ވަރަތަށް ތަފާތު ކޮންސެޕްޓަކަށް ‘އައި ފިލްމްސް’ އިން ތައްޔާރުކޮށްފައިވާ އެ ސްޓޫޑިއޯގެ އަލަތު ފިލްމު “ބަވަތި“ގެ ޓީޒާ ނެރެފިއެވެ.
ތްރިލާ ފިލްމެއްގެ ގޮތުގައި ޑައިރެކްޓަރ އިލްޔާސް ވަހީދު ޑައިރެކްޓްކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމު “ބަވަތި”ން ދައްކައިދޭނީ މާލޭ ފިރިހެން ކުއްޖެއް، އަތޮޅުތެރޭގެ ރަށަކަށް ގޮސް އެރަށުން ކުއްޖަކާ ކައިވެނިކޮށްގެން މާލެ ގެނައުމަށްފަހު އެ ކުއްޖާއަށް އެ ގޭތެރެއިން ކުރިމަތިވާ އާދަޔާޚިލާފު ކަންތައްތަކެއް ކަމަށް އިލްޔާސް ވަހީދު ބުންޏެވެ.
ފިލްމު “ބަވަތި” ގެ ލީޑަކީ ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ކުޅަދާނަ އެކްޓްރެސް ނުޒުހަތު ޝުޢައިބު އެވެ. ފިރިހެން ލީޑެއްގެ ގޮތުގައި ފެނިގެންދާނީ ބައެއް ވީޑިއޯ އިޝްތިހާރުތަކުން ފެންނަ، ދިޓީވީ އަދި ވީޓީގައި ޕްރެޒެންޓަރެއްގެ ގޮތުގައި ފެނިފައިވާ އެކްޓިން އަށް ހުނަރުވެރި އަޙްމަދު އިފްނާޒް ފިރާޤް އެވެ. ނަމަވެސް ފިލްމު “ބަވަތި” މިއީ ފިލްމީ ދާއިރާއަށް އިފްނާޒް ތަޢާރަފްވާ ފިލްމެވެ.
ފިލްމު “ބަވަތި”ގައި މަންމައެއްގެ ރޯލުން ފެނިގެންދާނީ އާ ފަންނާނެކެވެ. ނުޒޫ ފިޔަވައި މި ފިލްމުން މުޅިންވެސް ފެންނާނީ ފިލްމީ ދާއިރާއަށް އާ ތަރިންކަމަށް ޑައިރެކްޓަރ އިލްޔާސް ބުންޏެވެ.
“ބަވަތި” ގެ ޕްރޮޑިއުސަރުންގެ ގޮތުގައި އިލްޔާސާއެކު އާސިމް ޢަލީ އާއި އަޙްމަދު ވަހީދު ހަރަކާތްތެރިވާއިރު، ފިލްމުގެ ޓެކްނިކަލް މަސައްކަތްތަކުގައި ހަރަކާތްތެރިވެފައިވަނީ ހުނަރުވެރި ފަރާތްތަކެކެވެ. އެގޮތުން ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ މިހާރު ބައިސްކޯފްގައި ގެނެސްދެމުންދާ ރާއްޖޭގެ ފުރަތަމަ ސިޓްކޮމް ސީރީޒް ‘ކަރުހަކުރު’ އުފެއްދުމުގައި ހަރަކާތްތެރިވަމުންދާ ‘އޯކޭޒް އިންކް” އެވެ.
މިހާރު ޝޫޓިން އެއްކޮށް ނިމިފައިވާ ފިލްމު “ބަވަތި“ގެ ކެމެރާ މަސައްކަތް ކުރީ އެ މަސައްކަތަށް ނަމޫނާ ދައްކަމުން އަންނަ، ހުނަރުވެރި ސިނަމޮޓޮގްރާފަރ ވިޝާން (ކަނޑި) އެވެ. ވިޝާންގެ ހިތްގައިމު މަންޒަރުތަކަށް ހިތްގައިމު މިއުޒިކެއް ގެނެސްދީ ފިލްމުގެ ލޮނު ހެޔޮވަރުކޮށްދެނީ ފިލްމު ‘ގޮށްރާޅު’ގެ ވެސް މިއުޒިކް ހަދާފައިވާ މިސްޓީ އެވެ.
ފިލްމު “ބަވަތި” ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 މާރޗް 2025ޚަބަރު“އަބަދަށް” ގެ ޓްރެއިލާއިން އަބަދަށް ހިތުންނުފިލާ ހުންނާނެ ފަދަ މަންޒަރުތަކެއް!
- 28 މާރޗް 2025ޚަބަރުމަޑުކޮށްބަލަ! ވާޝިޔާ ގެއިން ނެރެ މަގުމަތިކޮށްލީތަ؟
- 19 މާރޗް 2025ޚަބަރު“ސޮރީ” ގައި ނިޝާ، މަނިކް އަދި އާމިރާގެ އިތުރުންވެސް ގިނަ ތަރިންތަކެއް
- 15 މާރޗް 2025ޚަބަރު“ފުރާނަ” – ޔުނިކޯ ބީޓްސް ސްޓޫޑިއޯގެ ސަޅި ލަވައެއް!