މެރިން ރިސާރޗް ސެންޓަރާއި އދ. އަތޮޅު ކައުންސިލް ގުޅިގެން އެ އަތޮޅު މަހިބަދޫގައި 16-22 އޭޕްރިލް 2019 އަށް “މެރިކަލްޗަރ ހުނަރުތައް ދަސްކޮށްދޭ ތަމްރީނު” ތަމްރީނު ޕްރޮގްރާމެއް ބާއްވައިފި އެވެ.
މިއީ ވަރލްޑް ބޭންކްގެ ހިލޭ އެހީގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން 2017 އިން ފެށިގެން ހިންގަމުންދާ “ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” (އެސް.އެފް.އާރ.ޑީ.ޕީ) ގެ ދަށުން ބޭއްވި ޕްރޮގްރާމެއް ކަމަށް މެރިން ރިސާރޗް ސެންޓަރ ވިދާޅުވެއެވެ.
މަހިބަދޫގައި 16-22 އޭޕްރިލް 2019 އަށް ހިންގި މި ތަމްރީނު ޕްރޮގްރާމުގެ ނިމުން ފާހަގަކުރީ މިމަހު 22 ވަނަ ދުވަހުގެރޭގަ އެވެ.
ތަމްރީނު ޕްރޮގްރާމްގެ ނިންމުން ފާހަގަކޮށް ބައިވެރިންނަށް ހަނދާނީ ލިޔުން ދެއްވުމަށް ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަލްފާޟިލާ ޒަހާ ވަހީދެވެ.
އދ އަތޮޅުގެ އެކި ރަށްރަށުން ޖުމްލަ 30 ފަރާތަކުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މައިގަނޑުގޮތެއްގައި އުނގަންނައިދެވުނީ މެރިކަލްޗަރ ކުރުމަށް ބޭނުންކުރާ ތަފާތު ގޮތްތަކާއި، މެރިކަލްޗަރ މަސައްކަތްތަކުގައި ބަލަންޖެހޭ ކަންކަމާއި، މެރިކަލްޗަރަށް ބޭނުންވާ ދިރޭ ކާނާ އާލާކުރުމުގެ ހުނަރުތަކެވެ. މި ތަމްރީނުގައި ތިޔަރީ ބައިތަކުގެ އިތުރުން މެރިކަލްޗަރާއި ގުޅުންހުރި މުހިންމު އަމަލީ މަސައްކަތްތައްވެސް ބައިވެރިންނަށް ދަސްކޮށްދެވުނެވެ. މީގެ އިތުރުން މެރިކަލްޗަރ ދާއިރާއިން ރާއްޖޭގައި ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވުނެވެ.
މި ހިންގުނު ތަމްރީނަކީ ރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ގާއިމު ކުރުމަށް ބޭނުންވާ ހޭލުންތެރިކަން އުފައްދައި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށްޓަކައި ހިންގޭ ހަރކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 މާރޗް 2024ރަހަފަތްއާފަލު ކޭކު – މުނިއަވަސް ރަހަފަތް
- 24 މާރޗް 2024ރަހަފަތްގާލިކް ބްރޮއިލްޑް ޗިކަން – މުނިއަވަސް ރަހަފަތް
- 23 މާރޗް 2024ރަހަފަތްބިސް ޗީޒް ޕެޓީސް – މުނިއަވަސް ރަހަފަތް
- 18 ސެޕްޓެމްބަރ 2021ޚަބަރުވަންރާޖްގެ މޫނުމަތީގައި އަނޫޕަމާ މިފަހަރު ޖެހީ ވަރަށް ވަރުގަދަ ތަފާލެއް!