 20- މ. ދިއްގަރު

އޭޕްރީލް 21- ރ. މަޑުއްވަރީ

އޭޕްރީލް 21- ލ. މާބައިދޫ

އޭޕްރީލް 22- މ. ނާލާފުށި

އޭޕްރީލް 23- މ. ކޮޅުފުށި

އޭޕްރީލް 23- ލ. އިސްދޫ

އޭޕްރީލް 24- ލ. ގަން

އޭޕްރީލް 25- ގއ. ގެމަނަފުށި  ހިމެނެއެވެ.

މީގެ އިތުރުން ހުޅުމާލޭ ޝްވެކް ސިނަމާގައިވެސް މި ހަފުތާ ބަންދުގައިވެސް “ފޯޓީ ޕްލަސް” ދައްކާނެއެވެ.

މާރިޗް 05ގައި ”ފޯޓީ ޕްލަސް“ ރިލީޒްކުރިފަހުން މިއަދާ ހަމައަށް، މެދުކެނޑުމެއް ނެތި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ފިލްމުގެ ކާމިޔާބު ޝޯތަކެއް އަންނަނީ ދައްކަމުންނެވެ. އޮލިމްޕަހުގައި މި ފިލްމުގެ ހައުސްފުލް 13 ޝޯ ދައްކާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ރާއްޖޭގެ ފިލްމު ބަލާ އޯޑިއަންސް އެއްކޮށް ހެއްވާލަދިން ފިލްމު ”ނޯޓީ40“ ގެ ސީކުއަލް ”ފޯޓީ ޕްލަސް“ އަކީ އަކީ މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ)ގެ އަމިއްލަ ސްކްރިޕްޓެކެވެ. ޑައިރެކްޓް ކުރީ ވެސް ޔޫއްޕެ އެވެ. ފިލްމުގައި ހިމެނޭ އެކްޝަން ސީންތައް ޑައިރެކްޓް ކޮށްފައިވަނީ ފިލްމުގެ މެއިން ކާސްޓްގައިވެސް ހަރަކާތްތެރިވާ މަޝްހޫރު ފިލްމީ ތަރި ޢަލީ ސީޒަން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.