ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ފޯރިއާއެކު ވާދަކުރަމުން ގެންދާ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި މިފަހަރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ގެނެސްދޭ ޑްރާމާ ’ނަމަ‘ މިރޭ 22:00 ގައި ޓީވީއެމް އިން ދައްކާނެއެވެ.

ވެމްކޯ ޑްރާމާ ’ނަމަ‘އިގެ ވާހަކަ ލިޔެ ޑައިރެކްޓްކޮށްފައިވަނީ މަޝްހޫރު އެކްޓަރ އަޙްމަދު ސަޢީދު އެވެ. ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އެވެ. މަޝްހޫރު ސިނަމޮޓޮގްރާފަރ ޝިވާޒް (މާސްކޭ) ކެމެރާކޮށްފައިވާއިރު ޑްރާމާ އެޑިޓްކޮށްފައިވަނީ އަހްމަދު އަމީދް ނަޞީރު އެވެ.

”މިފަހަރުގެ ޑްރާމާއިންވެސް މުޖުތަމަޢަށް ވަރަށް ފައިދާހުރި މެސެޖްތަކެއް ދޭނެ.“ ’ނަމަ‘ ޑްރާމާގެ ޑައިރެކްޓަރ ސައީދު މުނިއަވަސް އަށް ބުންޏެވެ. ސައީދު އިތުރަށް ބުނީ މި ޑްރާމާގައި މުޅިންވެސް ހަރަކާތްތެރިވާނީ ވެމްކޯގެ މުއައްޒަފުން ކަމަށެވެ.

މިދިޔަ އަހަރުގެ އޮފީސް ޑްރާމާ މުބާރާތުން ވެމްކޯގެ ޑްރާމާ ”ކަނި“ އަށް ވީވަރސް ޗޮއިސް ބެސްޓް އެކްޓަރގެ މަޤާމާއި ބެސްޓް ޑްރާމާގެ އެވޯޑް ވަނީ ލިބިފައެވެ.

މި މުބާރާތުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ދެއްކީ ކަސްޓަމްސްގެ ޑްރާމާ “މަރު” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.