ޖޫން 12 އިން ފެށިގެން ފޯރިއާއެކު ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ދައްކަމުން އަންނަ ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު “ދަޢުވަތު” މިމަހު 11ވާ ބުރާސްފަތި ދުވަހުގެރޭ ނ. މަނަދޫ ވިލަރެސް ކުލަބު ހޯލުގައި ދައްކާނެ ކަމަށް ފިލްމު އަޅުވާ ފަރާތުން ބުނެފިއެވެ.
މަނަދޫގައި “ދަޢުވަތު” ދެއްކުމަށް ހަރަކާތްތެރިވާ ޓީމުން ބުނީ މަނަދޫ ކޮމްބަސް ފިހާރައިން ފިލްމުގެ ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ.
މަނަދޫ އަކީ ޒަމާނުއްސުރެން ދިވެހި ފިލްމަށް ލޯބިކުރާ ގިނައަދަދެއްގެ މީހުން ދިރިއުޅެމުން އަންނަ ރަށެެކެވެ. އެހެންކަމުން ވަރަށް ފޯރިއާއެކު ދިވެހި ފިލްމުތައް އެރަށުގައި އަބަދުވެސް ދައްކަމުންދެއެވެ.
ވީ އެންޓަޓެއިމެންޓް ޑިވިޝަން (ވީމީޑިއާ)ގެ ފުރަތަމަ ދިވެހި ފިލްމު “ދައުވަތު”ގައި ފެނިގެންދާ ފަންނާނުންގެ ތެރޭގައި މަރިޔަމް އައްޒަ (އައްޒަ) އާއި އަލީ އާޒިމް (ދޮން އައްޔަ) އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން ޢަލީ ޝާހިދު (ސްޓެޕް) އައްޔަގެ އަންހެނުން ޒިޔާދާ އަދި ފައިސަލް ވެސް ހިމެނެ އެވެ.
“ދައުވަތު”ގައި ދައްކުވައިދީފައި ވަނީ އަލަތު ކައިވެންޏަށްފަހު ދެމަފިރިއަކު “ހަނީމޫނަށް” ރަށަކަށް ގޮސް އުޅުމުގައި އެ މީހުންނަށް ކުރިމަތިވާ ކަންތައްތަކެކެވެ. ހާދިސާގެ ފެށުމަކީ ސިހުރެވެ.
ސިހުރު ހެދުމުގެ ނުރައްކާތެރިކަން ވަރަށް ރަނގަޅަށް ގެނެސްދީފައިވާ “ދަޢުވަތު” މިއީ މިހައިތަނަށް ބެލުނު އެންމެ ޢިްބަރަތްތެރި ދިވެހި ފިލްމުކަން ގިނަބަޔަކު ފާހަގަކުރެއެވެ.
ޔޫއްޕެގެ ސްކްރީންޕްލޭ އަކަށް ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ބ. ދަރަވަންދޫގަ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު