މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރެމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސް ހިސާބުތަކުން ދައްކާކަމަށާއި މި އަހަރުގެ ފާއިތުވެދިޔަ މަސްތަކާ އަޅާ ބަލާއިރު އިންފްލުއެންޒާ ޖެހިގެން ރިޕޯރޓްކުރާ އަދަދުވެސް އިތުރުވަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހާމަކުރައްވައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ އިންފްލުއެންޒާގެ ބާވަތްތަކުގެ ތެރެއިން މި ދުވަސްވަރު ގިނައިން ފެތުރެމުން އަންނަނީ އިންފްލުއެންޒާ-ބީ ކަމަށެވެ.
އަރިދަފުސް ރޯގާއާއި އިންފުލުއެންޒާ ފަދަ ބަލިތަކަކީ ވަރަށް ފަސޭހައިން ފެތުރޭ ބަލިތަކަކަށް ވާތީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަމުން ގެންދިޔުން މުހިއްމުކަމަށް އެ އެޖެންސީން ރައްޔިތުންނަށް ހަނދާންކޮށްދެއްވައެވެ. އެގޮތުން އެ އެޖެންސީން ނެރެފައިވާ ނޫސްބަޔާނުގައި ހިމަނާފައިވާ ނުކުތާތަކުގެ ތެރޭގައި:-
• އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން،
• ޢާއްމުސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން،
• ރޯގާޖެހި ކެއްސާނަމަ، އޮފީސް، ސްކޫލް އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކޮށްލުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން،
• އަރިދަފުސް ރޯގާޖެހިއްޖެނަމަ ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުމާއި އަރާމުކުރުން އަދި ހުންއައިސް ގައިގަ ރިއްސާނަމަ ޕެރަސެޓަމޯލް ނޫން ބޭހެއް ބޭނުން ނުކުރުން
• އަރިދަފުސް ރޯގާޖެހިއްޖެނަމަ ފުރަތަމަ 3 ދުވަހު ގޭގައި މަޑުކޮށްލުން، ނަމަވެސް ބަލީގެ އަލާމާތްތައް އިތުރަށް ގޯސްވާނަމަ ނުވަތަ ހުން އައިސް ރޯގާ ޖެހި 3 ދުވަހަށްވުރެ އިތުރުވާނަމަ ޑޮކްޓަރެއްގެ ލަފައާއި އިރުޝާދު ހޯދުން
• ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުންގެ (high risk) ތެރެއިން އުމުރުން 5 އަހަރުން ދަށުގެ ކުދިން، މާބަނޑު މީހުން، އުމުރުން ދޮށީ މީހުންނާއި ދިގު މުއްދަތަކަށް ފަރުވާކުރާ ބަލި މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ވީހާވެސް އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުން .
• ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާ އެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން.
މިބަލިން ރައްކާތެރިވާން އެޅިދާނެ އިތުރު ފިޔަވަޅުތައް ދެނެގަތުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޓްއިޓަރ ހެންޑްލް (HPA_MV@) އަދި ފޭސްބުކް ޕޭޖު Health Protection Agency|Maldives ބައްލަވަމުން ގެންދެވުމަށް އިލްތިމާސްކުރައްވައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 22 ސެޕްޓެމްބަރ 2023ޚަބަރުދުވާލެއްގެ މައްޗަށް 08 ލީޓަރުގެ މިނިކިރު އުފެދޭ މީހެއްގެ ވީޑިއޯ!!
- 17 ސެޕްޓެމްބަރ 2023އިޖްތިމާޢީލޯންޑްރީ ޓްރިކްސް : ހުދު ފޭރާން އިތުރަށް ހުދުކޮށް ބެހެއްޓުމަށް ތިން އުކުޅެއް!
- 29 އޭޕްރިލް 2021ރެސިޕީއަނބު މޮހީޓޯ – މުނިއަވަސް ރަހަފަތް
- 18 ނޮވެމްބަރ 2019ޚަބަރުސޮނާލިކާ އަކީ ކޮމޯލިކާ ކަން ޕްރޭނާއަށް ފަޅާއަރަނީ