’މީ ޕްރޮޑަކްޝަންސް‘ގެ ބިރުވެރި ފިލްމު ”ކާކު؟“ގެ ރަސްމީ ޕޯސްޓަރު މިމަހުގެ 23ވާ އަންގާރަ ދުވަހު ނެރޭނެކަމަށް ފިލްމުގެ ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) ބުނެފިއެވެ.
މަޝްހޫރު އެކްޓަރ، ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ)ގެ ‘މީ ޕްރޮޑަކްޝަން’ އިން އުފައްދާ ބިރުވެރި ފިލްމު ”ކާކު؟“ ރިލީޒްކުރުމަށް ނިންމާފައިވަނީ މިއަހަރު ސެޕްޓެމްބަރު 24 ގައެވެ. ފިލްމު ޕްރޮމޯޑް ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމު ޕްރޮމޯޓް ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް ‘މީ ޕްރޮޑަކްޝަން’ އިން ރާވާފައިވެއެވެ.
ބިރުވެރި ފިލްމު ”ކާކު؟“ގެ ސްކްރީންޕްލޭ ލިޔުނީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ހުނަރުވެރި ސްކްރީން ލިޔުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މަހްދީ އަޙްމަދު އެވެ.
”ކާކު؟“ ގެ ލީޑް ތަރިންގެ ތެރޭގައި ހިމެނެނީ ނެށުމުގެ ފަންނުން ފިލްމީ ދާއިރާއާއި ގުޅުމަށްފަހު ހުނަރުވެރި އެކްޓިންއެއް ފިލްމުތަކުގައި ދައްކަން ފަށާފައިވާ އުއްމީދީ ބަތޮލު އިބްރާހިމް ސޮބާޙް (ކުޑަ ސޮބާ)ގެ އިތުރުން މިވަގުތު ދިވެހި ސްކްރީނުން ފުޅާ ދާއިރާއެއްގައި ޖާގަ ހޯދަމުން އަންނަ ހުނަރުވެރި ތަރި އިރްފާނާ އިބްރާހީމް (އިރޫ) އެވެ. މީގެ އިތުރުން މާއެނބޫ މީގެ ކުރިން ގެނެސް ދިން ފިލްމެއް ކަމަށްވާ ”ހިތް ވިންދާ ނުލާ“ ގެ ބަތަލު ޝާފިއު މުހައްމަދު އާއި މާއެނބޫގެ ފުރަތަމަ ވެބް ސީރީޒް ‘އަހަރެންވެސް ލޯބިވޭ’ އިން ފެނިގެންދިޔަ ޔާސިރާ ހިމެނެއެވެ. މީގެ އިތުރުން ފިލްމު ”ކާކު؟“ގައި މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޙާމިދު ޢަލީ ވަރަށް ތަފާތު ރޯލަކުން ފެނިގެންދާނެއެވެ.
ފިލްމު ”ކާކު؟“ގައި ވަރަށް ތަފާތު، އައު ސްޕެޝަލް އިފެކްޓަކެއް ފެނިގެންދާނެ ކަމަށް މާއެނބޫ ބުނެއެވެ. ފިލްމުގެ އެފްއެކްސް މަސައްކަތް ކޮށްފައިވަނީ ބޮޑު ރިޔާ އެވެ.
ފިލްމު ”ކާކު؟“ ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރުކަން ފަޚްރުވެރިކަމާއެކު ކުރަމުން މިގެންދަނީ ’މުނިއަވަސް’ އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 19 ސެޕްޓެމްބަރ 2024ޚަބަރު“އުދަބާނި” މިރޭ އޮލިމްޕަހަށް
- 17 ސެޕްޓެމްބަރ 2024ޚަބަރު“ބިބީ” ގެ ޓިކެޓް ވިއްކަން ފަށައިފި
- 16 ސެޕްޓެމްބަރ 2024ރިޕޯޓްބުލީގެ ޝިކާރައެއް! އެހަނަސް، މިއީ ފިސާރި ހުނަރުވެރިއެއް!
- 13 ސެޕްޓެމްބަރ 2024ޚަބަރުއައިފިލްމްސް އަދި ކަޒްމިކްގެ “ދޭދަރު ރުއިން” ފިލްމުގެ ޓީޒާ ދައްކާލައިފި