ލަވައިގެ ލިރިކްސް ތަފާތެވެ. މިއުޒިކް ތަފާތެވެ. ލަވަ ކިޔާފައިވާ ގޮތްވެސް ތަފާތެވެ. ވީޑިއޯ ޑައިރެކްޝަން ތަފާތެވެ. މި ދައްކަނީ މޯލްޑިވިއަން އައިޑޮލް ސީޒަން ދެއަކުން ދެވަނަ ހޯދި ހަމޫދު އަޙްމަދު ގެ އަލަތު ވީޑީއޯ ޑައިރެކްޝަންގެ ތަފާތު ކަމުގެ ވާހަކައެކެވެ.

މި ވީޑިއޯ ލަވަ ބަލާފައި މަޝްހޫރު ލަވަކިޔުންތެރިޔާ، މޯލްޑިވިއަން އައިޑަލް ތިން ސީޒަންގެވެސް ޖަޖުކަން ކޮށްފައިވާ އުނޫޝާ (ކިޑީ)، ހަމޫދުގެ މި މަސައްކަތަށް ބުނާނީ ‘އޮބިނަސް ޓޫ ދަ މެކްސް’ ކަމަށް ޤަބޫލުކުރެވޭހައި ހިތްގައިމު ގޮތެއް މި ލަވައިގައި އެބަހުއްޓެވެ.

މިއީ ”އިއްޔަ ރިކޯޑްސް“ ގެ ނަމުގައި ހަދާފައިވާ އައު ރެކޯޑް ލޭބަލެއްގެ ދަށުން އުފައްދައި ރިލީޒްކުރާ އެ ސްޓޫޑިއޯގެވެސް ފުރަތަމަ ވީޑިއޯ ލަވަ އެވެ.

ސޮރީ ހަނީ” ގެނެސްދީފައިވަނީ ހެއްވާ މަޖާ ގޮތަކަށެވެ. ވީޑިއޯއިން ވަރަށް އަދާއިގެ، އެހެނަސް މުޖުތަމަޢު ތެރޭގައި ހިނގަމުން އަންނަ ކަމެއްގެ މައްޗަށް ބަލާލާފައިވެއެވެ. މަގުމަތިން އަންހެންކުދިންނާ ފޮށި ޖެއްސުންކުރާ ފިރިހެނަކަށް، ކޮންމެ އަންހެން ކުއްޖަކުވެސް ކެރިގެން ކުރިމަތިލާންވީ ގޮތް މި ވީޑިއޯ އިން ދައްކައިދެއެވެ.

ސޮރީ ހަނީ” އަކީ ‘އޭ.ކޭ.ޔޫ’ އަލްބަމްގެ ލަވައެކެވެ. ލަވަ ކިޔާފައިވަނީ އަކްރަމް އަދީލް ސައީދު (އަކޫ) އާއި ސަލްވާ އެވެ. އަކްރަމް އަކީ މީގެ ދުވަސްކޮޅެއް ކުރިން ރިލީޒް ކޮށްފައިވާ ހަމޫދުގެ ލަވައެއް ކަމަށްވާ ”ޝައްކު“ ލަވައިގައި ބީޓް ބޮކްސް ކުރި ޒުވާން ފަންނާނެވެ. މިއީ އަކްރަމް ގެ ވެސް ރިލީޒްވާ ފުރަތަމަ ސޯލޯ ލަވަކަމަށް މުނިއަވަސް އަށް ހަމޫދު ބުންޏެވެ.

އައު ރިކޯޑް ލޭބަލްއަކުން، ހަމޫދުގެ ވެސް މިފަދަ ފުރަތަމަ މަސައްކަތާއެކު ގެނެސްދީފައިވާ “ސޮރީ ހަނީ” ގެ ކާސްޓުންގެ ގޮތުގައި ފެނިގެންދަނީ ’ޓިކް ޓޮކް‘ އިން އުފެދުނު ދެ ތަރިން ކަމަށްވާ ޔާނު އާ ނަތާޝާ އެވެ. ދެން ފެނިގެން ދަނީ މި ލަވަ ކިޔާފައިވާ އަކްރަމް އަދީލް ސައީދު އެވެ. ވީޑިއޯ މަސައްކަތް ކޮށްފައިވަނީ ސިމް ފޮޓޯގްރަފީން ނެވެ.

ހަމޫދު އާއި އިއްޔަ ރެކޯޑްސްގެ ވީޑިއޯ ލަވަ އުފައްދާ ކްރޫ، މަސައްކަތުގައި- ފޮޓޯ: މުނިއަވަސް

”މޯލްޑިވިއަން އައިޑޮލްގަ ވެސް އަޅުގަނޑު ބުނެފަ ވާނެ، ޑައިރެކްޓަރެއްގެ ގޮތުގަ ނުކުންނަށް ބޭނުން ވާހަކަ. ވީޑިއޯ ޑައިރެކްޓް ކުރަން ”އިއްޔަ ރިކޯޑްސް“ އިން މި ފުރުޞަތު ދިނީތީ މުސްތާގް އަދި ”އިއްޔަ ރިކޯޑްސް“ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން.“ އިއްޔަ ރެކޯޑް އިން މި ފުރުޞަތު ދިން ކަމަށްޓަކައި ޝުކުރެވެރިވަމުން ހަމޫދު ބުންޏެވެ.

ސޮރީ ހަނީ” ވީޑިއޯ ލަވަ ފޭސްބްކް ގައި އާއްމުކޮށްފައި ވާއިރު ހަމޫދު ކިޔާފައިވާ ވަރަށް ގިނަ ލަވަތަކެއްގެ ވީޑިއޯތައް ވެސް ވަރަށް އަވަހަށް ނެރެން ފަށާނެ ކަމަށް ހަމޫދު ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.