ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރެޕް/ހިޕްހޮޕް އާރޓިސްޓް ސޮއްޕެގެ ފުރަތަމަ އަމިއްލަ އަލްބަމް ރިލީޒްކުރުމަށް ތައްޔާރުވެއްޖެ އެވެ. ‘ސޮއްޕެ’ ގެ ނަމުން ނަންދީފައިވާ އަލްބަމް ރިލީޒް ކުރުމަށް ނިންމާފައިވަނީ ފިޠުރު ޢީދު ދުވަހު އެވެ. އަލްބަމް ރިލީޒް ކުރަނީ ‘ލަވަފޮށި’ އެޕަށެވެ.

މުނިއަވަސް އަށް މަޢޫލޫމާތު ދެމުން ސޮއްޕެ ބުނީ މި އަލްބަމްގެ ޕްރޮޑިއުސަރަކީ މިސްޓީ ކަމަށެވެ. އަލްބަމްގެ ހުރިހައި ލަވަތަކެއްގެ ޅެންތައް ހެދީ ސޮއްޕެ އެވެ. މިއުޒިކު ހެދީ މިސްޓީ އެވެ. އިތުރު ތިން ލަވައެއްގެ މިއުޒިކް ހެދީ ސަގްޒްޑް އެވެ.

“އަލްބަމްގައި މުޅިންވެސް ހުންނާނީ މުޅިންވެސް އާ ރެޕް ލަވަ. އަލްބަމްގައި 11 ލަވަ ހިމެނޭނެ.” ޒުވާން އާޓިސްޓް ސޮއްޕެ ބުންޏެވެ. މި އަލްބަމުގައި އަންދަލާ ހަލީމުގެ ލަވައެއް ވެސް ހިމެނެއެވެ. އަލްބަމްގެ ރެކޯޑިން ހަދާފައިވަނީ މާލެ އާއި ކޮލޮމްބޯގެ އެކިއެކި ސްޓޫޑިއޯ ތަކުގައެވެ.

ސޮއްޕެގެ އަމިއްލަ އަލްބަމެއް ނެރުމުގެ ވާހަކަ އެންމެ ފުރަތަމަ ހާމަކުރީ މީގެ އަށް އަހަރު ކުރިން ދިވެހިރާއްޖޭގެ އަޑުގެ ޝޯއެއްގައި 2011 ވަނަ އަހަރު އެވެ

މި އަލްބަމް ޑެޑިކޭޓްކޮށްފައިވަނީ ސޮއްޕެގެ ނެފިއުއެއް ކަމަށްވާ ޔައިލް އަށް ކަމަށް ސޮއްޕެ ބުންޏެވެ.

ސޮއްޕެ ބުނީ އޭނާގެ ލަވަތަކަށް ސަޕޯޓްކުރާ ހުރިހައި ފޭނުން ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށެވެ.

ރާއްޖޭގައި ރެޕް މިއުޒިކް ކުރިއެރުވުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ސޮއްޕެ ދެކެނީ ރެޕް އިންޑަސްޓްރީ އަކީ މުޅި ދުނިޔޭގެ ފެންވަރުގައިވެސް ވަރަށް ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ މިއުޒިކް ގެ ބާވަތެއް ކަމަށާއި ރެޕް ލަވަތައް ވަރަށް ހިނގާ ކަމަށެވެ.

”ރާއްޖޭގަ ރެޕް ލަވަތައް އަދި އެހާ މަގުބޫލު ނުވިޔަސް ކުރިޔަށް އޮތް ތާނގަ ރެޕް ލަވަ ހިނގާނެ.“ ސޮއްޕެ އިތުރަށް ބުނީ މިކަމަށް ޝައުޤު ހުންނަ އާކުދިން ރެޕް ލަވަ ކިޔާތީ އުފާކުރާ ކަމަށާއި ރާއްޖޭގެ ރެޕް އާޓިސްޓުންނަށް ސަޕޯޓް ކުރާ ކަމަށެވެ. އަދި އެފަދަ ރެޕް އާޓިސްޓުންނަށް ކާމިޔާބަށް އެދޭކަމަށްވެސް ސޮއްޕެ ބުންޏެވެ.

“އެޅި މި ކަނޑުމަތި’، ‘ބުނެލާ ލޯބިވޭ’ އާއި ‘ހިތް ކުދި ކުދި’ އަކީ ރާއްޖޭގެ މިއުޒިކް ފޭނުންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ސޮއްޕެގެ ހިޓް ލަވަތަކެވެ.

ސޮއްޕެ އެންމެ ފަހުން ނެރެފައިވާ އޭނާގެ ސިންގަލް ލަވަ ތަކަކީ ‘ވަރަށް ނުރައްކާ’ އާއި މީރާ އާއި އެކުގައި ކިޔާފައިވާ ‘ގާތިލް’ އެވެ.


ސޮއްޕެގެ ކާމިޔާބު އެއް ލަވަ “ވަރަށް ނުރައްކާ”

ސޮއްޕެ ރެޕްކޮށްފައިވާ އެތަކެއް ލަވަތަކެއް ވަނީ ހިޓްވެގެން ގޮސްފަ އެވެ. އެގޮތުން މޯލްޑިވިއަން އައިޑޮލް ގައި މީރާ ޕާރފޯމް ކޮށްފައިވާ ’އެޅި މި ކަނޑުމަތި‘ ލަވަގައި ވެސް ސޮއްޕެ ވަނީ ރެޕް ކޮށްފަ އެވެ. މީގެ އިތުރަށް ދިވެހި ފިލްމު ’ވިޝްކާ‘ ގެ ތީމް ލަވައިގައި މަރިޔަމް ރިފްގާ ގެ އިތުރުން ސޮއްޕެގެ ރެޕްގެ ބަނޑިތައް ހިމަނާފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.