އަޟްޙާ ޢީދު ފާހަގަކުރުމަށް ރަށްރަށުގައި ވަރުގަދަ ޝޯތަކެއް ބޭއްވުމަށް މަޝްހޫރު ފިލްމީ ތަރި އަދި ކުޅަދާނަ ނެށުންތެރިޔާ އާއިޝަތު ރިޝްމީ އާއި އޭނާގެ ގްރޫޕުން ތައްޔާރުވާން ފަށައިފިއެވެ.

މިހައިތަނަށް ދެ ރަށެއްގައި ޝޯ ދިނުމަށް ހުރިހައިކަމެއް ހަމަޖެހިފައިވާއިރު، އިތުރު ރަށްރަށުންވެސް ގުޅަމުންދާ ކަމަށް މުނިއަވަސް އަށް ރިޝްމީ ބުންޏެވެ. އާއިޝަތު ރިޝްމީ، ޖުމަައިހް (ޖުމާ)، މަޖްދާ (މަޖޫ)، އަޒްމީލް (އަޒޭ)، ޖުމައްޔިލް ނިމާލް (ޖުމަލް)، ނުޒުހަތު ޝުއައިބް (ނުޒޫ) ގެ އިތުރުން ރަވީ ފާރޫޤް (ރަވީ) ވެސް މި ގްރޫޕްގައި ހިމެނޭކަމަށް ރިޝްމީ ބުންޏެވެ.

“ދެވަނަ ޝޯ ހޯރަފުށީގަ ދޭގޮތަށް ހަމަޖެހިފަ. ފަސްވަނަ ޝޯ ގައްދޫގަ. ހަތަރުވަނަ ޝޯ އަށް ގުޅި ލ. ގަމު ތުނޑީ އަވަށުންވެސް. އެހެން ރަށްރަށުންވެސް ވާހަކަ ދެކެވެމުން ދަނީ.” ރިޝްމީ އިތުރަށް ބުނީ އީދުގެ ފުރަތަމަ ރެޔާއި ތިންވަނަ އަދި ހަތަރުވަނަ ރޭ ޝޯ ބޭއްވުމަށް ބައެއް ރަށްރަށުން ވާހަކަދައްކަމުން އަންނަ ކަމަށެވެ.

ރިޝްމީ ބުނީ ދިވެހި، އިނގިރޭސި އަދި ހިންދީ ލަވަތަކަށް އޭނާގެ ގްރޫޕުން ފެންވަރު ރަނގަޅު އައިޓަމްތަކެއް ގެނެސްދޭނެ ކަމަށެވެ.

ޢީދު ޝޯތައް ދިނުމަށް ރައްޖޭގެ ފަންނާނުން ރަށްރަށަށް ގެންދިއުމުގެ ފޯރި އަކީ ޒަމާނުއްސުރެން އޮން އާދައެއްކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.