1440 ވަނަ އަހަރުގެ ޕީއެސްއެމް ޓެލެޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑްރާމާ “ނަކަލު” ހޮވިއްޖެއެވެ.

މިމުބާރާތުގެ އެވޯޑް ދިނުމުގެ ހަފުލާ ބޭއްވީ ރޭ ޕީއެސްއެމްގައެވެ. އެވޯޑް ހަފުލާގައި އެމްއޭސީއެލްގެ “ނަކުލު” އަށް ޖުމްލަ 10 އެވޯޑެ ލުބުނު އިރު އެ ކުންފުންޏަށް ނުލިބެނީ އެންމެ ހަތަރު އެވޯޑެކެވެ. އެއީ ބެލުންތެރިންނަށް އެންމެ ކަމުދިޔަ އަންހެން އެކްޓަރުގެ ކެޓަގަރީ އާއި ފިރިހެން އެކްޓަރު ކެޓަގަރީ އާއި ބެލުންތެރިންނަށް އެންމެ ކަމުދިޔަ ޑްރާމާގެ މަގާމުގެ އިތުރުން އެންމެ މޮޅު ސަޕޯޓިން އަންހެން އެކްޓަރުގެ މަގާމެވެ.

އެމްއޭސީއެލް ޑްރާމާ “ނަކަލު”އަށް ވަނީ އެންމެ މޮޅު އެޑިޓަރގެ އެވޯޑާއި އެންމެ މޮޅު ސިނަމަޓޮގްރަފީގެ އެވޯޑާއި އެންމެ މޮޅު ސްކްރީން ޕްލޭ އެވޯޑުވެސް ލިބިފައެވެ.

ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ތެރޭގައި:

އެންމެ މޮޅު ނިއުކަމާރ އަންހެން ފަންނާނުގެ އެވޯޑު ހޯދާފައިވަނީ އެމްއޭސީއެލްގެ ފާތުމަތު ޙަނީފާ.

އެމްއޭސީއެލްގެ ފާތުމަތު ޙަނީފާ – ފޮޓޯ: މުނިއަވަސް

އެންމެ މޮޅު ނިއުކަމާރ ފިރިހެން ފަންނާނަކަށް ހޮވިފައިވަނީ އެމްއޭސީއެލްގެ އަޙްމަދު ޝަމްޢާން.

އެމްއޭސީއެލްގެ އަޙްމަދު ޝަމްޢާން – ފޮޓޯ: މުނިއަވަސް

އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރ އެވޯޑު އެމްއޭސީއެލްގެ ޢަބްދުﷲ މާހިރު.

އެމްއޭސީއެލްގެ ޢަބްދުﷲ މާހިރު – ފޮޓޯ: މުނިއަވަސް

މުބާރާތުގެ އެންމެ މޮޅު އަންހެން އެކްޓަރަކަށް ހޮވިފައިވަނީ އެމްއޭސީއެލްގެ ޢައިޝަތު ކައުސަރު.

އެމްއޭސީއެލްގެ ޢައިޝަތު ކައުސަރު – ފޮޓޯ: މުނިއަވަސް

އެންމެ މޮޅު ފިރިހެން އެކްޓަރުގެ އެވޯޑު ހޯދާފައިވަނީ އެމްއޭސީއެލްގެ އަޙްމަދު ޝަމްޢާން.

އެމްއޭސީއެލްގެ އަޙްމަދު ޝަމްޢާން – ފޮޓޯ: މުނިއަވަސް

އެންމެ މޮޅު ޑިރެކްޓަރުގެ އެވޯޑު ހޯދާފައިވަނީ ހޯދާފައިވަނީ ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަކޮށްލެވޭ ފަންނާނު އިސްމާއީލް ރަޝީދު އެވެ.

އެމްއޭސީއެލް ޑްރާމާ “ނަކަލު”ގެ ޑައިރެކްޓަރ އިސްމާއީލް ރަޝީދު، ޑްރާމާގެ ބައިވެރިންނާއި އެމްއޭސީއެލް އެމްޑީއާއެކު – ފޮޓޯ: މުނިއަވަސް

މިއީ އޮފީސް ޑްރާމާ މުބާރާތެއްގައި މިހާ ގިނަ އެވޯޑްތަކެއް އެއް މުއައްސަސާއަކުން އުފުލައިލި ފުރަތަމަ ފަހަރެވެ. ހަމަ އެހެންމެ މިއީ އެމްއޭސީއެލް ގެ ހަޔާތުގައި މިފަދަ މުބާރާތެއްގައިވެސް ލިބިފައިވާ އެންމެ ބޮޑު ކާމިޔާބީއެވެ.

އެމްއޭސީއެލްގެ ނަކަލު ޑްރާމާ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައި މިވަނީ މިއަހަރުގެ ޑްރާމާ މުބާރާތުގައި ވާދަކޮށްފައިވާ ކަސްޓަމްސް ޑްރާމާ “މަރު” އާއި ވެމްކޯ ޑްރާމާ “ނަމަ” އާއި ވާދަކޮށްގެންނެވެ.

އެމްއޭސީއެލް ޑްރާމާގެ ލީޑް ދެ ފަންނާނުން – ފޮޓޯ: މުނިއަވަސް

ބެލުންތެރިންނަށް އެންމެ ފާހަގަކޮށްލެވޭ ޑްރާމާއަކަށް މިއަހަރު ހޮވިފައިވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޑްރާމާ ‘ނަމަ’އެވެ.

ބެލުންތެރިންނަށް އެންމެ މޮޅު އަންހެން ފަންނާނަކަށް ހޮވިފައިވަނީ ވެމްކޯގެ އަންހެން ތަރި އާމިނަތު ޝިއުނާ ހޮވިފައިވާއިރު ބެލުންތެރިންނަށް އެންމެ މޮޅު ފިރިހެން ފަންނާނަކަށް ހޮވިފައިވަނީ ވެމްކޯގެ ނަސްރުﷲ އަޙްމަދެވެ.

މިއަހަރުވެސް އެންމެ މޮޅު ސަޕޯޓިންގ އެކްޓަރުގެ މަޤާމު ހޯދާފައިވަނީ މީގެ ކުރީގެ މުބާރާތްތަކުގައިވެސް މިމަޤާމު ހޯދާފައިވާ މޯލްޑިވްސް ކަސްޓަމްސްގެ “މަރު” ޑްރާމާއިން ފާތުމަތު ނީނާޒެވެ. މިކެޓަގަރީން އެންމެ މޮޅު ފިރިހެން ތަރިއަކަށް ހޮވިފައިވަނީ އެމްއޭސީއެލްގެ ޑްރާމާ “ނަކަލު”އިން ޢަބްދުﷲ މާހިރެވެ.

ރޭ ބޭއްވުނު އެވޯޑް ހަފުލާ މިރޭ 10:30 ގައި ޓީވީއެމްއިން ދެއްކުމަށް ހަމަޖެހިފައިވެއެވެ. މި އަހަރުގެ ޓެލެ ޑްރާމާ މުބާރާތުގައި ބައިވެރިވި ކުންފުނިތަކުގެ ޢަދަދު މަދުވެފައި ވުމުން އެކަން ގިނަ ފަރާތްތަކަކުން ވަނީ ފާހަގަކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.