ޖޫން 12 ވަނަ ދުވަހު އޮލިމްޕަހުގައި ޕްރިމިއާކުރި ވީމީޑިއާގެ ކާމިޔާބު ދިވެހި ފިލްމު ”ދަޢުވަތު“ ލ. ގަމު ތުނޑީ އަވަށުގައި ހުންނަ އިހައްދޫ ސްކޫލް ހޯލުގައި މާދަމާރޭ ދައްކާނެ އެވެ.
ލ. އަތޮޅު ހަތަރު ރަށެއްގައި ފިލްމު ”ދަޢުވަތު“ ދެއްކުމަށް މިހައިތަނަށް ހަމަޖެހިފައި ވާއިރު އެކަމުގައި އިސްވެ އުޅޭ މުޙައްމަދު ސުނިލް ބުނީ ލ. ގަމުގައި ޖުލައި ހަތަރެއްގައި، ލ. މާމެންދޫ ސްކޫލް ހޯލުގައި ފަހޭއް ޖުލައި ގައި، ލ. ފޮނަދޫ މެދުއަވަށު ޔޫތު ސެންޓަރުގައި ހައޭއް ޖުލައި ގައި އަދި ލ. މާވަށު ޔޫތު ސެންޓަރުގައި ހަތޭއް ޖުލައި ގައި ފިލްމު ”ދަޢުވަތު“ ދެއްކުމަށް ނިންމާފައިވާކަމަށެވެ.
މީގެ އިތުރުންވެސް ލ. އަތޮޅުގެ އެހެން ރަށްރަށުންވެސް ފިލްމު ދެއްކުމަށް އެދެމުންދާ ވަރަކަށް ހަމަޖެހިގެން ދާނެކަމަށް މަޢުލޫމާތު ލިބެއެވެ.
ފިލްމު ”ދަޢުވަތު“ ދެއްކުމަށް ލ. އަތޮޅަށް މާދަމާ ހަވީރު މި ފިލްމުގެ ޑައިރެކްޓަރ، މަޝްހޫރު އެކްޓަރ ޔޫސުފު ޝަފީޢު (ޔޫއްޕެ) އަންނާނެ އެވެ.
ފިލްމު ”ދަޢުވަތު”ން ފެނިގެންދާނީ ހަގީގީ ހާދިސާއެކެވެ. މިއީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގައި ދިޔަ ހާދިސާއެކެވެ. އެތައް އުންމީދުތަކަކާއެކު އުފާވެރި ޖަވާޒީ ހަޔާތަކަށް އެދި ކައިވެނިކުރި ދެމަފިިރިއެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެ ހާދިސާއެއް މި ފިލްމުން ފެނިގެންދެއެވެ. ”ދަޢުވަތު“ މި ފިލްމުގައި މި ހާދިސާ ވަރަށް ފުރިހަމައަށް ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައިވެއެވެ.
ފިލްމު ”ދަޢުވަތު“ އަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. މީގެ ލީޑް ތަރިންނަކީ ފިލްމު ”ނަފުރަތުވުމުން“ ގެ ވެސް ތަރިން ކަމަށްވާ އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ އަދި އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން މުޙައްމަދު ފައިސަލް، އާމިނަތު ޒިޔާދާ ވެސް މި ފިލްމުގައި ހަރަކާތްތެރިވެއެވެ.
ބޮޑު ދިރާސާއަކާއެކު ކުޅަދާނަ އެކްޓަރު/ޑައިރެކްޓަރު އަދި ލިޔުންތެރިޔާ ޔޫސުފް ޝަފީއު ލިޔެފައިވާ މި ފިލްމުގައި ދައްކުވައިދެނީ އަލަތު ކައިވެނީގެ އުފާ ހޯދުމަށް ކުރާ ”ހަނީމޫނު“ދަތުރުގައި ދެމަފިރިއަކަށް ކުރިމަތިވާ ހާދިސާއެކެވެ. އެ ދަތުރުގައި އެމީހުންނަށް ކުރިމަތިލާންޖެހޭ ބިރުވެރި އެތައް ހާދިސާތަކެކެވެ. މި ހާދިސާތަކުގެ ފެށުމަކީ ސިހުރެވެ. އަދި ސިހުރުޖެހުމަށް މަގުފަހިވާ ކަންކަމެވެ.
މި ފިލްމު ޑައިރެކްޓުކޮށްފައިވަނީ ކުޅަދާނަ އެކްޓަރ/ޑައިރެކްޓަރު އަދި ވީމީޑިއާގެ ޕްރޮގްރާމް ކޯޑިނޭޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 22 ސެޕްޓެމްބަރ 2023ޚަބަރުދުވާލެއްގެ މައްޗަށް 08 ލީޓަރުގެ މިނިކިރު އުފެދޭ މީހެއްގެ ވީޑިއޯ!!
- 17 ސެޕްޓެމްބަރ 2023އިޖްތިމާޢީލޯންޑްރީ ޓްރިކްސް : ހުދު ފޭރާން އިތުރަށް ހުދުކޮށް ބެހެއްޓުމަށް ތިން އުކުޅެއް!
- 29 އޭޕްރިލް 2021ރެސިޕީއަނބު މޮހީޓޯ – މުނިއަވަސް ރަހަފަތް
- 18 ނޮވެމްބަރ 2019ޚަބަރުސޮނާލިކާ އަކީ ކޮމޯލިކާ ކަން ޕްރޭނާއަށް ފަޅާއަރަނީ