މިއަހަރުގެ ލިޔުންތެރީންގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީންކުރިއަށް ގެންދާ ހަރަކާތްތަކުގެ ދަށުން އިންތިޒާމުކުރެވުނު ނާވިލު ލިޔުމުގެ އެއް ދުވަހުގެ މަސައްކަތު ބައްދަލުވުން މިއަދު ބާއްވައިފިއެވެ.
ދިވެހި އަދަބިއްޔާތަށް އިތުރު ފަހި ކަމެއް ލިބުމަށް މަގުފަހިކޮށްދިނުމުގެ ބޭނުމުގައި ދިވެހިބަހުގެ އެކެޑަމީން މިއަދު މި ބޭއްވި މަސައްކަތު ބައްދަލުވުމުގައި 70 އަށްވުރެން ގިނަ ބޭފުޅުން ބައިވެރިވެފައިވާކަމަށް ދިވެހިބަހުގެ އެކެޑަމީން މުނިއަވަސް އަށް މަޢުލޫމާތު ދެއްވައެވެ.
ނާވިލު ލިޔުމުގެ މަސައްކަތު ބައްދަލުވުން#ލިޔުންތެރިންގެދުވަސް2019 pic.twitter.com/DkyeFuZHQM
— Dhivehibahuge Ekedamee (@DhivehiEkedamee) July 8, 2019
މިއަދު ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ ލިޔުންތެރިކަމުގެ އިނާމު ލިބިލައްވާފައި ތިއްބެވި ބޭފުޅުންގެ ތެރެއިން އަށް ބޭފުޅުންނެވެ. ބައިވެރީންނަށް ފިލާވަޅުތައް ނަންގަވައިދެއްވީ ވާހަކަ ލިޔުއްވުމުގެ ރޮނގުން ޤައުމީ އިނާމު ހޯއްދަވާފައިވާ މަރިޔަމް އިޝާ އަޒީ ކަމަށް ބަހުގެ އެކެޑަމީން މަޢުލޫމާތު ދެއްވައެވެ.
ކަސްޓަމްސް ބިލްޑިންގު ގެ ހޯލުގައި މިއަދު ބޭއްވުނު ނާވިލު ލިޔުމުގެ މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
