ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދައުވަތު” މާދަމާ ރޭ ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ ފިލްމު “ދައުވަތު” މިއީ ސިހުރަށް ލޯހުޅުވަން ޔޫއްޕެ ދޭ ވަރަށް ރަނގަޅު ދައުވަތެއް ކަމަށް “ދައުވަތު”ގައި އެންމެ މުހިންމު ރޯލުން ފެނިގެންދާ އެއް ތަރި، ކުޅަދާނަ ބަޠަލާ މަރިޔަމް އައްޒަ ބުނެފިއެވެ.

ހަގީގީ ހާދިސާއެއްގެ މައްޗަށް ޔޫއްޕެ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމު “ދައުވަތު” އާމެދު އައްޒަ އިތުރަށް ބުނީ މިއީ ކޮންމެ ދިވެއްސެއްވެސް ބަލާލަން މުހިންމު ފިލްމެއް ކަމަށެވެ.

ދައުވަތު” މި ފިލްމާއި ގުޅޭގޮތުން ވީނިއުސްއާއި ވާހަކަދައްކަމުން އައްޒަ ބުނީ “ދައުވަތު” މި ފިލްމަކީ ހުރިހާ ގޮތަކުންވެސް ތަފާތު ފިލްމެއްކަމަށެވެ. އަދި މިފަދަ އިބްރަތްތެެރި އަދި މުޖްތަމައު ހޭލުންތެރިކުރުވަން ޖެހިފައިވާ މައްސަލައެއްގެ މައްޗަށް އުފައްދާ ފިލްމެއްގައި ބައިވެރިވުމަކީ ލިބުނު ޝަރަފެއްކަމަށެވެ.

އައްޒަ ބުނީ ސިހުރުގެ ނުރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވަން އުފައްދާފައިވާ މި ފިލްމަކީ އޭނާގެ ނަޒަރުގައި ކޮންމެ ދިވެއްސަކުވެސް ބަލާލަންޖެހޭ ފިލްމެއްކަމަށެވެ. ވަކިން ޚާއްސަކޮށް އަލަތު ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމަށް އިންތިޒާކުރަމުންދާ ޒުވާނުން މި ފިލްމު ބަލާލަން އައްޒަ އެދެއެވެ. ސިހުރުގެ ސަބަބުން ހީވެސްނުކުރާފަދަ ހާލަތަށް ދިރިއުޅުން ވެއްޓިގެން ހިނގައިދާނެކަމަށާ އެހެންކަމުން އެފަދަ ކަންކަމަށް ލޯ ހުޅުވާލުމަށްވެސް މި ފިލްމު ބަލާލަން މުހިންމުކަމަށް އައްޒަ ދެކެއެވެ.

ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދައުވަތު”ގެ ޕޯސްޓަރެއް — މިއީ ފިލްމީ ސިނަމާއަށް އަންނާނެ ވަރަށް ތަފާތު ފިލްމަކަށްވާނެ –

“ކުރުކޮށް ބުނާނަމަ މިއީ ކޮންމެ ދިވެއްސަކުވެސް ބަލާލަންޖެހޭ ފިލްމެއް. އެއީ ފިލްމުގެ ބާވަތުން. ދިވެހިންނަކީ އަސްލު ހަގީގަތުގައި ބިރުވެރި ފިލްމުތަކަށް

ވަރަށް ލޯބިކުރާ ބައެއް. ނަމަވެސް މި ފިލްމު ބިރުވެރި މިވަނީ އެެހެން ހާދިސާތަކެއް މެދުވެރިވާތީ. މި ފިލްމުގައި ދައްކުވައިމިދެނީ ހަގީގީ ހާދިސާއެއް.

އަޅުގަނޑުމެންގެ ތެރެއިން ޒުވާން ދެމަފިރިއަކަށް ދިވާމި ހާދިސާއެއް. އެހެންވީމަ މިއީ މުޖްތަމައުގެ ކޮންމެ މީހެއްގެ ހޭލުންތެރިކަމަށް، އެމީހެއްގެ ލޯ ހުޅުވައިދިނުމަށް

އުފައްދާފައިވާ ފިލްމެއް. ވަރަށް ބޮޑު އިބްރަތެއް މި ފިލްމުން ލިއްބައިދޭނެ. 

– “ދައުވަތު” މި ފިލްމާއި ގުޅޭގޮތުން އައްޒަގެ ބަސް –

“ދައުވަތު ބަލަންޖެހޭ އެއްސަބަބަކީ، ޔޫއްޕެ މިދެނީ ވަރަށް ރަނގަޅު ދައުވަތެއް މިކަހަލަ ކަންކަމަށް (ސިހުރު) ލޯހުޅުވަން. އެއްޗެއް ވިސްނައިދިނުމަށް. މީގެން މިދެނީ ވަރަށް މުހިންމު މެސެޖެއް. ފިލްމުގައި ލޯބިވެސް ވަރަށް ރަނގަޅަށް ގެނެސްދެވިފައިވާނެ. މިއީ ހަމަ ބަލާލެވޭނެ އެންމެ ފައްކާ ފިލްމަށްވާނެކަމުގެ ޔަގީންކަން ދެކެން.” އައްޒަ ބުނެފައިވެއެވެ.

އައްޒަ ބުނީ ފިލްމުގައި ހަަރަކާތްތެރިވާ ކޮންމެ ތަރިއެއްގެ ފަރާތުންވެސް ފެނިފައިވަނީ ވަރަށް މޮޅު އެކްޓިންއެއްކަމަށެވެ. ވަކިން ޚާއްސަކޮށް އީސަ (އާނަންދު)ގެ އެކްޓިން އައްޒަ ވަނީ ފާހަގަކޮށްފައެވެ.

އައްޒަ ބުނީ މީގެ ކުރިން ދުވަހަކުވެސް ފިލްމަކުން ނުލިބޭނެ ތަފާތު މެސެޖްތަކާއި، އިބްރަތްތައް “ދައުވަތު”ން ލިބޭނެކަމަށެވެ. އަދި ފިލްމުގައި ހަރަކާތްތެރިވާ ތަރިއެއްގެ ހައިސިއްޔަތުން އޭނާއަށްވެސް ވަރަށް ގިނަ ކަންކަން އިތުރަށް އެނގިގެންގޮސްފައިވާކަމަށެވެ.

“ހަގީގަތުގައި އަޅުގަނޑަށްވެސް ކުރިން ނޭންގޭ އެތައްކަމެއް “ދައުވަތު” މި ފިލްމުން އެނގިގެންގޮސްފި. މިއީ ރާއްޖޭގައި އެތައް ބަަޔަކު ތަހަންމަލުކުރަމުންދާ ކަމެއް. އަޅުގަނޑުމެންނަށް މިފަދަ ކަންކަމުން ދުރުވެވޭނެ ގޮތްގޮތް އެބަހުރި. އެކަންކަން މި ފިލްމުން ބުނެދޭނެ. އެއީވެސް “ދައުވަތު” ބަލާލަންދާންޖެހޭ ސަބަބެއް.” އައްޒަ ބުންޏެވެ.

ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދައުވަތު”ގެ ޕޯސްޓަރެއް — މިއީ ފިލްމީ ސިނަމާއަށް އަންނާނެ ވަރަށް ތަފާތު ފިލްމަކަށްވާނެ –

ބޮޑު ދިރާސާއަކާއެކު ކުޅަދާނަ އެކްޓަރު/ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ޔޫސުފް ޝަފީއު ލިޔެފައިވާ މި ފިލްމުގައި ދައްކުވައިދެނީ އަލަތު ކައިވެނީގެ އުފާ ހޯދުމަށް ކުރާ “ހަނީމޫނު”ދަތުރުގައި ދެމަފިރިއަކަށް ކުރިމަތިވާ ހާދިސާއެކެވެ. އެ ދަތުރުގައި އެމީހުންނަށް ކުރިމަތިލާންޖެހޭ ބިރުވެރި އެތައް ހާދިސާތަކެކެވެ. މި ހާދިސާތަކުގެ ފެށުމަކީ ސިހުރެވެ. އަދި ސިހުރުޖެހުމަށް މަގުފަހިވާ ކަންކަމެވެ.

އެހެންކަމުން އިބްރަތްތެރި މި ފިލްމު މިއީ ފިލްމަށް ލޯބިކުރާ އަދި އިބްރަތްތެރި ވާހަކަތަކަށް ޝައުގުވެރިވާ ކޮންމެ މީހަކުވެސް ބަލާލަން ވަރަށް ކަމުދާނެ ފިލްމަކަށްވާނެއެވެ.

ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދައުވަތު”ގެ ޕޯސްޓަރެއް — މިއީ ފިލްމީ ސިނަމާއަށް އަންނާނެ ވަރަށް ތަފާތު ފިލްމަކަށްވާނެ –

“ދައުވަތު”ގެ 15 ޝޯ އޮލިންޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ޓިކެޓް މިހާރު އޮލިންޕަހުން ދަނީ ވިއްކަމުންނެވެ. ޓިކެޓް ވިއްކަނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ފެށިގެން ރޭގަނޑު 10:00އަށެވެ.

މީގެ އިތުރުން އަތޮޅުތެރޭގައިވެސް ފިލްމު އެޅުވުމުގެ ފުރުސަތު އޮތީ ހުޅުވާލާފައެވެ.

“ދައުވަތު”ގައި މަޝްހޫރު ފިލްމީ ތަރި މުހައްމަދު ފައިސަލް، ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި ފޯޓީޕްލަސްއިން ފިލްމީ ދާއިރާއަށް ތައާރަފްކުރި ޒިޔާދާވެސް ފެނިގެންދާނެއެވެ.

ޚަބަރަށް މަޢުލޫމާތު ނެގީ: ވީނިއުސް އިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.