މުނިފޫހިފިލުވުމުގެ ދާއިރާގެ އެކި ފަންނުތަކުގައި އަރާހުންނެވި ފަންނާނު ކޮޕީ މުހަންމަދު ރަޝީދަށް މިމަހުގެ 19 ވީ އާދީއްތަ ދުވަހު ސްޓްރޯކެއް ޖެހިވަޑައިގެން އޭޑިކޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ސްރީ ލަންކާގައި ފަރުވާދެމުން އަންނަކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ކޮޕީ މުހަންމަދު ރަޝީދަށް އޭޑީކޭ ހޮސްޕިޓަލްގެ ހައި ޑިޕެންޑެންސީ ޔުނިޓްގައި ފަރުވާދެމުން ގެންދިޔައިރުވެސް ހާލުކޮޅު އާދައިގެ ވަރަށްވުރެ ދެރަ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ވީނިއުސްއާ ވާހަކަ ދައްކަމުން ކޮޕީ މުހަންމަދު ރަޝީދުގެ ދަރިފުޅު އަދި މުނިފޫހިފިލުވުމުގެ ދާއިރާގެ ފުންނާބުއުސް ފަންނާނު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ބުނީ ބައްޕައަށް ސްޓްރޯކް ޖެހުނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

ކޮޕީ މުހަންމަދު ރަޝީދަށް ސްޓްރޯކް ޖެހުމާއެކު ވަގުތުން އޭޑީކޭއަށް ގެންދެވި އިމަޖެންސީގައި ފަރުވާ ދިނުމަށްފަހު ހައި ޑިޕެންޑެންސީ ޔުނިޓްގައި ފަރުވާދިނެވެ.

ކޮޕީ މުހަންމަދު ރަޝީދަކީ ޅެންވެރިކަމާއި، ވާހަކަ ލިއުއްވުމުގައި ވަރަށް ފުންނާބުއުސް ބޭފުޅެކެވެ. އޭނާވަނީ އެތައް ވާހަކައެއް ލިއުއްވައި އެތައް ޅެމެއްވެސް ހައްދަވާފައެވެ. މީގެ އިތުރުން ކޮޕީ މުޙައްމަދު ރަޝީދަކީ ދިވެހި އަދަބިއްޔާތަށާއި ނޫސްވެރިކަމަށް އެތައް ޚިދުމަތެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މުނިއަވަސް އާއި ކިޔުންތެރިންގެ ފަރާތުން ކޮޕީ މުޙައްމަދު ރަޝީދަށް އަވަސް ޝިފާ އެއް މިންވަރުކުރެއްވުމަށްއެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުއެވެ.

ޚަބަރަށް މަޢުލޫމާތު ނެގީ: ވީނިއުސް އިން

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.