ދިވެހިރާއްޖޭގެ ތިމާވެށްޓަކީ ބޮޑު ސަރަޙައްދަކަށް ކަނޑު ފެތުރިފައިވާ މާހައުލެކެވެ. އެހެންކަމުން މުނިފޫހިފިލުވުމުގެ ގޮތުން ޑްރޯން އުދުއްސާނެ ވަކި ސަރަޙައްދުތަކެއް ކަނޑައެޅުން ކަމާބެހޭ ފަރާތްތަކަށް ވެފައިވަނީ ބޮޑު ގޮންޖެހުމަކަށެވެ.

ރާއްޖޭގައި އުދުހޭ ސީޕްލޭންތައް ނުވަތަ މޫދުގައި ޖައްސާ ބޯޓުތައް ޖެއްސުމަށް ބޭނުންކުރާ 90 އަށްވުރެ ގިނަ ފެންމަތީ އޮންނަ މަންސަތަކެއް (ފްލޯޓިންގ ޕްލެޓްފޯމްސް) ވަނީ އަޅާފައެވެ. އެތަންތަނަށް ދުވާލުގެ ހުރިހައި ވަގުތުތަކެއްގައިވެސް މަތިންދާބޯޓުތައް ޖައްސައި ފުރައެވެ.

ޑްރޯން އުދުއްސުމުގެ މައްސަލައަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސިނާޢާތަށްވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ. ޑްރޯން އުދުއްސައިގެން ކުރިމަތިވެފައިވާ މައްސަލަތައް މުރާޖަޢާކުރުމުގެ މަސައްކަތް ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ގެންދަވަނީ ކުރައްވަވަމުންނެވެ.

ޑްރޯން އުދުއްސުމަށް އަމަލުކުރާން ޖެހޭ ގޮތުގެ ޤާނޫނެއް އަދި މިހައިތަނަށް ރާއްޖޭގައި ކަނޑައެޅިފައެއް ނުވެއެވެ.

ޑްރޯން އުދުއްސުމުގައި ޢަމަލުކުރާންޖެހޭ އުސޫލުތައް ގިނަ ބަޔަކަށް އޮންނަނީ ނޭނގިފައެވެ. އެހެންކަމުން ޑްރޯން އުދުއްސުމުގެ ކުރިން ޢަމަލުކުރަން ޖެހޭނެ ފިޔަވަޅުތައް ކިޔުންތެރިންނަށް ގެނެސްދޭނަމެވެ. މިއީ ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅުއްވައި ޝާޢިއުކުރައްވާފައިވާ ފިޔަވަޅު ތަކެކެވެ.

ފިޔަވަޅު:1

މުނިފޫހިފިލުވުމަށް ވީޑިއޯކުރުމާއި ފޮޓޯ ނެގުމަށް ޑްރޯން ބޭނުންކުރުން:

ޑްރޯން އުދުއްސުމުގެ ކުރިން ތިބޭ ހޮޓާ/ރިސޯޓް/ރަށު ކައުންސިލްގެ ހުއްދަ ނެގުން.

ވިޔަފާރިއެއްގެ ގޮތުގައި ފިލްމުކުރުމާއި ފޮޓޯ ނެގުމަށް ޑްރޯން ބޭނުންކުރުން:

ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން ނަގަންޖެހޭ ހުއްދަ ނެގުން.

އެކަމަށްޓަކައި ތިރީގައިވާ ފޯމު ފުރިހަމަކުރެއްވުމަށްފަހު އެންސީއޭގެ [email protected] މި މެއިލް އައިޑީއަށް މެއިލްކުރުން

ލިންކް ރާއްޖޭގައި ފިލްމު ޝޫޓް ކުރުމަށް ފުރިހަމަކުރަން ޖެހޭ އެޕްލިކޭޝަން ފޯމު

ފިޔަވަޅު:2

ދިވެހި ޤައުމީ ދިފާޢީބާރު (އެމްއެންޑީއެފް) އިން ހުއްދަ ހޯދުން. މިކަމަށްޓަކައި ތިރީގައިވާ ފޯމު ފުރުއްވުމަށްފަހު އެމްއެންޑީއެފްގެ [email protected] މި މެއިލް އައިޑީއަށް މެއިލްކުރުން.

ލިންކް ޑްރޯން އޮޕަރޭޓް ކުރުމުގެ ހުއްދައަށް އެދޭ ފޯމް

ފިޔަވަޅު:3

ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ހޯދުން. މިކަމަށްޓަކައި ތިރީގައިވާ ފޯމު ފުރުއްވުމަށްފަހު ސިވިލް އޭވިއޭޝަން އޮތޯރިޓީގެ [email protected] މި މެއިލް އައިޑީއަށް މެއިލްކުރުން.

ލިންކް މޮޑެލް އެއާކްރާފްޓްސް، ކައިޓްސް، އަންމޭންޑް ބެލޫންސް، ޕެރަސެއިލްސް އެންޑް ގައިރޯގްލައިޑަރސް އުދުއްސުމަށް ހުއްދައަށް އެދޭ ފޯމު

ނޯޓް 1: އެޕްލިކޭޝަން ފޯމާއިއެކުގައި އެމްއެންޑީއެފުން ދެއްވާފައިވާ ހުއްދަ އެޓޭޗްކުރެއްވުން އެދެން

ނޯޓް 2: ޑްރޯން އުދުއްސުމުގައި 400 ފޫޓަށްވުރެން ތިރީގައި އުދުއްސުމުން ދުރުހެލިވާން ވާނެއެވެ.

ހުއްދަތައް ނެގުމަށްފަހު ރާއްޖޭގައިހުރި ވައިގެބަނދަރުތަކާއި ކަނޑަށް ޖައްސާ ބޯޓް ޖެއްސުމަށް ހަދާފައިވާ ފެންމަތީ އޮންނަ މަންސަތައް އަޅާފައިވާ ސަރަހައްދުތައް އެނގިފައިވުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. މިކަމަށްޓަކައި މި ލިންކް ގައިވާ ޗާޓް ބައްލަވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.