ދިވެހި ޒުވާން ލަވަކިޔުންތެރިޔާ ކަރަމް އިބްރާހިމް އަލީގެ ލަވަ “ހެވެންސް އެންޑް ސިންސް” ބައިނަލްއަގުވާމީ މައިދާނުގެ މިއުޒިކީ ޖައްވުގެ މެދު އުޑުގަ ފިޔަޖަހަން ފަށައިފިއެވެ.

“ހެވެންސް އެންޑް ސިންސް” ލަވަ އިންޓަނޭޝަނަލް “އަން ސައިންޑް އޮންލީ” ސޯންގް ކޮމްޕެޓިޝަންގެ ސެމީ ފައިނަލަށް ވާދަކޮށްފައިވެއެވެ. މި ލަވަ ސެމީ ފައިނަލަށް ވާދަކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވާދަކުރި 6000 އާޓިސްޓުންގެ ލަވަތަކާއި ވާދަކޮށްގެނެވެ.


ކަރަމްްގެ “ލޯންގް ސްޓޯރީ ޝޯޓް” އަލްބަމް ‘ލަވަފޮށި’، ‘ސްޕޮޓިފައި’ އަދި ‘އެޕަލް މިއުޒްްކް’ ސްޓޯރުން އަޑުއަހައިލެވެން ހުންނާނެއެވެ.

ކަރަމް އަކީ ލަވަކިޔުމުގެ އިތުރުން ލަވަ ލިޔުމާއި ޕިޔާނޯ ކުޅުމަށްވެސް ހުނަރުވެރި ޒުވާން ފަންނާނެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
މުނިއަވަސް ގެ ފައުންޑަރ އަދި އެޑިޓަރ