29 މެއި 2019 ގެ ބަޔާ ގުޅެން….
ކުޑަ އީދު ތެރޭ ކަންތެއް ހިނގަން ގޮތް
އީދަދޮހާ ހެނދުނުހެނދުނާ ތެދުވެ ހީނާފަތް ނަގައިގެން އީދަށްވީ ތައްޔާރަތެއް ބަލާލާފާ އަވަހާ ދަނޫ އީދަ ނަމާދަށް ދާން ގޭށަށް. އޭރުވެސް އަފޭން އީދަ ނަމާދަށް ދާނޫ ހަތްގަޑިބަޔަށް. އީދަ ނަމާދުން ފައިބައިގެން އީދު ސަލާންކޮށް އީދު ތަހުނިޔާ ކިޔާ އެކި ގޭގެއަށް ސައިބޯން ދަމު. އެކި ގޭގޭން ސައިބޮއެގެން ގޭށަށް ދެވެންއިރު ދުއްވައިގަންނާންވަރަވެސް ގަޔަކު ނުހުންނާޅަ. ސައިބޮއެބޮއެ ބަނޑަހުންނާނޫ ވާން އަރަލާފާ. އެކަމަކު ގޭށަށް ގޮހޮ އެއްޗިހި ބަދަލުކޮށްލައިގެން ދުއްވައިގަންނާން ޖެހޭނޫ މެންދުރަށް ކައްކާން ކުކޮޅަ ހިފާން. ހުރިހައި ގެއަކުވެސް އޭރު ކައްކާނޫ ދިވެހި ކުކޮޅަ. މެހެން ކުކޮޅަ ހިފާން ދުވަންއިރޭ މަޖާ ކަންތެކާވެސް ދިމާވޭ. ނިކަން ރަނގަޅަށް އުދިހެން ކުކޮޅަ، މައްތުން އުދިހީފާ ދަމުން ކުކޮޅަ ހިފާން ދުވަން ކުދޫން އަނގަޔަށް ގޫލާފާވެސް އެބަހުރި.
ކުކޮޅަ ހިފުން ނިންމާލާފާ ދާނޫ ކުކޮޅަ ހަންބާނާން. ކުކޮޅު ހަންބާނަންތަނުން ކުކޮޅު ކަން ކޮއްޔެއް ލިބޭތޯ ބަލަމު. އެޔޯ އެއަށް ވައިލައްވައިގެން ބޯޅަކޮޅޭން. ބޯޅަކޮޅުމާ އެކިކަހަލަ ކޮޅިވަރަތެއް އޮންނާނޫ ދަށޭ އަތިރީ. ކުކޮޅަ ހަންބާނާ ކުކޮޅަ ކޮށާ ނިންމާލާފާ ހުރިހައި އެންމެންވެސް އެރޭނޫ ދަށޭ އަތިރިޔަށް. ދަށޭ އަތިރީ ކޮޅެން ކޮޅިވަރަ ތެކަކޫ ހުރިހައި އުމުރުފުރަޔަކަށްވެސް ބައިވެރި ވެވެން ގޮތަށް ކޮޅެން ކޮޅިވަރަ ތެކެއް. ކޮޅިވަރަ ތެކަށް ބައި ބަހާނޫވެސް ވަގުތުން ވަގުތަށް އެތާ އަތިރިޔަށް އެރީ އޮޅެން އެންމެން އެއްކޮށްލައިގެން.
ކޮޅިވަރަތެކު ފޯރިނަގާފާ މެންދުރުވާން ކާރިވަންދެކަށް އޮޅޭޅެތް. ކޮޅިވަރަ ނިންމާފާ އަންހެންވެރިން އަރާނޫ ގޭދަށަށް. ފިރިހެންވެރިން އެރޭނޫ މޫދަށް. މޫދަށް އެރީ ކުދުވެރިން ދާނޫ ބޮއްކުރާތެކާ އެތެރެވަރިޔަށް. މެހެން ގޮހޮ އޮޅެން އިރު ބައެއް ދޮހާދޮހާ ބޮޑަތި މީހުން ގޮހޮ ބޮއްކުރާ ފައްތާލާ ބޮއްކުރާ އަތުލާޅެތް. ދެން އެހިސާބުން ފަތާފާ އަރާނޫ ރަށަށް. ފަތާފާ ރަށަށް އަރަންއިރޭ ބޮޑަތިމީހުން ދުރުދުރުން ކުދުވެރިންގެ ވާނުވާ ބަލާޅެތް. މޫދުކޮޅިވަރަތެއް ނިންމާލާފާ ގޭށަށް އެރުވެން އިރޭ ހުންނާނޫ އެކެއް ދޭއް ޖަހާން ކާރިވެފާ.
މޫދުން އަރާ ފެންވަރާލައިގެން ނަމާދަކޮށްލައިގެން ދާނޫ އެކިގޭގެއަށް ކާން. މެހެން ކާން ދަންއިރޭވެސް ގެނަ ފަހަރު އޮންނާނޫ ކާން ދާން ބޮނެފާ އޮންނަ ހުރިހައިގެއަކުން ނުކެވީފާ. އެއްގޭން ކައިފާ އަނިއްގޭން ނުކައިފުއްވާ އެޔޯ ވަރަށް މައްސަލަ ގޯސްވޫ. ކައިނި ންމާލައިގެން ބަނޑަދަމާލާން ކޮންމަވެސް ގެއަކު ވައި އަނގަތަޅާލާން އަސުރުވަންދެކަށް ތިބޭޅެތް.
އަސުރުން ފައިބައިގެން އީދަ ހެދީލައިގެން ނުކުންނާނޫ އީދަ ކޮޅޭން. އީދަ ހެދޭނޫ ޓުރެކްސޫޓާ އެކު. ގަމީސް ހުންނާނޫ ބެގީކޮށްލާފާ. އީދަ ކޮޅޭން ނުކުންނައިރު ނުކުންނާނޫ އެއްކަލަ އެއްކެރީ ރުފިޔާކޮޅަވެސް ޖީބަށް ޖަހާލައިގެން. އަފޭންކުޑައިރު އީދުތެރޭ ދަޅެއް ފުޅިއެއް ބޯލެވެނަ މީހަކު ވާޅަ ވަރަށް ގަދަމީހަކަށް. ދަޅަ ބޯލައިގެން ދާނޫ ފަންކޮޅޭން. އެއްބައި ކުދޫން ފަންކޮޅީ ނިންމާލާފާވެސް ދަޅަބޯޅެތް. އިރައޮއްސޭން ކާރިވޫމާ އަންހެންކުދޫން ބޮލަށް “އީދުބޮލަށް ގޮން” ކިޔާފާ ގޮން ޖަހާޅެތް. މިޔޯ ހަމަ އެކުއްދަކު އަނެއްކުއްދަކަށްވަނީން ގެނަ ކުދޫން ބޮލަށް ގޮން ޖަހާންވެގެން ގޮނައިގެން ކެރަން ކަމެއް.
އިރައޮއްސީ އަނދުރު ވޫމާ ފަޓާސް ގޮއްވުމާ ފާދަށު އެނބުރި ކިޔަން އެއްޗެއް ރޮއެކެރުން އޮންނާޅަ. އޭރު ފަޓާސް ފައްތެއް ލިބޭޅަ ފަސްރުފިޔާ އެހެން ނޯނުއްވާ ދިހަރުފިޔާޔަށް. ދެ ނަމާދަ ދޭތެރޭ ދިގަދަނޑު ކޮޅުމާ ތެއްލަކޮޅުމަކޫ އާއްމު ދެ ކޮޅިވަރަ.
އިޝާ ނަމާދަ ކޮށްގެން ކައިބޮއެ ހަދާލައިގެން އަވަހާ ނުކުންނާނޫ އިސްޓޭޖުކާރީން ޖާގައެއް ލިބޭތޯ. އޭރު ސޯ ދޭނޫ އަވަށު އެންމެން އެކި އުމުރު ފުރާތެކަށް ބަހާލައިގެން. ކުޑަކުދޫންގެ ތަމްސީލުތެކާ ނެށުންތެއް. މުސްކުޅިވެރީންގެ ބޮޑަބެރަޖެހުން. ޒުވާނުންގެ ތަމްސީލުތެކާ ނެށުންތެކާ މިޔުޒިކް. މިގޮތަށް އިސްޓޭޖް ސޯ ބައެއް ރޭރޭ އެކެއް ޖަހަންދެކަށްވެސް ކުރުވަށް ދާޅަ. ސޯ ނިންމާލާނޫ އަނިއް ދޮހާގެ ކޮޅިވަރަތެއް މައްތުން ހަނދާންކޮށްދެމުން.
މިޔޯ އަފޭން ކުޑައިރު ފުރަތަމަ އީދަދޮހާ ކަންކަން ހިނގާދަން މައިގަނޑު ގޮތް. އީދުގެ އެހެން ދޮހާތެއްވެސް ދާނޫ ހަމަ މެހެން ވަރަށް ފޯރިޔާއެކު، މަޖާކޮށް.
“އަފޭންކުޑައިރު” މި ސިލްސިލާޔުން މަ ލިޔެލާން ބޭނުންވީ ހިސާބަށް މި ލިޔެލެވެނޫ. މި ލިޔެލެވެނަ ލިޔުންތެކުތެރޭ ހިމަނާލެވިީފާ ނުވަން އެހެންމީހެއްގެ ހަނދާނު ހުރި މާމަޖާ ކަންކަންވެސް އަފޭން ކުޑައިރު ހިނގާފާ ހުރުމަކޫވެސް އެކަށީގެންވަންްކަމެއް.
ޝުކުރިއްޔާ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 9 އޭޕްރިލް 2024ރިޕޯޓްއަފޭން ކުޑައިރު – 07 ( ޢީދު ފާހަގަކުރުން )
- 11 މެއި 2021ރިޕޯޓްއިހުގައި ޢީދު ނަމާދަށް ދިޔުން ފޮނަދޫގައި އޮންނަ ގޮތް
- 27 ޖުލައި 2020ރިޕޯޓްގުރުވަ ހިފަން އެރުނު ހަނދާންވޭތަ؟
- 11 ޖުލައި 2020ރިޕޯޓްހެޔޮނުވާނެއެވެެ. ރަށަށް ތިހެން ނުހަދާށެވެ.
Husen imba molha ingey
Mah emma majaavoo dhalha bon vaahaka
Varah gadha hama best