ފޭސްބުކަށް ވަނުމާއެއްކޮށް ފެނެނޫ ހޭޝްޓެގް ވަންބަރާސިލް ގްރޫޕު ރޭ ލަނގިރި ފަރިތަކެރާން ފަށަން ވާހަކަ ޖަހާފާ އޮތް ޕޯސްޓެއް. ހަމަ ފެނުމާއެއްކޮށް ކާރީ އިން ރައްޓިހިމީހާ ކާރީ މަށް ބުނުވިއްޖެ “ހޭއް! މިރޭ ލަނގިރި ޕްރެކްޓިސް ފަށަނޫއެއްނޯންހޭޭ.”
އެވަގުތު މަ ކާރީ އިން އަފެގެ ތިން އަހަރަށް ދަން މަންޖެއަށް “ލަނގިރި” މި ބަހަވޫ ވަރަށް އާ ބަހަކަށް.
“މަންމީ މަންމީ އެޔޯ ކޯއްޗެއް؟”
“ކޮބައިތެ؟” މަންޖަ ބުނީ އެއްޗެއް ނޭނގީގެން މަވެސް އަހާލީން.
“މަންމިމެން ތެއް ކިޔަން ލަނގިރި އެޔޯ ކޯއްޗެއް؟” އަފެ މަންޖަ ނިކަން ޝައުގުވެރިވެލާފާ އެޔޯ ކޯއްޗެއްތޯ ބަލާން ބޭނުންވެގެން އަހައިފުއްވެ.
“ލަނގިރި އެޔޯ ބޮޑައީދު ކޮޅެން ކޮޅިވަރެއް. ފިރިހެންވެރީން ނިކަން ޖޯޝާއެެއްކޮށް ކެރަން ކަމެއް. އެއް ބަޔަކު ބޮޑަބެރަ ޖަހަން އިރޭ އަނިއް ބަޔަކު އެ ބެރާ ގުޅުވައިގެން ލަވަކިޔާޅަތާ. ދެން އަދި ތިބޭނޫ އެންމަ މުހިންމު ގްރޫޕް.”
“މަންމީ އެޔޯ ކޮން ގްރޫޕެއް؟” މަންޖަ އަނިއްކާވެސް އަހާލި.
“އެޔޯ ނަށަން ގްރޫޕް. ދެ ފައްތަކަށް އެމީހުން ތިބޭނޫ. އެކި ލަވަޔަށް ނަށާން ބޭނުން ކެރާނޫ އެކި އެއްޗެހި.”
“މަންމީ ކޮންކަހަލަ އެއްޗެއްތެ ބޭނުން ކެރަނޫ ނަށާން؟” އަނިއްކާވެސް އަފެ މަންޖެ ސުވާލުކޮށްލި.
“ނަށާން ބޭނުން ކެރަނޫ ދަނޑު. އޭގެ ކޮޅު މާގަނޑެއް ހަރަކޮށްގެން. ދެން އެކި ކަހަލަ މާބޮނޑިއާ މާ ފަތުވެސް ބޭނުންކެރަތާ.”
“މަންމީ ކޮންގަޑިއަކުދޯ ލަނގިރި ޖަހަނޫ؟”
“ލަނގިރި ޖަހާނޫ ކޮންމަ ދޮހާކުވެސް ދޭއް ޖަހަން އިރު ފަށާނޫ. އެކި ގޭގޭ މީހުން ރުފިޔާދިނޫމާ ލަނގިރި ޖަހާން ދާނޫ. ބައެއް ގޭގެއަށް ދަން އިރު ހުންނާޅަ ރުފިޔާ ގަހަވެސް ހަދާފަ. މިގޮތަށް ހުންނަ ގަހަ ނަގާން ކޮޅެން ކުޅިޔަށް ކިޔާނޫ ބިލެތްދަފި ނެގުން. މިގޮތަށް ލަނގިރި ޖަހާން ގެންދަން އިރު އޮޅޭނޫ އެއްގެއަށްވަނީން އަނިއްގޭ ކާރީ ފޯރިގަދަ ކެރާން. އެކަން ކެރުމަށް ލަނގިރި ޖަހަން މީހުން ގަޔަށް ސެންޓް ކަހަލަ އެއްޗެހި ޖަހަމުން އަންހެންވެރީންވެސް ފައްތު ބޭރު ނަށާޅަތާ.”
“ވާވް! އަސްލުވެސް ނަށާ؟” މަންޖަ ބޮނެލި.
“އާން”.
“އެކަމަކު ފަހުން އަފޫ ލަނގިރި ޖަހަނޫ ހަވީރު. އަވަށު އެކި ސަރަހައްދަށް ބަހައިގެން ދޮހާކު ސަރަހައްދަކު. މިހެން ލަނގިރި ޖެހީއިރުވެސް އެ ސަރަހައްދު މީހުން ލަނގިރި ޖަހަން މީހުންނަށް ސައިހަދާ ވަރަށް ފޯރިއާ އެއްކޮށް. އެއްބަޔަކު އަނެއް ބަޔަކަށް ވާދަޔަށް.”
“މަންމީ މިފަހަރުވެސް އެހެން ވާޅަދޯ ފޯރި ގަދަކޮށްލާން ދޯ” ދެފަހަރަށް މަށް ދޯ ދެމުން އަފެ މަންޖަ މެހެން ބުނީއިރު ހުރީ ވަރަށް ބޮޑަށް ހިތްއަވަހަވެފާ ހުރެ ބޮނެލައިފުއްވެ.
“އާނ އިރާދަ ކުރެއްވުއްވާ ފޯރިގަދަވާޅަ. މަންޖަމެނަށް މިފަހަރު ލަނގިރި ފެނޭޅަ.”
ލިޔުންތެރިޔާގެ ފުރަމަލަ
- ތަފާތު މައުޟޫތަކަށް އާއިޝަތު ފައިނާޒް (އައިޗަތު) ލިޔާނެއެވެ. އެގޮތުން ބަހާއި އަދަބިއްޔާތު، އިޖްތިމާޢީ ރޮނގުންނާއި އިތުރު ދާއިރާތަކުންވެސް ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2024ވައްޓަފާޅިފޮނަދޫ މީހުން ބޮޑައީދަށް ތައްޔާރަވުން
- 5 އޭޕްރިލް 2024ރަހަފަތްޗީޒީ އެގް ޓޯސްޓް – މުނިއަވަސް ރަހަފަތް
- 31 މާރޗް 2024ރަހަފަތްބިސްގަނޑު ރިހަ – މުނިއަވަސް ރަހަފަތް
- 11 މާރޗް 2024ރަހަފަތްޗޮކްލެޓް އައިސްކްރީމް ކޭކް – މުނިއަވަސް ރަހަފަތް