ފައްސި އާއި ނައްސި ދަންނަމުހޭ އަހައިލުމުން އެއީ ކޮން ބައެއްހޭ ހިތަށް އަރައިފި ދޯއެވެ. އެހެންވެސް ވެދާނެ އެވެ. މި ޒަމާނުގެ ކުދިވެރިން ވަނަމުގެ ގޮތުގައި މިފަދަ ނަންނަން ބޭނުންކުރޭދޯ އެވެ.
ނަމަވެސް މިއީ އެހެން ފައްސި އަކާއި ނައްސި އެކެވެ. އިނގިރޭސި ބަހުގައި އަދި ވަކިން ޚާއްޞަކޮށް ސައިންސް ޢިލްމުގައި ބޭނުންކޮށްއުޅޭ ‘ޕޮޒިޓިވް’ އާއި “ނެގެޓިވް’ އަށް ބޭނުންކުރާނެ ދިވެހި ލަފުޒެއް އެނގޭހޭ މިއީ ވަރަށް ގިނަ މީހުން އަހައި އުޅޭ ސުވާލެކެވެ. އެ ސުވާލަށް ލިބޭނެ އެންމެ ރަނގަޅު ޖަވާބަކީ މިއީއެވެ. އާދެ، ފައްސި އާއި ނައްސި އެވެ.
ފައްސި ނއ.
1. އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ދައްކާ.
2. އެދެވޭ ނުވަތަ ރުހެވޭ.
މިސާލު: މަނިކުގެ ޓެސްޓުތަކުން ދައްކާ ގޮތުގައި އޭނާ ހުރީ ކެންސަރަށް ފައްސި ވެފައެވެ.
ފައްސި ނ.
ކަރަންޓު ނަރުގައި ހުންނަ ޝޮކު ލިބޭ ޗާޖު ހުންނަ ތަން.
POSITIVE
ނައްސި ނއ.
1. އެއްޗެއްގައި ނުވަތަ މީހެއްގައި ވަކި ކަމެއް ނުވަތަ ވަކި ސިފައެއް ހުރިތޯ ބަލަން ކުރާ ޓެސްޓަކުން އެ ކަމެއް ނުވަތަ އެ ސިފައެއް ހުރިކަމަށް ނުދައްކާ.
2. ނޭދެވޭ ނުވަތަ ނުރުހެވޭ.
މިސާލު: ތިޔަ ގެންގުޅެނީ ވަރަށް ނައްސި ވިސްނުމެކެވެ.
ނައްސި ނ.
ބެޓެރީގެ ކަރަންޓު ދޫކުރާ ކޮޅު.
NEGATIVE
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި
- 19 އޭޕްރިލް 2025ޚަބަރުޑާކް ރެއިންގެ ޕްރޮޖެކްޓް 37 ގެ ނަން މިމަހު ހާމަކުރަނީ
- 18 އޭޕްރިލް 2025ޚަބަރުޝާރިފް އަންގަނީ “ހޯދުނު ގޮތަކަށް ހޯދަން”