ޖުލައި މަހުގެ އެއްވަނަ ދުވަހު ރިލީޒް ކުރުމަށް ނިންމާފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކޮމެޑީ ފިލްމު ”މާމުއިގެ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ 09 ޖޫންގައި ނެރޭނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފިއެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން މިއަދު ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ޕްރޮމޯޝަނަލް ވީޑިއޯ ލަވަ ރިލީޒްކުރުމަށް ނިންމާފައިވަނީ ފޭސްބްކް އަދި ޔޫޓިބްގަައި ކަމަށް ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް ބުންޏެވެ. ލަވައިގެ އޯޑިއޯ، ލަވަފޮށި މެދުވެރިކޮށް އަޑުއަހައިލެވެން ހުރިއިރު، ޕްރޮމޯ ލަވައަކީ މިހާރު އާއްމުވެފައިވާ ލަވައިގެ ރިމިކްސް ވާރޝަން އެއް ކަމަށް މޮގާ މައުލޫމާތު ދެއްވައެވެ.

މީރާގެ އަޑުން ކިޔާފައިވާ ‘ރޭ ރޭ’ގެ އޯޑިއޯ ލަވައިގެ ފިލްމީ ވާރޝަންއެއް ޑާކް ރެއިން އެންޓަޓެއިންމެންޓުން ވަނީ ޔޫޓިއުބަށް ވެސް އަޕްލޯޑް ކޮށްފައެވެ.

މަރިޔަމް މަޖްދާ (މަޖޫ)، މަރިޔަމް އައްޒަ (އައްޒަ) އަދި ނުޒުހަތު ޝުއައިބު ހިމެނޭ ޕޯސްޓަރަކާއެކު ކޮށްފައިވާ ޕޯސްޓުން ފެންނަގޮތުން މި ލަވައިގެ ވީޑިއޯ ފެނިގެންދާނީ އައިޓަމް ލަވައެއްގެ ސްޓައިލަށް ކަމަށް ޤަބޫލުކުރެވެއެވެ. ނަމަވެސް ޑާކް ރެއިން އެންޓަޓެއިންމެންޓަކީ ސަޕްރައިޒިން ކަންތައްތަކެއް ގެނެސްދެމުން އަންނަ ސްޓޫޑިއޯއެއްކަމުން ލަވައިގެ ސްޓައިލް ތަފާތުވުމަކީ ވެސް ދުރުކަމެއް ނޫނެވެ.

ހުރިހާ ރަހަތަކެއް އެކުލެވިގެންވާ ކޮމެޑީ ފިލްމު ”މާމުއިގައި ބޮޑު ކާސްޓެއް ހަރަކާތްތެރިވެއެވެ.

އައިޝަތު ފުއާދު އަދި އަލީ ޝިފާއު ސްކްރީން ޕްލޭ ލިޔެ، ޢަލީ ޝިފާޢު ޑައިރެކްޓް ކޮށްފައިވާ ”މާމުއި ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ.

މި ފިލްމުގެ ކާސްޓަށް އިތުރުވެފައިވާ ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަޙްމަދު ސަޢީދުގެ އިތުރުން އަލީ ޝަޒްލީމް އެވެ.

މީގެ އިތުރުން ”މާމުއި ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ މުހިންމު ރޯލެއް ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.