އަނިޔާވެރި ގޮތަކަށް މަރާލާފައިވާ އަންހެންކުއްޖެއްގެ މަަރުގެ ހާދިސާއިން ”އިންސްޕަޔާވެގެން“ މުއާ ޑައިރެކްޓްކޮށް އަދި ފިލްމުގައި ”ލީނާ”ގެ ގާތިލުގެ ބައިވެސް ކުޅެފައިވާ ފިލްމު “ލީނާ” މާދަމާރޭ އޮލިމްޕަހުގައި ރިލީޒްކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ފިލްމު ބެލުމަށް ކެތްމަދުވެފައި ތިބި ބެލުންތެރިން ތައްޔާރުހެއްޔެވެ؟
ފިލްމު “ލީނާ”ގެ ޕްރިމިއާ ނައިޓަށް ކުޑަތަން ވަމުން އަންނައިރު އެހެން ފިލްމުތަކުގެ އަގުތަކާ ޚިލާފަށް ”ލީނާ“ ގެ ޕްރިމިއާ ނައިޓްގެ ޓިކެޓް އުޅެނީ 200 ރުފިޔާއަށެވެ. ނަމަވެސް އެހެން ރޭތަކުގެ ޝޯގެ ޓިކެޓް އުޅެނީ މިހާރު ދިވެހި ފިލްމުގެ ޓިކެޓް ވިއްކާ ރަސްމީ އަގު 100 ރުފިޔާއަށެވެ.
ފިލްމު “ލީނާ”ގައި ލީނާ ރޯލުން ފެނިގެންދާނީ މިވަގުތު ރާއްޖޭގެ ފިލްމީ މަޝްރަހުގައި ރަނިކަން ކުރަމުން އަންނަ ހިތްގައިމު މޮޅު ބަޠަލާ މަރިޔަމް ޢައްޒައެވެ. އައްޒަގެ ބައިވެރިއެއްގެ ގޮތުން ފެނިގެންދާނީ ޢައްޒައެކޭ އެއްފަދައިން މިވަގުތު ރާއްޖޭގެ ސްކްރީނުތަކުން އެންމެ ގިނައިން ފެންނަ ޒުވާން ބަޠަލު ޢަލީ އާޒިމް (ދޮން އައްޔަ)އެވެ.
ފިލްމުގައި ލީނާގެ ކެރެކްޓަރއިން މޮޅު އެކްޓިންއެއް ދައްކައިލާނެކަމަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ޤަބޫލުކުރެވޭ ހުނަރުވެރި ތަރި ޢައްޒަ ބުނީ ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ބަލައިލާ ހިތުންވެސް އަންހެން ކުދިން ‘ލީނާ’ ބަލަން ދާނެކަމަށެވެ.
“މީ ވަރަށް ލޯބި ފިލްމެއް ހަމަ. އައްޔަގެ ރޯލު އެއް ފިލްމުން އަނެއް ފިލްމުގަ ފެންނަލެއް ރަނަގަޅު. މި ފިލްމު ބަލަން އަންހެން ކުދިން ދާނެ އައްޔަ ބަލާ ހިތުންވެސް ދާނެ،” ރާއްޖެ ޓީވީ ކުލަ ސްކްރީން ޕްރޮގްރާމުގައި ވާހަކަދައްކަމުން އައްޔަ އާމެދު އައްޒަ ބުންޏެވެ.
އައްޒަ، ދޮން އައްޔަ އަދި މުއާގެ އިތުރުން މި ފިލްމުގައި ނުޒުހަތު ޝުއައިބް (ނުޒޫ)، އަހުމަދު އީސަ (އާނަންދު)، ޒީނަތު އައްބާސް، އަހުމަދު ސައީދު އަދި އަހުމަދު ނިމާލު ފަދަ ހުނަރުވެރި ތަރިންވެސް ހަރަކާތްތެރިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!